ފީފާއާ ގުޅިގެން އިންޑިއާގެ ސްކޫލް ސިލަބަަސްގައި ފުޓްބޯޅަ ހިމަނަނީ

Sep 12, 2022, 10:25 AM
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އާ ރައީސް ޗޯބޭ (ވ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: ފީފާ

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އާ ރައީސް ޗޯބޭ (ވ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: ފީފާ

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނު (އޭއައިއެފްއެފް)ގެ އާ ރައީސް ކަލްޔާން ޗޯބޭ ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާގެ ގްރާސްރޫޓް ލެވަލްގައި ފުޓްބޯޅައިގެ ކަންކަން ރަނގަޅު ކުރުމުގެ ގޮތުން ސްކޫލް ސިލަބަސް ތެރޭގައި ފުޓްބޯޅަ އުނގަނައިދިނުމުގެ މަސައްކަތް ފެއްޓުމުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފި އެވެ.

އިންޑިއާގެ ފުޓްބޯޅަ ލެޖެންޑް، ބައިޗުން ބުޓިއާގެ މައްޗަށް ބޮޑު އަގުލަބިއްޔަތަކުން ކުރިހޯދައި، އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޗޯބޭ އެ ގައުމުގެ ފުޓްބޯޅަ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ މި މަހު ދެ ވަނަ ދުވަހު އެވެ. އިންޑިއާ ފުޓްބޯޅަ އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާ ކަމަށް ބުނެ، މިދިޔަ މަހު ފީފާ އިން އިންޑިއާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު، ފީފާގެ އެންގުމާ އެއްގޮތަށް ކަންކަން ކުރުމުން ސަސްޕެންޝަން އުވާލި އެވެ.

އޭއައިއެފްއެފްގެ އާ ހިންގާ ބޯޑުގެ މެމްބަރުން ފީފާގެ ރައީސް އިންފަންޓީނޯއާ އެކު ބައްދަލުވުން ކުރިއަށް ގެންދިޔައީ މި މަހު ނުވަ ވަނަ ދުވަހު ގަތަރުގެ ދޯހާގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޗޯބޭ ވިދާޅުވީ އޭނާ އިންތިހާބުވެވަޑައިގަތީ 1.4 ބިލިއަން މީހުން ދިރިއުޅޭ ގައުމެއްގެ ފުޓްބޯޅައިގެ ކަންކަން ހިންގުމަށް ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަހަމަކަމާ އެކު ޑިވެލޮޕްމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"އަހަރެން ވާނީ (އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގައި ހިމެނޭ) 35 މެމްބަރު އެސޯސިއޭޝަންގެ ކައިރިން ޑިވެލޮޕްމަންޓް ޕްލޭނެއް ހަދަން އަންގާފައި. އެ ހުރިހާ ސްޓޭޓް އެސޯސިއޭޝަނެއްގެ ޑިވެލޮޕްމަންޓް ޕްލޭން ލިބުނުހާ އަވަހަކަށް އަހަރެމެން އެކިއެކި ފަރާތްތަކުގެ ލަފާ ހޯދައިގެން، ފެޑެރޭޝަނުގެ ޑިވެލޮޕްމަންޓް ޕްލޭން ހަދާނަން،" ފީފާ މީޑިއާ އަށް އިން އިންޓަވިއުގައި ޗޯބޭ ވިދާޅުވި އެވެ.

"އަހަރެމެންގެ އެންމެ ބޮޑު ފޯކަސް އެއް އޮތީ ގްރާސްރޫޓަށް، ޔޫތު ފުޓްބޯޅަ ޑިވެލޮޕްކުރުމަށް، އެހެންވެ، އަހަރެމެން ބޭނުންވޭ ފީފާގެ ޓެކްނިކަލް އެހީ ހޯދައިގެން އިންޑިއާގެ ސްކޫލް ސިލަބަސްގައި ފުޓްބޯޅަ ހިމަނަން، ޑިވެލޮޕްކުރެވޭނީ އުނގަނައިދީ ފުރުސަތު ހޯދައިދީގެން،"

ފީފާ ފައުންޑޭޝަންގެ ފަރާތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ވަނީ އިންޑިއާގެ އޮޑިޝާގައި "ފުޓްބޯލް ފޯ ސްކޫލްސް" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮގްރާމްގައި 100 ކުދިންނާއި 60 ކޯޗުން ބައިވެރިވި އެވެ. ޗޯބޭ ވިދާޅުވީ ފީފާއާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ ސްޓޭޓްތަކުގެ ސަރުކާރާއި ސްކޫލްތަކާއި ގުޅިގެން ކަމަށެވެ.

ޗޯބޭ ވިދާޅުވީ ފީފާ އާއި އިންޑިއާ އިން ގުޅިގެން ކުރެވޭނެ ކަންކަމުގެ އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެން ނިންމާފައިވަނީ އަންނަ މަހު އިންޑިއާގައި ހޯސްޓް ކުރާ 17 އަހަރުން ދަށުގެ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox