ފެނުން ގެއްލުމުގެ ކުރިން ތިން ކުދިން ގޮވައިގެން ކެނެޑާގެ އާއިލާ އަކުން ދުނިޔެ ވަށާ ދަތުރުކުރަނީ

Sep 14, 2022, 1:37 AM
ފެނުން ގެއްލުމުގެ ކުރިން ތިން ކުދިން ގޮވައިގެން ކެނެޑާގެ އާއިލާ އަކުން ދުނިޔެ ވަށާ ދަތުރުކުރަނީ

އީޑިތު ލެމޭ އާއި ސަބާސްޓިއަން ޕެލެޓަޔާ އަށް ދޮށީ އަންހެން ދަރިފުޅު، މިއާގެ ފަރާތުން ފެނުމުގެ ދަތިކަން ހުންނަކަން ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ ތިން އަހަރުގަ އެވެ.

އޭގެ އަހަރުތަކެއް ފަހުން މިއާ ޑައިގްނޯސްވީ ލޮލުގެ ފެނުން ގެއްލެން މެދުވެރިވާ، މަދުން ނޫނީ ނުފެންނަ ޖެނެޓިކް ޑިސްއޯޑާ އަކަށެވެ. "ރެޓިނިޓިސް ޕިގްމެންޓޯސާ" ނަމަކަށް ކިޔާ މި ބަލީގެ ސަބަބުން މިއާގެ ފެނުން ދާނީ ދުވަހެއް ދުވަހަކަށް ދަށްވަމުން ކަމަށް ވެސް ޑޮކްޓަރުން ބުނެދިނެވެ. މިހިސާބަށް އައި އިރު، އީޑިތު އާއި ސަބަސްޓިއަން އަށް، ހަގަށް ލިބުނު ތިން ފިރިހެން ކުދިންގެ ތެރެއިން ދެ ކުދިންގެ ފަރާތުން ވެސް އެއްކަހަލަ އަލާމާތްތަކެއް ފެންނަން ފަށައިފި ކަމަށް ގަބޫލުކުރެވެން ފެށުނެވެ.

މި ބިރު ހަގީގަތަކަށް ބަދަލުވީ، 2019 ވަނަ އަހަރު އެ ދެކުދިން ވެސް މިއާގެ ބައްޔަށް ޑައިގްނޯސްވީ ހިސާބުންނެވެ.

Advertisement

"ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އަހަރެމެންނަކަށް ނޭނގެ ކިހާ އަވަހަކަށް ކަމެއް އެކުދިން އެއްކޮށް އަނދިރި ވާނީ. އެކަމަކު ބޮޑަށް ބެލެނީ، މެދު އުމުރަށް ދާންވާއިރަށް ފެނުން މުޅިން ގެއްލިދާނެ ކަމަށް،" ސީ އެންއެން އަށް ދިން އިންޓަވިއުގައި އެ ދެމަފިރިން ބުނެފައިވެ އެވެ.

ރެޓިނިޓިސް ޕިގްމެންޓޯސާ އަށް މިހާތަނަށް ޝިފާއެއް ހޯދިފައެއް ނުވެ އެވެ. އަދި މި ބަލީގެ ސަބަބުން ލޮލުގެ ފެނުން ފަނޑުވަމުންދާ މިންވަރު ލަސްކޮށްދޭނެ ފަރުވާއެއް ވެސް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

ކުދިންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު އެނގުމުން، އީޑިތު އާއި ސަބަސްޓިއަން އަޒުމް ކަނޑައެޅީ ކުދިންގެ ހުނަރު ތަރައްގީކުރުމަށް ފޯކަސް ކޮށް، ފެނުން ގެއްލި ދިއުމަށްފަހު އެކުދިންނަށް އުނދަގުލެއް ނެތި ދިރިއުޅުމާގެން ކުރިއަށް ދެވޭނެ ހުނަރުތައް ދަސްކޮށްދިނުމަށެވެ.

މިއާގެ ބަލި ޑައިގްނޯސްކުރި ޑޮކްޓަރު ލަފާ ދިނީ، ވީހާވެސް ބޮޑަށް މިއާ އަށް ކުލަ ތަސްވީރުގެ ހަނދާންތައް ނުވަތަ، "ވިޝުއަލް މެމޮރީސް" ދިނުމަށެވެ. މިގޮތުން އެ ދެމަފިރިން ހޯދީ ތިން ކުދިންނަށް ވެސް އެކަންތައް އެންމެ ފުރިހަމައަށް ކޮށްދެވޭނެ ގޮތެކެވެ.

"އަހަރެން ހިތަށް އެރީ، މިއާ އަށް އެތެއް ދައްކާނީ ފޮތެއްގައި ކުރަހާފައި ހުރި އެއްޗަކުން ނޫނޭ. އަސްލު އެތެއްގެ ކައިރިއަށް ގެންގޮސްގެންނޭ އެ ތަޖުރިބާ ދޭނީ،" ސީއެންއެންގެ އިންޓަވިއު ގައި އީޑިތު ބުންޏެވެ. "އަދި ދައްކާ ތަސްވީރުތަކަކީ އޭގެ ޒާތުގައި އެންމެ ފުރިހަމަ އެންމެ ހިތްގައިމު ތަސްވީރުތަކުގެ ގޮތުގައި އަހަރެންނަށް ވީ ވަރަކުން ހަދައިދޭނަމޭ."

ކުދިން ގޮވައިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރުމުގައި އަހަރެއް އެއްކޮށް ހޭދަކުރުމަށް ނިންމައި އެކަމުގެ ޕްލޭން ތައްޔާރުކުރަން އެ ދެމަފިރިން ފެއްޓީ އެހާ ހިސާބުންނެވެ.

ކުދިން ލިބުމުގެ ކުރިން ދަތުރުކޮށް އުޅުނު ދެމަފިރިންނަށް، ކުދިން ލިބުނު ފަހުން ގިނަ ހަރަދުކޮށްފައި ދަތުރުކުރުން ވެފައި އޮތީ ދަތި ކަމަކަށެވެ. އެކަމަކު ތިން ކުދިން ވެސް އެއް ބައްޔަކަށް ޑައިގްނޯސްވި ހިސާބުން އެ ދެމަފިރިން ފައިސާ އެއްކުރަން ފެށި އެވެ. އިތުރު ހިއްވަރެއް ލިބިގެން ދިޔައީ ސަބަސްޓިއަންގެ ޝެއާ އޮންނަ، އޭނާ އޭރު މަސައްކަތްކުރަމުން އައި ކުންފުނި ބަޔަކު ގަތުމުންނެވެ.

"އެއީ ހަޔާތުން ދިން ހަދިޔާއެއް ކަހަލަ. މިހިރީ ދަތުރުކުރާނެ ރުފިޔާ އޭ ބުނި ކަހަލަ،" ސަބަސްޓިއަން ބުންޏެވެ.

އެ އާއިލާ ދުނިޔެ ވަށާ ޖަހާ ބުރުގެ ފުރަތަމަ ދަތުރު ޕްލޭން ކޮށްފައި އޮތީ 2020 ވަނަ އަހަރު ރަޝިއާ އަށް، އަދި ރަޝިއާ އިން އެއްގަމު މަގުން ޗައިނާއަށް ދާ ގޮތަށެވެ. އެކަމަކު ޕެންޑެމިކާ އެކު ދަތުރުފަތުރަށް އައި ހީނަރުކަމާއެކު ޕްލޭންތައް މަޑުޖައްސާފައި އޮތުމަށްފަހު، މި އަހަރުގެ މޭ މަހު ފުރަތަމަ ގައުމެއްގެ ގޮތުގައި ދިޔައީ އެފްރިކާގެ ނަމްބިއާ އަށެވެ. އެ ގައުމުގައި ޖަންގަލީގެ ހިތްގައިމުކަން ކުދިންނަށް ދެއްކުމަށްފަހު، ދެން ދިޔައީ މޮންގޯލިއާ އަށެވެ. އެއަށްފަހު އިންޑޮނީޝިއާ އަށެވެ.

އެމީހުންގެ އަމާޒަކީ، ކުދިން މީގެ ކުރިން ނުދެކޭ، ވީހާވެސް ހިތްގައިމު، ގުދުރަތީ ރީތިކަމުގެ އިންތިހާ ފެންނަ ތަންތަން ކުދިންނަށް ދެއްކުމެވެ.

ދަތުރު ކުރިޔަސް، ކުދިންނަށް ކިޔަވައިދިނުމަށް އެ ދެމަފިރިން ސަމާލުކަން ދެ އެވެ.

"ދަތުރުކުރުމަކީ ވަރަށް ގިނަ ކަންކަން ދަސްވެ، ދުނިޔެއަށް ވަރަށް ބޮޑަށް ލޯހުޅުވޭ ކަމެއް. ކުދިންގެ ގުޅުން ވެސް އެހާ ވަރުގަދަ," ސަބަސްޓިއަން ބުންޏެވެ.

އޭނާ އާއި އީޑިތު ކުދިންނަށް އަންނާނެ އެންމެ އުނދަގޫ ދުވަހަށް އެ ކުދިން ތައްޔާރުކުރުމުގައި ދުވަހެއް ބޭކާރުކޮށްނުލައި މަސައްކަތްކުރި ނަމަވެސް، ތިން ކުދިންނަށް ބަލިން ޝިފާ ލިބޭނެ ދުވަހެއް އަންނާނެ ކަމަށް ކުރާ އުންމީދު ދޫނުކޮށްލަ އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox