ނިހާންގެ ޝަރީއަތް؛ ދިފާއީ ހެއްކަކަށް ޝަމީމާއި މަހްލޫފް ހާޒިރުކުރެވޭނެ ކަމަށް ނިންމައި، ރައީސް ސޯލިހްގެ ނަން ބަލައިނުގަތް

ނިހާންގެ ޝަރީއަތް؛ ދިފާއީ ހެއްކަކަށް ޝަމީމާއި މަހްލޫފް ހާޒިރުކުރެވޭނެ ކަމަށް ނިންމައި، ރައީސް ސޯލިހްގެ ނަން ބަލައިނުގަތް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ހާޒިރުކުރެވޭނެ ކަމަށް ޝަރީއަތުން މިއަދު ނިންމައިފި އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީއަތުން ނިންމި ގޮތް ހާމަކުރުމެވެ.

ނިހާންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިތައް ބަލައިނުގަންނަން ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ޕީޖީ ޝަމީމާއި މިނިސްޓަރު މަހްލޫފްގެ އިތުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްގެ އިތުރަށް މަހްލޫފް ހުށަހަޅުއްވާފައިވަނީ މާލިއްޔަތު ކޮމިޓީގައި ނިހާން އަދާ ކުރައްވާ ދައުރު ޝަރީއަތަށް ސާބިތުކުރުމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް މިއަދު ވިދާޅުވީ ނިހާނަށް ކުރާ ދައުވާގައި އޭނާ މާލިއްޔަތު ކޮމިޓީގައި އާދަ ކުރައްވާފައިވާ ދައުރާ މެދު ސުވާލު އުފައްދަވާފައި ނެތުމުން އެ ކަން ޝަރީއަތަށް ސާބިތުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އެ ސަބަބުގައި މި ހެކިތައް ބަލައިނުގަންނަން ނިންމެވި އެވެ.

ޕީޖީ ޝަމީމްގެ އިތުރަށް މަހްލޫފާއި ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެން އެ ކަން ސާފުކުރަން ދިފާއުން ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވާއިރު އެ ސަބަބުގައި ހެކިބަސް ނަގަން ބަލައިގަންނަން ގާޒީ އަލީ އާދަމް ނިންމެވި އެވެ.

އެ ޓްވީޓްތަކަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގެވުމުގައި އިސްކޮށް އުޅުއްވި ކަމަށް އެއްބަސްވެ ގޭބަންދުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނާ ގުޅޭ ގޮތުން އެ ބޭފުޅުން ކުރައްވާފައިވާ ޓްވީޓްތަކެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މަހުލޫފަށް ވެސް ދައުވާކޮށްފައިވެ އެވެ. މަހުލޫފު ވެސް ދައުވާއަށް އިންކާރު ކުރައްވާފައިވެ އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެވި ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހެކިންގެ ގޮތުގައި ބަލައިގަންނަން ނިންމެވި އެވެ.

އޭގެ ތެރޭގައި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު އަބްދުލްރަހީމް އަބްދުﷲއާއ، ބާރަށު ދާއިރާގެ އޭރުގެ މެންބަރު އިބްރާހީމް ޝުޖާއުއާއި، އިނގުރައިދޫ ދާއިރާގެ އޭރުގެ މެންބަރު އިބްރާހީމް ފަލާހްއާއި، ކ. ގުރައިދޫ ދާއިރާގެ އޭރުގެ މެންބަރު އިބްރާހީމް ރިޒާއާއި، ކެލާ ދާއިރާގެ އޭރުގެ މެންބަރު އަލީ އާރިފް ހިމެނެ އެވެ.

އަދީބު ހިމެނޭހެން ދައުލަތުގެ ހެކިތައް ބަލައިގަންނަން ނިންމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އަދީބު ހައްޔަރު ކުރި އެވެ. އަދި ހިޔާނާތް ހިންގެވި މައްސަލާގައި ވެސް އޭރު ދައުވާކޮށްފައިވާއިރު ހިޔާނާތަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.

އަދީބުގެ ހެކިބަސް ބަލައިނުގަންނަން ނިހާން ހުށަހެޅުއްވީ ކުށަށް އެއްބަސްވެފައިވާ ބޭފުޅަކަށް ވެފައި ނިހާނާ މެދު އަދާވާތްތެރިކަން އޮވެދާނެ ކަމަށް ބެލެވޭތީ އެ ސަބަބުތަކުގެ މައްޗަށެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ އަދީބުގެ ހެކިބަހަށް ބާރުދޭން ދައުލަތުން ޝަފައީ 15 ހެކި އަދި ކިތާބީ 35 ހެކި ހުށަހަޅާފައިވާތީ އަދީބު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުނުކުރަން ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަނެވެން ނެތް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއެއް ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމުގައި ވެސް އަދީބުގެ ހެކިބަސް ބަލައިގަނެވޭނީ އެ ހެކިބަހަށް ބާރުލިބިދޭ އިތުރު ހެކި ހުށަހަޅާފައި އޮތުމުން ކަން ފާހަގަ ކުރައްވާފައިވާ ނުކުތާ ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

އަދީބުގެ ފޯނުގެ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދަވައި އެ ހެކި ވެސް ބަލައިނުގަންނަން ދިފާއުން ހުށަހެޅުއްވި އެވެ. އެކަމަކު އެއީ ދިފާއުންނާއި ދައުލަތުން ހުށަހަޅުއްވާފައިވާ ހެކިންނާ ސުވާލުކޮށްގެން ދިފާއަށް ސާފުކުރެވޭނެ ކަންކަން ކަމަށް ވާތީ އެ ހެކިން ހާޒިރުކުރެވޭނެ ކަމަށް ޝަރީއަތުން ނިންމެވި އެވެ.

ނިހާންގެ ބޭންކް އޮފް ސްޓޭޓްމަންޓް ތަހުގީގަށް ހޯދާފައިވަނީ ބޭންކިންގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ހުށަހެޅުއްވި ހުށަހެޅުން ވެސް ބަލައިގެންފައެއް ނުވެ އެވެ. ބޭންކިން ގާނޫނުގައި ވަކި ފަރުދެއްގެ މައުލޫމާތު ހުއްދަ ނެތި ނުހޯދޭނެ ކަމަށް އޮތަސް ޖިނާއީ މައްސަލައެއްގައި ބޭންކް ސްޓޭޓްމަންޓް ހޯދޭނެ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް

ނިހާންގެ މައްޗަށް ދައުވާ އުފުލައި، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހު ރިޝްވަތަށް އެދި، ރިޝްވަތު ގަބޫލުކޮށްފައިވެ އެވެ.

އަދި، ނިހާންއަށް ލިބިފައިވާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ދައުވާގައި ބުނަނީ އެމްއެމްޕީއާރްސީގެ ތެރޭ އަމިއްލަ ކުންފުނިތަކާއެކު ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓްގެ މައްސަލަ މާލިއްޔަތު ކޮމިޓީގައި އެޖެންޑާ ނުކޮށް ނިހާން ބޭއްވި އެވެ. އެގޮތަށް ކަން ކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މުގުލުގައި ހުރި އަހުމަދު އަދީބު އަންގައިގެންނެވެ.

އޭގެ ބަދަލުގައި ނިހާން ވަނީ އަދީބުގެ އަތުން އެއްލައްކަ ފަންސާސް ހާސް ޑޮލަރު ހޯދާފައި ކަމަށް ދައުވާގައި ވެ އެވެ. އެކަމާ ގުޅިގެން އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެ ފައިސާ, އެސްއޯއެފްގެ އެކައުންޓަކުން ޖަމާކޮށްފައިވަނީ ނިހާންގެ ބޭބެއެއް ކަމަށްވާ މުހައްމަދު އިނާން, ސިލޯން ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަދި, އޭގެފަހުން އެ އެކައުންޓުން ޖޭ ހޮޓެލްސްގެ ނަމުގައި ހަބީބު ބޭންކްގައި އޮތް އެކައުންޓަކަށް އެ ފައިސާ ފޮނުވުމަށްފަހު, ޕްލެޓިނަމް އެޕާޓްމެންޓަށް ފައިސާ ދެއްކުމުގެ ގޮތުން އެ އެކައުންޓުން އެއް މިލިއަން ނުވަލައްކަ ރުފިޔާ ނިހާން ހަރަދުކޮށްފައި ވެ އެވެ.

މިކަމާ ގުޅިގެން ނިހާންގެ އެ އަމަލަކީ ފައިސާގެ އަސްލު އޮޅުވާލައި, ކަޅު ފައިސާ ދޮވުން ކަމަށް ތުހުމަތުކޮށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ރިޝްވަތަށް އެދުމުގެ ދައުވާގައި ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ ވޯޓާ ދިމާކޮށް ރޮލެކްސް ގަޑިއެއް ބޭނުންވާ ކަމަށް އަދީބު ގާތު ނިހާން ބުނެފައިވާ ކަމަށެވެ.

ފަހު ދެ ދައުވާ ކަމަށްވާ ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ނިހާންގެ މައްޗަށް އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދީބު އަތުން ނެގި ކަމަށް ބުނާ ހަ ލައްކަ ރުފިޔާއާ ގުޅޭ ގޮތުންނެވެ.

މި ދައުވާތަކަށް ނިހާން އިންކާރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެކަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox