ޔޫރޮޕާ ލީގުގައި ރޮނާލްޑޯގެ ގޯލެއް، ރޯމާ އަށް ފުރަތަމަ މޮޅު

Sep 15, 2022, 10:07 PM
ޔޫރޮޕާ ލީގުގައި ރޮނާލްޑޯގެ ގޯލެއް، ރޯމާ އަށް ފުރަތަމަ މޮޅު

ރޯމް (ސެޕްޓެމްބަރު 15) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ޔޫރޮޕާ ލީގުގައި ޖެހި ފުރަަތަމަ ގޯލާ އެކު، މެންޗެސްޓާ ޔުނައިޓެޑުން މިރޭ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް 2-0 އިން ބަލިކުރިއިރު، ފިންލެންޑްގެ އެޗްޖޭކޭ އަތުން 3-0 އިން ކުރިހޯދައި ރޯމާ އިން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ބަދަލުވާން ރޮނާލްޑޯ އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު، ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ބޭނުންނުވާތީ އާއި އެކަށީގެންވާ ރަނގަޅު ބިޑެއް ކުރަން ގިނަ ކްލަބްތަކުން ބޭނުންނުވާތީ ރޮނާލްޑޯ ޔުނައިޓެޑްގައި މަޑުކުރީ އެވެ.

ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅެފައިވަނީ ތިން މެޗުގަ އެވެ. އޭގެ ތެރެއިން ދެ މެޗަކީ ޔޫރޮޕާ ލީގުގެ މެޗުތަކެވެ. ޝެރިފް ކޮޅަށް މިރޭ ރޮނާލްޑޯ ޖެހީ ޕެނަލްޓީ އަކުން ޔުނައިޓެޑްގެ ދެ ވަނަ ގޯލެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ރޮނާލްޑޯ ޔޫރޮޕާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި ކްލަބް ކެރިއަރުގެ 699 ވަނަ ގޯލު ވެސް މެ އެވެ.

Advertisement

ޝެރިފް ދަނޑުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ އިނގިރެސި ވިންގް، ޖޭޑަން ސަންޗޯ އޭރިއާތެރެއިން ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅައިންނެވެ.

މިއީ މި ފަހަރުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑްގެ ވެސް ފުރަތަމަ މޮޅެވެ. ޔުނައިޓެޑް ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 1-0 އިން ބަލިވިއިރު، މިރޭ ކުުޅުނު މި ގްރޫޕްގެ އަނެއް މެޗުން ވިޔަރެއާލް ވަނީ ސައިޕްރަސްގެ އޮމޯނިއާ އަތުން 2-1 އިން މޮޅުވެފަ އެވެ.

ރޯމާގެ ޑިބާލާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ކުރިން ޔުނައިޓެޑާއި ޕޯޓޯ އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން މިދިޔަ ހަފްތާގައި ބަލިވެފަ އެވެ. އެކަމަކު، މިރޭ އަމިއްލަ ދަނޑުގައި ފިންލެންޑްގެ އެޗްޖޭކޭ ބަލިކޮށް ރޯމާ އިން ވަނީ ރަނގަޅު މޮޅެއް ހޯދައިފަ އެވެ.

ރޯމާ އިން ތިން ގޯލު ވެސް ދެ ވަނަ ހާފުގައި ޖެހިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ޕައޮލޯ ޑިބާލާ، ލޮރެންޒޯ ޕެލެގްރީނީ އަދި ލޫޝިއާނޯ ބެލޮޓީ އެވެ.

ރޯމާ ހިމެނޭ ގްރޫޕްގައި އެންމެ ރެކޯޑް ރަނގަޅީ ރެއާލް ބެޓިސް އެވެ. ފުރަތަމަ މެޗުގައި އެޗްޖޭކޭ އަތުން މޮޅުވި ބެޓިސް ވަނީ މިރޭ ލުޑޮގޮރެޓްސް އަތުން 3-2 އިން މޮޅުވެފަ އެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ބީގައި މިރޭ ޔޫކްރެއިންގެ ޑިނަމޯ ކިއޭވް ދަނޑުގައި ސައިޕްރަސްގެ އޭއީކޭ ލަނާކާ ވަނީ 1-0 އިން މޮޅުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ފްރޭންސްގެ ރެނެސް އާއި ތުރުކީގެ ފެނަބާޗޭ ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

މިރޭގެ އެންމެ ހައިރާންކުރަނިވި ނަތީޖާ އަކީ ޔޫރޮޕާ ލީގުގެ ގްރޫޕް އެފްގައި ޑެންމާކްގެ މިޓްޔައެލަންޑް އަމިއްލަ ދަނޑުގައި އިޓަލީގެ ލާޒިއޯ އަތުން 5-1 އިން ހޯދި މޮޅެވެ. މިއީ އިޓަލީގެ ޓީމެއް އަތުން ޔޫރަޕްގެ މުބާރާތެއްގައި ޑެންމާކްގެ ކްލަބަކަށް ލިބުނު އެންމެ ބޮޑު މޮޅެވެ. މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ ނެދަލެންޑްސްގެ ފެޔަނޫޑް ވަނީ ފަސޭހަކަމާ އެކު 6-0 އިން އޮސްޓްރިއާގެ ސްޓާމް ގްރާޒް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox