ހޯޑެއްދޫގެ ހަތް ހެކްޓަރު ބިން "ގެއްލިފައި"، އާ ކޯޒްވޭއާއެކު ތަކުލީފަށް ނިމުން

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއިން ގުޅާލާފައި: އާ ކޯޒްވޭގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި - ފޮޓޯ: ހޯޑެއްދޫ ކައުންސިލް

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއިން ގުޅާލާފައި: އާ ކޯޒްވޭގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި - ފޮޓޯ: ހޯޑެއްދޫ ކައުންސިލް

ގދ. މަޑަވެލި އަދި ހޯޑެއްދޫ ގުޅާލުމަކީ އެ ދެ ރަށުގެ ރައްޔިތުން ނުހަނު ބޭނުންވެފައި ތިބި ކަމެވެ. ދެހާސް ސަތާރަ ވަނަ އަހަރު އެ އުއްމީދު ފުރިހަމަ ވީ, ދެ ރަށުގެ މެދުގައި ދަމާލި ކޯޒްވޭއާ އެކު އެވެ. ނަމަވެސް، އުއްމީދު ކުރި ގޮތާ ހިލާފަށް ކޯޒްވޭ ވެގެން ދިޔައީ ވީ ފަސޭހަ އާއި އުފެދުނު ގުޅުމަށް ވުރެ ދެ ރަށަށް ވެސް ތަކުލީފަށެވެ.

ތަކުލީފަކަށް ވެގެންދިޔައީ މިހެންވެ އެވެ؛ ކޯޒްވޭ ހެދުމަށް ފަޅުތެރެއިން ދަމާލި ފަސްގަނޑު، އެ ރަށުގެ ގުދުރަތީ ފަސްގަނޑަށް ވުރެ އުހެވެ. އެއީ މަޝްރޫއުގެ އީއައިއޭ ރިޕޯޓާއި, ކޯޒްވޭގެ ޑައިޒައިންއާ ވެސް ހިލާފަށް ކޮށްފައި އޮތް ކަމެވެ.

"...ޑިޒައިންއާ އެއްގޮތަށް ކޯޒްވޭ އަޅާފައި ނެތުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ކޮންމެ ފަހަރަކު ރަށު ތެރެއަށް އެބަ ރާޅު އަރާ, އުދަ އެރުން ގިނަ ވެއްޖެ, ކޯޒްވޭއަކު ނެތް އޮއިވަރު ދެމޭހާ ޖާގައެއް," ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވި އެވެ.

ވާރިޝް ވިދާޅުވި ގޮތުގައި, ކޯޒްވޭ އެޅި ފަހުން އެ ރަށުގެ ހަތް ހެކްޓަރުގެ ބިން, ބޭނުމެއް ނުކުރެވި ވަނީ ގެއްލިގެން ގޮސްފަ އެވެ. އެއީ, ކޯޒްވޭއާ ގުޅިގެން ބްލޮކްވާ ލޮނުގަނޑު އެ ސަރަހައްދަށް އަރައި, އަނެއް ފަރާތަށް ފައިބައިގެންދާތީ, އެ ބިމުގައި އެހެން އެއްވެސް ކަމެއް ކުރެވޭ ގޮތް ނުވާތީ އެވެ.

ގަދަ އަށް އުދަ އަރާ މޫސުމެއްގައި ރައްޔިތުން ނުކުމެ ކޯޒްވޭ ކަނޑާލަން ޖެހޭ ސަބަބަކީ ވެސް އެއީ ކަމަށް ވާރިޝް ވިދާޅުވި އެވެ.

ކޯޒްވޭ މިހާރު އޮތް ގޮތުން އުނދަގޫތަކާއި ގެއްލުންތައް ހުރި ނަމަވެސް، އެ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫ އާއި މަޑަވެއްޔާ ދެމެދު އުފެދުނު ގުޅުމާއި ބަދަހިކަން ވަނީ ވަކި ނުކުރެވޭނެ ވަރުގަދަ ގުޅުމަކަށްވެފަ އެވެ. އުޅުމާއި ގުޅުން ވަނީ އެކުވެ އެކައްޗަކަށް ވެފަ އެވެ. އެހެންވެ، ފުރިހަމަ ކޯޒްވޭއެއް މުހިންމު ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވެވި އެވެ.

ދެ ރަށުގެ ގުޅުން އެބަ ބޭނުންވޭ, ހޯޑެއްދޫ މީހުން އެ އުޅެނީ މަޑެވެލި މީހުންނާ އިނދެގެން, އެ ރަށު މީހުން އެ އުޅެނީ ހޯޑެއްދޫ މީހުންނާ އިނދެގެން, ވަޒީފާގައި ދެކޮޅުގައި އެބަ އުޅޭ, ހޯޑެއްދޫއަކީ ދަނޑުވެރި ރަށެއް, މަޑަވެއްޔަކީ މަސްވެރި ރަށެއް, ހޯޑެއްދޫ މަސްވެރިން މަހަށް އެ ދަނީ މަޑަވެލީ މަސްދޯނިތަކުގައި, އެހެންވީމަ ޓްރާންސްޕޯޓޭޝަން މުހިންމޭ," ވާރިޝް ވިދާޅުވި އެވެ.

އެހެންވެ, މި ސަރުކާރުން ވެސް ވަނީ ދެ ރަށުގެ ދެމެދުގައި އާ ކޯޒްވޭއެއް އެޅުމުގެ މަޝްރޫއު އިއުލާންކޮށް, އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އައްޑިހަ ނުވަ މިލިއަން ރުފިޔާގެ އެ މަޝްރޫއުއަށް ހޯޑެއްދޫއަށް މޮބަލައިޒްވުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ ކުރާނެ އެވެ.

"އާ ކޯޒްވޭ އަޅަން ނިންމާފައި އޮތް ގޮތަށް އެކަން ކޮށްފިނަމަ, ކުރީގެ ކޯޒްވޭގެ ސަބަބުން މި ދިމާވާ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ," ވާރިޝް ވިދާޅުވި އެވެ.

އާ ކޯޒްވޭ އަޅަން ނިންމާފައިވަނީ ދަށުން ލޮނުގަނޑު ދައުރުވާ ގޮތަށެވެ. އެ ކޯޒްވޭއިން ހޯޑެއްދޫ އާއި މަޑަވެއްޔާ ދެމެދު އޮތް ފަޅު ރަށްތައް ވެސް ގުޅާލާނެ އެވެ. އޭގެ ތެރޭ ހޯޑެއްދޫގެ އިހްތިސޯސް ތެރޭ އޮތް ރަށަކާއި ދެ ރަށުގެ އިހްތިސޯސް ތެރެއަށް ވަންނާތީ ސަރުކާރަށް ނަގާފައި އޮތް ރަށެއް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox