ޕާކިސްތާން ބަލިކޮށް ސްރީ ލަންކާ އިން ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި

Sep 11, 2022, 7:04 PM
ލަންކާގެ ކުޅުންތެރިން ކްރިކެޓް އޭޝިއާ ކަޕްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންކާގެ ކުޅުންތެރިން ކްރިކެޓް އޭޝިއާ ކަޕްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސެޕްޓެމްބަރު 11) - ޕާކިސްތާން 23 ލަނޑުން ބަލިކޮށް، ސްރީ ލަންކާ އިން ހަ ވަނަ ފަހަރަށް ކްރިކެޓް އޭޝިއާ ކަޕް ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

ލަންކާގެ މި ކާމިޔާބީއާ އެކު އެ ޓީމުން ވަނީ ކްރިކެޓް އޭޝިއާ ކަޕްގައި އިންޑިއާގެ ރެކޯޑާ ގާތަށް ޖެހިލައިފަ އެވެ. އިންޑިއާ އިން ހަތް ފަހަރު ތަށި ހޯދިއިރު، ލަންކާ އިން ވަނީ ހަ ފަހަރު ތަށި އުފުލާލައިފަ އެވެ. ލަންކާ އަށް ޗެމްޕިއަންކަން މި ހޯދުނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ލަންކާ އިން މީގެ ކުރިން ޗެމްޕިއަންކަން ހޯދީ 1986، 1997، 2004، 2008، އަދި 2014 ވަނަ އަހަރު އެވެ.

ދުބާއީގެ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ފީލްޑް ކުރުމަށެވެ. ލަންކާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 170 ލަނޑު ހެދި އެވެ. ބެޓިންގައި ލަންކާ އަށް ފަށައިގެން ތަފާތެއް ނުދެއްކި އޮއްވައި، ފަސް ވަނަ އަށް ކުޅެން އެރި ބަނޫކާ ރާޖަޕަކްސަ ވަނީ ނުބައިނުވެ، 71 ލަނޑު އެއްކޮށްދީ، އެ ޓީމަށް ކޮންފިޑެންސް ހޯދައިދީފަ އެވެ.

ލަންކާ ކުޅުންތެރިން މިރޭގެ ފައިނަލް މެޗުގެ ކުރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ހަތް ވަނަ އަށް ކުޅެން ނުކުތް، ލަންކާގެ ބެޓްސްމަން، ވަނިންދޫ ހަސަރަންގާ، 36 ލަނޑަށް ނުބައިވިއިރު، އޭނާ ވެސް ވަނީ ލަންކާގެ ސްކޯރިން ރަނގަޅު ކުރުމުގައި އިސް ރޯލެއް އަދާކޮށްފަ އެވެ.

ޕާކިސްތާނުން ކުޅެން އެރިއިރު، ލަންކާގެ ފީލްޑަރުން ތިބީ މި ފަހަރުގެ މުބާރާތުގައި އެ ކުޅުންތެރިން ދައްކަމުން އައި ކުޅުމާ އެކު ރަނގަޅު ފޯމެއްގަ އެވެ. ޕާކިސްތާނަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ އޯޕަނިން ބެޓްސްމަނުންގެ ތެރެއިިން މުހައްމަދު ރިޒްވާން އެވެ. އޭނާ ނިުބައިވީ 55 ލަނޑަށެވެ.

ޕާކިސްތާންގެ ކެޕްޓަން، ބާބަރު އާޒަމް، އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި ރިޒްވާނާ އެކު ކުޅެން އެރި ނަމަވެސް އާޒަމް އަށް ހެދުނީ އެންމެ ފަސް ލަނޑެވެ. އެއީ ޕާކިސްތާން މި މެޗުގައި ޕްރެޝަރަށް ވެއްޓުނު އެއް ސަބަބެވެ.

ފީލްޑިންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ލަންކާގެ ޕްރަމޯދު މަދުޝަން އާއި ހަސަރަންގާ އެވެ. މަދުޝަން ހަތަރު ވިކެޓް ނެގިއިރު، ހަސަރަންގާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އިންޑިއާ ކެޓީ ސުޕަ ފޯ ސްޓޭޖުގައި (ގަދަ ހަތަރެއްގެ ބުރުގައި) ޕާކިސްތާން އާއި ލަންކާ އަތުން ބަލިވުމުންނެވެ.

ލަންކާގެ މަދުޝަން މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ: ޕާކިސްތާންގެ އެޓޭކް ހުއްޓުވުމުގައި މަދުޝަން މުހިންމު ވިކެޓްތަކެއް ނެގި.--- ފޮޓޯ: އޭއެފްޕީ

ލަންކާ މުބާރާތް ފެށީ ބައްޔަކުންނެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން ބަލިވި ނަމަވެސް އިނގިރޭސި ކޯޗު، ކްރިސް ސިލްވާވުޑްގެ އިރުޝާދުގެ ދަށުން ލަންކާ ވަނީ ދެން ކުޅުނު ފަސް މެޗުން މޮޅުވެ، ޗެމްޕިއަންކަން ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގައި އަފްގާނިސްތާން އަތުން އަށް ވިކެޓުން ބަލިވި ނަމަވެސް ގަދަ ހަތަރު ޓީމުގެ ބުރުގައި ލަންކާ އިން ވަނީ ހަތަރު ވިކެޓުން އަފްގާނިސްތާންގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކުރިން އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ސިލްވާވުޑް ބުނީ ލަންކާގެ މި ކާމިޔާބީގެ ސިއްރަކީ އެއްވެސް އިރެއްގައި ޓީމު ބައިބައިވިޔަނުދީ އެއް ވިސްނުމެއްގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ފުރަތަމަ މެޗުން ބަލިވި ނަމަވެސް ކޮންމެ ކުޅުންތެރިއަކު އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުނަނުދީ ރަނގަޅަށް މަސައްކަތް ކުރިކަން ސިލްވަވުޑް ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox