ޝެރިފަކީ ރެއާލް ބަލިކުރި ޓީމެއް، ފަސޭހަ ނުވާނެ: ޓެން ހާގް

Sep 15, 2022, 9:12 AM
ޝެރިފަކީ ރެއާލް ބަލިކުރި ޓީމެއް، ފަސޭހަ ނުވާނެ: ޓެން ހާގް

ޗީޝީނޯ، މޮލްޑޯވާ (ސެޕްޓެމްބަރު 15) - ޔުއެފާ ޔޫރޮޕާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅެން ޖެހޭ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އަކީ ރެއާލް މެޑްރިޑް ވެސް ބަލިކުރި ޓީމެއް ކަމަށާއި އެހެންވުމުން އެއީ ފަސޭހައިން ނެގޭނެ ޓީމެއް ނޫން ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޝެރިފުން ރެއާލް ދަނޑުގައި 2-1 އިން އެ ޓީމު ބަލިކުރިއިރު، ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް އަތުން ވެސް މޮޅުވި އެވެ. އެކަމަކު، ޝެރިފް ދަނޑުގައި ރެއާލް 3-0 އިން މޮޅުވި އެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގައި ޝެރިފް ކުޅޭއިރު، އެ ޓީމު ވަނީ ފުރަތަމަ މެޗުން ސައިޕްރަސްގެ އޮމޮނިއާ އަތުން 3-0 އިން މޮޅުވެފަ އެވެ. ޔުނައިޓެޑް ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވަނީ 1-0 އިން ރެއާލް ސޮސިއެޑާޑް އަތުން ބަލިވެފަ އެވެ.

Advertisement

މިރޭ ޝެރިފް ދަނޑުގައި ޔުނައިޓެޑުން އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުނީ އެއްވެސް ވިސްނުމަކުން ބަލާއިރު، ޝެރިފާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައިން ނެގޭނެ ގޮތެއް ނެތް ކަމަށެވެ.

"ވަރަށް ސާފުކޮށް ފެންނަން އެ އޮތީ، އެ މީހުން މިދިޔަ އަހަރު ރެއާލް މެޑްރިޑާއި ޝަހުތަރު ޑޮނެސްކް ވެސް އެ އޮތީ ބަލިކޮށްފައި. އެހެންވީމަ އެ ކްލަބްގެ ކިބައިގައި އާދަޔާހިލާފު ނަތީޖާ ނެރުމުގެ ފެންވަރު ހުރިކަން އެ އޮތީ ސާބިތުވެފައި. އަހަރެމެން ވިސްނުންތެރިކަމާ އެކު މި ކުރިމަތިލަނީ ކިހާ ވަރެއްގެ މެޗަކާކަން ވިސްނައިގެން ކުޅެން ޖެހޭނީ،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި ސޮސިއެޑާޑާ ދެެކޮޅަށް ކުރިމަތިލިއިރު، އޮތީ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފަ އެވެ. އެކަމަކު، އެ ރެކޯޑް ނިމުމަކަށް އައީ ސޮސިއެޑާޑް އަތުން ބަލިވުމުންނެވެ. އެ ނަތީޖާއާ އެކު މި މެޗަށް ނުކުންނަން ޖެހުމުން އެއީ ޕްރެޝަރެއްތޯ އެހުމުން ޓެން ހާގް ބުނީ ފުޓްބޯޅައިގައި އެއްވެސް ކަހަލަ ޕްރެޝަރެއް ނެތް ވަގުތެއް ނާންނާނެ ކަމަށެވެ.

"ޔުނައިޓެޑްގެ ޓާގެޓަކީ ކޮންމެ މެޗެއް ވެސް މޮޅުވުން. އެހެންވީމަ، އެކަން ނުވާ ކޮންމެ ފަހަރަކީ ޕްރެޝަރެއް،" ޓެން ހާގް ބުންޏެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށް މި މެޗުގައި ނުކުޅެވޭނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. އެކަމަކު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހިޖެހިގެން .ދެ ވަނަ މެޗުގައި ފުރަތަމަ އެގާރައިގައި ބޭނުންކުރާނެތޯ އެހި ސުވާލަށް ޓެން ހާގް ނިންމީ ސީދާ ޖަވާބެއް ނުދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox