މެމްބަރުންގެ އަދަދު ހިފަހައްޓާ ބިލާ އެކު ޖާބިރުގެ ތުހުމަތުތައް ގާސިމަށް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވަނީ: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފެހެއްޓުމަށް އޭނާ ބިލެއް ހުށަހެޅުއްވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރެއްވި. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވަނީ: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފެހެއްޓުމަށް އޭނާ ބިލެއް ހުށަހެޅުއްވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރެއްވި. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލާ ގުޅުވައި އިތުރުނުކޮށް، މިހާރު އޮތް އަދަދުގައި ހިފަހައްޓަން، ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބިލެއް ހުށަހެޅުއްވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާއަށް މިއަދު ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނެސް، މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފަހައްޓަން ގާސިމް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދާ ބަހުސްގައި ޖާބިރު ވިދާޅުވީ މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ހިފަހައްޓަން ބިލެއް ހުށަހެޅުއްވި އިރު މަޖިލީހުގައި މާމިނގިލި ދާއިރާ މިހާރު ވެސް ތަމްސީލުނުވާ ކަމަށެވެ.

ބިލު ހުށަހެޅުއްވީ ގާސިމް ތަމްސީލުކުރައްވާ އެ ދާއިރާއަށް ގޮނޑިއެއް އިތުރުވެދާނެތީ ކަމަށް ވެސް ޖާބިރު ތުހުމަތު ކުރެއްވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރަސްމިއްޔާތެއްގައި ބައިވެރުވެވަޑައިގަންނަވަނީ. މާމިނިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އޭނާ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރަސްމިއްޔާތެއްގައި ބައިވެރުވެވަޑައިގަންނަވަނީ. މާމިނިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އޭނާ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރަސްމިއްޔާތެއްގައި ބައިވެރުވެވަޑައިގަންނަވަނީ. މާމިނިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އޭނާ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އަޑުގަނޑު ގަބޫލެއް ނޫން ދިވެހިރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ދާކަށެއް. ގާސިމް އިބްރާހީމް މި މައްސަލަ ހުށަހެޅުއްވި އިރު އިއްޒަތްތެރި މެމްބަރު މި މަޖިލީހަށް ވަޑައިނުގެން، އަދި މަޖިލީހަށް ދެން އަންނާން ޖެހޭ މީހާއަށް ވެސް ނާދެވޭ ގޮތަށް އޮންނަ [މިބިލުން ފުރުސަތު އެބަ ހަނިކުރޭ]،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް މަޖިލީހުގައި 87 މެމްބަރުން ތިބި އިރު މަޖިލީހަށް ވަޑައިގަންނަވަނީ މަދު މެމްބަރުން ކަމަށް ވާތީ މަޖިލީހުގައި ދާއިރާތައް ތަމްސީލު ނުވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތަކަށް ވަރަށް މަދުން ނޫނީ ވަޑައިނުގަންނަވާ ގާސިމް ތަމްސީލުކުރައްވާ މާމިނގިލި ދާއިރާއާއި އޭނާއަށް ވުރެ ވެސް މަދުން ޖަލްސާތަކަށް ވަޑައިގަންނަވާ އަހުމަދު ސިޔާމް ތަމްސީލުކުރައްވާ މީދޫ ދާއިރާގެ ނަން މިސާލެއްގެ ގޮތުގައި ޖާބިރު ދެއްކެވި އެވެ.

"މާމިނގިލި ދާއިރާ ރެޕްރެޒެންޓް ނުވެ މިދިޔައީ. މީދޫ ދާއިރާ ރެެޕްރެޒެންޓް ނުވެ މިދިޔައީ އިއްޒަތްތެރި ރައީސް،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވާނެ ކަމަށާއި އެ އިތުރުވާ އާބާދީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވާން ޖެހޭ ކަމަށެވެ. މެމްބަރުން މަދުކުރަން އުޅެނީ މެމްބަރުން ގަންނަން ޖެހޭ ވަގުތެއްގައި އަދަދު ގިނަވުމުން އުނދަގޫވާނެތީ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox