އޮއުސްބާގް އަތުން ބަލިވެ ބަޔާންގެ ލީގު ފޯމު ކަންބޮޑުވާ ހާލަތަކަށް

Sep 17, 2022, 7:54 PM
އޮއުސްބާގް އަތުން ބަލިވެ ބަޔާންގެ ލީގު ފޯމު ކަންބޮޑުވާ ހާލަތަކަށް

ބާލިން (ސެޕްޓެމްބަރު 17) - ޖަރުމަނު ލީގުގައި މިރޭ ކުޅުނު މެޗުން އޮއުސްބާގް އަތުން 1-0 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ލީގު ފޯމަށް އިތުރަށް އަސަރުކޮށްފި އެވެ.

މި މެޗުން ބަޔާން ބަލިވިއިރު، ޖަރުމަން ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެ ޓީމަށް މޮޅެއް ނުލިބެ އެވެ.

މިރޭގެ މެޗަށް ފަހު ބަޔާން ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ އެ ޓީމުގެ ލީގު ފޯމަށް އަސަރުކޮށްފައިވާ ސަބަބު ދެނެގަންނަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަމަށެވެ. އަދި ފޯމު ރަނގަޅު ކުރަން ޓީމަށް ބަދަލު ގެންނަން ޖެހޭ ކަންކަމަށް އެ ބަދަލުތައް ގެންނަން ފަސްނުޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޮއުސްބާގަށް މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ލިބުނު ފުރުސަތުން މެކްސިމިލިއަން ބައުއާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ބަޔާނަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި ޖަމާލް މުސިއާލާ އަށް ލިބުނު ފުރުސަތުން އޭނާ ގޯލަށް ޖެހި ބޯޅަ އޮއުސްބާގްގެ ބައުއާ ވަނީ ވަނީ ސަލާމަތްކޮށްފަ އެވެ.

އޮއުސްބާގް ދަނޑުގައި މިރޭ ކުޅުނު މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މެރްޖިމް ބެރީޝާ އެވެ. އޭރިއާތެރެއިން ބެރީޝާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

ބަޔާނަށް އެއްވަރުކޮށްދޭން ތޯމަސް މުލާ ހުސްކޮށް އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓް އޮއުސްބާގްގެ ކީޕަރު ރަފާ ގިކިއެވިޗް ވަނީ މަތަކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބަޔާނަށް ލިބުނު ކޯނަރަކުން އެ ޓީމުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ބޮލުން ފޮނުވާލި ބޯޅަ ވެސް އޮއުސްބާގް ގޯލުގައި މި މެޗުގަައި މޮޅު ކުޅުމެއް ދެއްކި، ކީޕަރު ގިކިއެވިޗް ވަނީ މަތަކޮށްފަ އެވެ.

މިއީ މި ސީޒަންގެ ލީގުގައި އޮއުސްބާގް އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.

މި މެޗުގެ ނަތީޖާއާ އެކު ބަޔާން އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. މި ހަފުތާގައި ކުޅޭ މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތަކުން، ބަޔާން ގަދަ ހަތަރަކުން ވެސް ވެއްޓިދާނެ އެވެ.

ޖަރުމަން ލީގުގައި މިރޭ ވާދަވެރި ޝާލްކޭ އަތުން 1-0 އިން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ ޔޫސުފާ މައުކޯކޯ އެވެ.

ޖަރުމަން ލީގުގައި މާދަމާ ވުލްފްސްބާގާ ދެކޮޅަށް ކުޅޭ މެޗުން ޔޫނިއަން ބާލިން މޮޅުވެއްޖެ ނަމަ، އެ ޓީމު އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލާނެ އެވެ. ޔޫނިއަން ބާލިން މި ވަގުތު ދެވަނައިގައި އޮތީ 14 ޕޮއިންޓާއެކު އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox