ބޮޑު މުބާރާތްތަކާ ދިމާކޮށް ރެއުސް އަށް އަނިޔާގެ ބަދުނަސީބު ރެކޯޑެއް

Sep 18, 2022, 10:07 AM
ޖަރުމަނު ލީގުގައި ރޭ ޑޯޓްމަންޑުން ޝާލްކާ ބަލިކުރި މެޗުގެ ތެރެއިން، ޑޯޓްމަންޑްގެ ކެޕްޓަން ރެއުސް ކުޑަހުޅަށް ވަނީ އަނިޔާވެފައި: އޭނާ އަށް މި ފަހަރު ވޯލްޑް ކަޕްގައި ނުކުޅެވުމުގެ ފުރުސަތު އެބައޮތް.

ޖަރުމަނު ލީގުގައި ރޭ ޑޯޓްމަންޑުން ޝާލްކާ ބަލިކުރި މެޗުގެ ތެރެއިން، ޑޯޓްމަންޑްގެ ކެޕްޓަން ރެއުސް ކުޑަހުޅަށް ވަނީ އަނިޔާވެފައި: އޭނާ އަށް މި ފަހަރު ވޯލްޑް ކަޕްގައި ނުކުޅެވުމުގެ ފުރުސަތު އެބައޮތް.

ބާލިން (ސެޕްޓެމްބަރު 18) - ޖަރުމަނު ލީގުގައި ރޭ ޝާލްކާ އަތުން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން، މާކޯ ރެއުސް ކުޑަހުޅަށް އަނިޔާވެ، އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ނުކުޅެވުމުގެ ބިރުބޮޑުވެއްޖެ އެވެ.

ރެއުސް، 33، ގެ ކުޑަހުޅަށް އަނިޔާވެގެން އަށިގަނޑުގައި ބޭލިއިރު، އޭނާ އަށް ހުރީ ރޮވިފަ އެވެ. ޑޯޓްމަންޑްގެ މެޑިކަލް ޓީމާ ހަވާލާދީ ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ރެއުސްގެ އަނިޔާގެ ތަފްސީލް އެނގޭނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ.

މީގެ ކުރިން ރެއުސްގެ ކުޑަހުޅަށް ލިބިފައިވާ އެކި އަނިޔާތަކުގެ ސަބަބުން އޭނާ އަށް ދެ މަހެއްހާ ދުވަހަށް ވަނީ ކުޅުމާ ދުރަށް ދާންޖެހިފަ އެވެ. އެ ގޮތަށް މި ފަހަރު ވެސް ދިމާވެއްޖެނަމަ، ޔަގީނުން ވެސް ވޯލްޑް ކަޕް ފެށެންވާއިރަށް ރެއުސް އަށް ފިޓްވެގެން އެނބުރި ދަނޑަށް ނާދެވޭނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންމެ ފަހުން ޖަރުމަނު ގައުމީ ޓީމަށް ކުޅުނު ރެއުސް މި ސީޒަން ފަށާފައިވަނީ ރަނގަޅު ފޯމެއްގަ އެވެ. އެހެންވެ، މި ފަހަރުގެ ވޯލްޑް ކަޕަށް ޖަރުމަނުގެ ކޯޗު، ހަންސީ ފްލިކް ނަގާ ސްކޮޑުން ރެއުސް އަށް ފުރުސަތު ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު، ލިބުނު އަނިޔާގެ ސަބަބުން މިހާރު ރެއުސް އަށް މި އޮތީ ވޯލްޑް ކަޕަށް ފިޓް ވުން ވެސް އެއީ ޗެލެންޖަކަށް ވެފަ އެެވެ.

ޖަރުމަނުގެ މެޗެއްގެ ތެރެއިން ރެއުސް: އޭނާ ވަނީ ޖަރުމަނު ޓީމަށް ކުޅުނު 48 މެޗުން 15 ގޯލު ޖަހާފައި.

ހުނަރުވެރި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ، ރެއުސް އަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތްތަކާ ދިމާކޮށް ބަދުނަސީބު ރެކޯޑެއް އޮތް ކުޅުންތެރިއެކެވެ.

އެ ގޮތުން 2012 ވަނަ އަހަރު ޕޮލެންޑާއި ޔޫކްރެއިންގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ޖަރުމަނުން ކުޅުނު އެންމެ ފަހު މެޗުގައި ރެއުސް އަށް އަނިޔާވެ އެ މުބާރާތް ގެއްލުނެވެ.

ޖަރުމަނުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަށް ވެފައި ވަނިކޮށް ރެއުސް އަށް އެ މުބާރާތް ވެސް ގެއްލުނެވެ. އޭގެ ދެ އަހަރު ފަހުން، 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އަށް ތައްޔާރުވާން ޖަރުމަނުން ކުޅުނު އެންމެ ފަހު މެޗުގައި ރެއުސް އަށް އަނިޔާވެ، އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ވެސް ގެއްލުނީ އެވެ.

އެންމެ ފަހުން، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ރެއުސް ކުޅުނެވެ. އެކަމަކު، އެ ފަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓީ، ވޯލްޑް ކަޕްގައި އެ ޓީމުގެ އެންމެ ދަށް ނަތީޖާތަކާ އެކު އެވެ. މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރެއުސް ނުކުޅުނީ، ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކުން ރިކަވާނުވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox