މަސްކަށް ކުންފުނި ވިއްކާލަން ޓްވިޓާގެ ހިއްސާދާރުން ފާސްކޮށްފި

މަސްކް ވަނީ ޓްވިޓާ ގަންނަން ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފައި. -- ފޮޓޯ: ގެޓީ

މަސްކް ވަނީ ޓްވިޓާ ގަންނަން ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސްފައި. -- ފޮޓޯ: ގެޓީ

ދުނިޔޭގެ އެންމެ ބޮޑު މަހުޖަަނު އެލޮން މަސްކަށް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ވިއްކާލަން އެ ކުންފުނީގެ ހިއްސާދާރުން ފާސްކޮށްފި އެވެ.

އެގޮތަށް ނިންމީ ކުންފުނީގެ އިންވެސްޓަރުންނާ އެކު ސޭން ފްރެންސިސްކޯގައި ހުންނަ މައި އޮފީހުން ބޭއްވި ކުރު ކޮންފެރެންސް ކޯލެއްގެ ތެރޭންނެވެ.

އެ ނިންމުމާ އެކު ޓްވިޓާއިން ދެން މަސައްކަތް ކުރާނީ ކޯޓުތައް މެދުވެރިކޮށް އެލޮން މަސްކަަށް ކުންފުނި ވިއްކާލުމަށެވެ.

Advertisement

މަސްކަށް ކުންފުނި ވިއްކާލަން ޓްވިޓާއިން އެއްބަސްވީ އެޕްރީލް މަހު އެވެ. އެކަމަކު ޓްވިޓާގެ ސްޕޭމް އަދި ބޮޓް އެކައުންޓްތަކާ ބެހޭ ގޮތުން އޮޅުވާލާފައިވާ ކަމަށް ބުނެ މަސްކް ފަހުން އެ ކުންފުނި ގަންނަން ބޭނުމެއް ނުވި އެވެ.

ޓްވިޓާ ގަންނަން ބޭނުންނުވާކަމަށް މަސްކް ބުނީ މި މަހު އެވެ. އެކަމަކު ޓްވިޓާއިން ބުނީ މަސްކް އެއްބަސްވި ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ޓްވިޓާއިން ބުނީ ބޮޓް އެކައުންޓްގެ ގޮތުގައި ހިމެނޭ ފަސް ޕަސެންޓަށް ވުރެ މަދު އެކައުންޓްތައް ކަމަށެވެ. ނަމަވެސް މަސްކް ގަބޫލުކުރާ ގޮތުގައި އެ އަދަދު އެއަށްވުރެ މަތިވާނެ އެވެ.

ޓްވިޓާގެ މިހާރުގެ އަގަކީ 32 ބިލިއަން ޑޮލަރެވެ. މަސްކް ހުށަހެޅީ 44 ބިލިއަން ޑޮލަރަށް ކުންފުނި ގަތުމަށެވެ.

މަސްކަށް ކުންފުނި ވިއްކާލަން ހިއްސާދާރުން ފާސްކުރުމާ އެކު ކޯޓުގައި އަޑުއެހުންތައް ކުރިއަަށް ދާނެ އެވެ. ޝަރީއަތް ފަށާނީ އޮކްޓޯބަރު މަހު އެވެ. މަސްކު ކުންފުނި ގަންނަން ޖެހޭނެތޯ ނިންމާނީ ކޯޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox