ސާބާ މުބާރާތުގެ ހަގީގީ ފައިދާ ކުރާނީ ބާސްކެޓުގެ ޒުވާން ޖީލަށް: ޝިއުރާ

Sep 18, 2022, 9:23 AM
ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ޝިއުރާ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ޝިއުރާ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މި މަހުގެ 24-30 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ހަގީގީ ފައިދާ ކުރާނެކަމަށް ގަބޫލުކުރަނީ ބާސްކެޓްބޯޅައިގެ އާ ޖީލުތަކަކަށް ކަމަށް އަންހެން ގައުމީ ޓީމްގެ އާމިނަތު ޝިއުރާ އަބްދުލް ބާރީ ބުނެފި އެވެ.

ދެ ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި މިއަހަރު ހަ ގައުމަކުން ވާދަކުރާނެ އެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ބޫޓާން، ސްރީލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ. އެންމެ ފުރަތަމަ ސާބާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތެއް ބޭއްވީ 2016 ވަނަ އަހަރު ނޭޕާލްގެ ވެރި ރަށް ކަތުމަންޑޫގަ އެވެ.

ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އަންހެން ބާސްކެޓްބޯޅައިގެ އެންމެ ބޮޑު މުބާރާތެވެ. އަދި އަންހެން އިންޑޯ ބާސްކެޓްބޯޅައިގެ އެންމެ ފުރަތަމަ މުބާރާތްވެސް މެ އެވެ.

Advertisement

މި މުބާރާތާއި ގުޅޭގޮތުން ގައުމީ ޓީމުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިޔާ، ޝިއުރާ ބުނީ މި މުބާރާތަކީ ކެރިއަރުގެ އެންމެ ފަހު އަހަރުތައް ގުނަމުން އަންނަ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންގެ ކެރިއަރު ނިންމާލުމުގެ ކުރިން ލިބޭ ބޮޑު ފުރުސަތަކާއި ހިތްހަމެޖެހުމެއް ކަމަށެވެ.

ސަބަބަކީ ދިގު ކެރިއަރުގައި އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ކުޅެ މެޑަލް ހޯދަން ފުރުސަތު މީގެ ކުރިން އަންހެން ބާސްކެޓަށް ލިބިފައި ނެތުން ކަމަށް ޝިއުރާ ވަނީ ފާހަގަކޮށްފަ އެވެ.

ޝީއުރާ ބުނީ ސީނިއާ ކުޅުންތެރިންނަށް މިކަހަލަ ފުރުސަތެއް ލިބުނު ކަމުގައިވިޔަސް މި މުބާރާތުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ އަންހެން ބާސްކެޓްގެ ކުރިމަގުގެ ޖީލުތަކަކަށް ކަމަށެވެ. ސަބަބަކީ މި މުބާރާތުގެ މެޗުތައް ގާތުން ބަލާލަން ލިބި އާ ޒުވާން ކުދިންނަށް އާ ހިތްވަރަކާއި ޖޯޝެއް ލިބޭނެ ތީ އެވެ.

"އަސްލު ފުރަތަމަ ސާބާ ބާއްވަން އުޅުނީމަ އިހުސާސްވީ މިއީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަށް ވަރަށް ބޮޑު ފުރުސަތެކޭ. ރިޓަޔާމެންޓާއި ކައިރިވެފައި ތިބީ. އެކަމަކު ދާދި ފަހުން ނިމުނު މިނީ ބާސްކެޓްބޯޅަ ފެސްޓިވަލުން އެނގުނު އަސްލު ފިއުޗާ އަށޭ މި މުބާރާތުން ހެޔޮ އަސަރު ކުރާނީ. އެ ދުވަހު ފެނުނު މަންޒަރުން އެނގިއްޖެ ޅަ ކުދިން މިކަމަށް ޝައުގުވެރިވާ މިންވަރު. އެހެންވީމަ މިއީ ކުރިމަގަށް އެޅޭ ބޮޑު ފިޔަވަޅެކޭ އަޅުގަނޑު ބުނާނީ." ގައުމީ ޓީމާ އެކު މީގެ ކުރިން ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދާފައިވާ ޝިއުރާ ބުންޏެވެ.

ޝިއުރާ ބުނީ މުބާރާތުގެ ކުރިން އިންޑިއާގައި ހެދި ތަމްރީނަތަކުން ޓީމަށް ކުރިއެރުން ލިބުނު ކަމަށް ގަބޫލުކުރާކަމަށާއި މިހާރު ބޭނުންވަނީ ރައްޔިތުންގެ ސަޕޯޓާއި ހިތްވަރުކަމަށެވެ.

ގައުމީ ޓީމުން މި މުބާރާތަށް ތައްޔާރުވުމުގެ ކުރިން އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅުނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރިޝްމާ ވާހަަކަ ދައްކަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ޓީމުގެ ތަމްރީންތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ފާތިމަތު ރިޝްމާ ބުނީ އިންޑިއާ ތަމްރީން ދަތުރަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވަކިވަކިންވެސް ބޮޑު ކުރިއެރުމެއް އައި ދަތުރެއް ކަމަށެވެ.

ގައުމީ ޓީމާ އެކު ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ ރިޝްމާ ބުނީ ޓީމުގައި ތިބި ގިނަ ކުދިންނަކީ ހައި ޕާފޯމަންސް ތަނެއްގައި ތަމްރީން ހަދާފައި ތިބި ކުދިންނަށް ނުވާތީ މިއީ އެކުދިންނަށް މުޅިން އާ ތަފާތު ތަޖުރިބާއަކަށްވި ކަމަށެވެ. އަދި ތަމްރީނާ އެކު ޓީމަށް ބޮޑު ކުރިއެރުމެއް އައިކަން އޭނާ ފާހަގަކުރި އެވެ.

ރިޝްމާ ބުނީ ކުރިން ޓީމް އޮތް ހާލަތާއި މިހާރުގެ ފޯމަށް ބަލާއިރު އެތަފާތު ވަރަށް ބޮޑަށް ފެންނާނެކަމަށެވެ.

"ބޮޑު ބަދަލެއް އައި ހުރިހާ ކުޅުންތެރިންނަށް ވެސް. މިހާރު ޓީމުން އެ ތަފާތު ފެންނާނެ ކުޅުމާއި ހުރިހާ ކަމަކުންވެސް ހުރިހާ ކުޅުންތެރިންނަށްވެސް ގިނަ ގޮތްގޮތުން ކުރިއެރުން އައި ކަމަށް ގަބޫލުކުރަން" 2019 ގައި މެޑަލް ހޯދި ޓީމްގެ ކެޕްޓަން، ރިޝްމާ ބުންޏެވެ.

އިންޑިއާ ތަމްރީން ޝިއުރާ ވެސް ފާހަގަކުރަނީ ޓީމަށް ލިބުނު ބޮޑު ފުރުސަތެއްގެ ގޮތުގަ އެވެ. އޭނާ ބުނީ ތަމްރީން ދަތުރުން ޓީމްގެ މޯޓިވޭޝަނާއި ފޯކަސް ވަރަށް ބޮޑަށް ރަނގަޅުވެއްޖެކަމަށެވެ.

"ތަމްރީން ދަތުރާއިއެކު އެންމެންގެ މެންޓަލީޓީ ތަފާތުވެއްޖެ. މިކަމަށް ފޯކަސް ރަނގަޅުވެއްޖެ. އިންޑިއާގެ ކުޅުންތެރިންގެ ރިކަވަރީ ޕްރޮސެސްއާއި ޝޫޓިން ޓެކްނިކްސް އާއި ހުރިހާ ކަމެއް ފެނި ވަރަށް ރަނގަޅު ކުރިއެރުމެއް ލިބިއްޖެ" ޝިއުރާ ބުންޏެވެ.

މި މަހުގެ 24 ވަނަ ދުވަހު ފަށާ މުބާރާތުގެ ކުރިން ގައުމީ ޓީމުގެ މެސެޖަކީ އަމިއްލަ ގައުމުގައި ކުޅޭއިރު ކުޅުންތެރިންނަށް ހިތްވަރުދޭން ގިނަ ބަޔަކު އައުމެވެ. ބޮޑު ކާމިޔާބީއެއް ހޯދައިދޭން ހުރިހާ އެންމެ އެކުގައި ހިތްވަރު ދިނުމެވެ. އެކަމަށް މިއީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ގައުމީ ޓީމުން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox