ރޭޕިސްޓް މަރާލި އެމެރިކާ ކުއްޖަކަށް ހުކުމްކޮށްފި

ޕީޕާ ލުވިސް ރޭޕްކުރި މީހާ މަރާލީ އުމުރުން 15 އަހަރުގައި. -- ފޮޓޯ: ކޭސީއާރްޖީ

ޕީޕާ ލުވިސް ރޭޕްކުރި މީހާ މަރާލީ އުމުރުން 15 އަހަރުގައި. -- ފޮޓޯ: ކޭސީއާރްޖީ

އެމެރިކާގައި ރޭޕިސްޓް މަރާލި ފުރާވަރު އުމުރުން ކުއްޖަކު 150،000 ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރުގެ ޕްރޮބޭޝަނަށް އަޔޯވާ ސްޓޭޓުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އުމުރުން 17 އަހަރުގެ ޕީޕާ ލުވިސްގެ މައްޗަށް ހުކުމްކުރީ އޭނާ ރޭޕްކުރި ޒަކަރީ ބްރުކްސްގެ އާއިލާއަށް 150،000 އެމެރިކާ ޑޮލަރު ދިނުމަށެވެ.

ޕީޕާގެ އުމުރުން 15 އަހަރުގައި އޭނާ ރޭޕްކުރި ޒަކަރީގެ ގަޔަށް ވަޅި ހަރައި މަރާލީ 2020 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އޭނާ ވަނީ ކޯޓުގައި އިއުތިރާފްވެފަ އެވެ.

Advertisement

އޭނާއަށް ކުރި ދަައުވާތަކަށް 20 އަހަަރުގެ ޖަލު ހުކުމެއްވެ އެވެ. އެހެން ނަމަވެސް، ކޯޓުން ކުރީ ފަސް އަހަރުގެ ޕްރޮބޭޝަން ހުކުމެކެވެ. އެ މުއްދަތުގައި ޕްރޮބޭޝަންގެ އުސޫލްތަކާ ހިލާފުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ޕްރޮބޭޝަން އުސޫލްތަކުގެ ދަށުން ޕީޕާ އުޅެން ޖެހޭނީ ހާއްސަ ރެޒިޑެންޝަލް ފެސިލިޓީއެއްގައި ކަމަށާއި ފައިގައި ޓެގް ހަރުކުރަން ޖެހޭނެ ކަމަށް ކޯޓުން އެންގި އެވެ.

ރޭޕިސްޓުގެ އާއިލާއަށް ފައިސާ ދައްކަން އަމުރު ކުރީ މަޖުބޫރުވެގެން ކަމަށާއި އަޔޯވާގެ ގާނޫނުގެ ދަށުން އެ ނޫން ގޮތެއް ނެތްކަމަށް ކޯޓުން ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕީޕާ ލުވިސް ކުޑަައިރުން ފެށިގެން ގެވެށި އަަނިޔާއާ ކުރިމަތިވި އެވެ. އޭނާ 2020 ވަނަ އަހަރު ގެއިން ފިލައި، ގޯޅިގަނޑެއްގައި ނިދާފައި އޮއްވައި ފިރިހެނަކާ ދިމާވި އެވެ.

އެ ފިރިހެން މީހާ ޕީޕާ ގެންގޮސް، ހަށިވިއްކަން މަޖުބޫރު ކުރުވި އެވެ. ޕީޕާ ބުނީ ޒަކަރީ ނަމަކަށް ކިޔާ އުމުރުން 37 އަހަރުގެ ފިރިހެނަކު ތަކުރާރުކޮށް އޭނާ ރޭޕްކުރި ކަމަށެވެ.

ޕީޕާ ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހު ޒަކަރީގެ ގަޔަށް 30 ފަހަރު ވަޅި ހަރައި މަރާލައިފަ އެވެ. އޭނާ ބުނީ އެކަން ކުރީ އަމިއްލަ ފުރާނައަށް ބިރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox