24 ގައުމަކަށް ނުފޫޒު ފޯރުވަން ރަޝިއާއިން 300 މިލިއަން ޑޮލަރު ހޭދަކުރި: އެމެރިކާ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އީޕީއޭ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އީޕީއޭ

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން 24 ގައުމެއްގެ ސިޔާސީ ފަރާތްތަކަށް ނުފޫޒު ފޯރުވަން ރަޝިއާއިން ސިއްރުން 300 މިލިއަން ޑޮލަރު ހޭދަކުރި ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން އެގޮތަށް ތުހުމަތު ކުރީ އެމެރިކާގެ ޖާސޫސީ ރިޕޯޓެއް ޑީކްލެސިފައި ކުރުމުން އޭގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްފަ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ އަދި ގަނޑުފެންގަނޑުގެ އެންމެ ކޮޅު ކަމަށް،" ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ އިސްވެރިޔަަކު ވިދާޅުވި އެވެ.

އެމެރިކާއިން އާއްމުކުރި ޖާސޫސީ ރިޕޯޓުގައި ވަކި ގައުމުތަކެއް އަދި އޮފިޝަލުންތަކެއްގެ ނަމެއް ނެތެވެ. އެކަމަކު އެއީ ހަތަރު ބައްރުގެ ގައުމުތައް ކަމަށް ވެ އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ރަޝިއާގެ ފައިސާ ހޭދަކޮށް ނުފޫޒް ފޯރުވި ގައުމުތަކާ އެމެރިކާގެ ޖާސޫސީ އޮފިޝަލުން ވަކިން މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޔޫރަޕްގެ ސިޔާސީ ޕާޓީތަކާއި އެކި އޮފިޝަލުންނަށް ފަންޑު ކުރަން ރަޝިއާއިން ގެންގުޅެނީ ވުޖޫދުގައި ނެތް ކުންފުނިތަކެކެވެ.

އެކަމާ ގުޅިގެން ރަޝިއާއިން ވަކި އެއްޗެއް ނުބުނެ އެވެ. މީގެ ކުރިން ރަޝިއާއިން ވެސް ވަނީ އެމެރިކާއިން އެހެން ގައުމުތަކުގެ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ކާނެޖީ މެލަން ޔުނިވާސިޓީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 1946 އިން 2000 ވަނަ އަަހަރާ ހަމައަށް އެމެރިކާއިން ވަނީ އެހެން ގައުމުތަކުގެ އިންތިހާބުތަކުގައި 80 އަށް ވުރެ ގިނަ ފަހަރު ނުފޫޒު ފޯރުވާފަ އެވެ. އޭގެ ތެރޭގައި ބަގާވާތްތަކާއި އިންގިލާބުތައް ނުހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox