ރޭންޖާސް އިން ރާނީ އެލިޒަބަތަށް ހާއްސަ ލަވައެއް ޖެހި މައްސަލަ ޔުއެފާ އިން ބަލަނީ

Sep 17, 2022, 1:51 AM
ރޭންޖާސް އާއި ނަޕޯލީ ކުޅުނު މެޗުގެ ކުރިން ރާނީ އެލިޒަަބަތު ދެ ވަނައިގެ ހަނދާން އާ ކުރުމަށް ހޭދަކުރި ވަގުތުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ރޭންޖާސް އާއި ނަޕޯލީ ކުޅުނު މެޗުގެ ކުރިން ރާނީ އެލިޒަަބަތު ދެ ވަނައިގެ ހަނދާން އާ ކުރުމަށް ހޭދަކުރި ވަގުތުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (ސެޕްޓެމްބަރު 17) - ދާދި ފަހުން އަވަހާރަވި ރާނީ އެލިޒަބަތު ދެ ވަނައިގެ ހަނދާން އާ ކުރުމުގެ ގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ހަފުތާގައި ރޭންޖާސް އިން ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ލަވައެއް ޖެހި މައްސަލަ ޔުއެފާ އިން ބަލާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ބާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު ރޭންޖާސް އިން ޗެމްޕިއަންސް ލީގުގައި ކުޅުނުއިރު، އެ ޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގެ ކުރިން ރާނީ އެލިޒަބަތު ދެ ވަނަ އަށް ހާއްސަކޮށް "ގޯޑް ސޭވް ދަ ކިންގް" ލަވަ ޖެހުމަށް ޔުއެފާގައި އެދުނެވެ. އޮންނަ ޕްރޮޓޮކޯލް ތެރެެއިން އެކަން ކުރެވެން ނެތް ކަމަށް ޔުއެފާ އިން ރޭންޖާސް އަށް އެންގި ނަމަވެސް، އެ ކްލަބުން ވަނީ ނަޕޯލީ އަތުން 3-0 އިން ބަލިވި މެޗުގެ ކުރިން އެ ލަވަ ޖަހައިފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުއެފާ އިން މިހާރު އިންތިޒާރު ކުރަމުން އަންނަނީ ނަޕޯލީ އާއި ރޭންޖާސް ބައްދަލުކުރި މެޗު އޮފިޝަލުންގެ ރިޕޯޓްތަކަށެވެ. އެ ރިޕޯޓްތަކަށް ބެލުމަށް ފަހު، ޑިސިޕްލިނަރީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ ޔުއެފާ އިން އެ ގޮތަށް ކުރިއަށްދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުއެފާގެ ހުއްދައާ އެކު އިނގިރޭސި ގިނަ ކްލަބްތަކަކުން ވަނީ ޗެމްޕިއަންސް ލީގު ފެށުމުގެ ކުރިން ރާނީ އެލިޒަބަތު ދެ ވަނައިގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފަ އެވެ. ޔުއެފާގެ މެޗު ޕްރޮޓޮކޯލްގެ އުސޫލުތަކުގެ ތެރެއިން އިތުރު ކަމެއް ކުރެވެން ނެތުމުން، އެއްވެސް ކްލަބަކުން އިތުރު ހަރަކާތެއް ނުބާއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox