ޔޫނިއަން ބާލިން ޖަރުމަނު ލީގުގެ އެއް ވަނަ އަށް

Sep 11, 2022, 7:14 PM
ޔޫނިއަން ބާލިން ޖަރުމަނު ލީގުގެ އެއް ވަނަ އަށް

ބާލިން (ސެޕްޓެމްބަރު 11) - ޖަރުމަނު ލީގުގައި މިރޭ ކޮލޯން އަތުން 1-0 އިން މޮޅުވެ ޔޫނިއަން ބާލިން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި މިރޭ ކޮލޯން އަތުން މޮޅުވެ، ޔޫނިއަން ބާލިން އިން ޖަރުމަނު ލީގުގެ އެއް ވަނަ މަގާމަށް ޖެހިލީ 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ފްރައިބާގް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އޮތީ 12 ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނައިގަ އެވެ.

ޔޫނިއަން ބާލިން އިން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. އަދި މެޗުގެ ފުރަތަމަ ހަތަރު މިނިޓުގެ ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. ޔޫނިއަން ބާލިންގެ ޝެރާލްޑޯ ބެކާ އޭރިޔާ ތެރެެއަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް އަމާޒުވީ ކޮލޯންގެ ޑިފެންޑަރު ޓީމޯ ހުއޭބާސްގެ ފައިގައި ޖެހިފަ އެވެެ.

އޭގެ ހަތަރު މިނިޓު ފަހުން ޔޫނިއަން ބާލިން އަށް ޕެނަލްޓީއެއް ލިބި، ލީޑު ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ހުޅުވުނެވެ. އެކަމަކު، ޖޯޑަން ސެބާޗޫ ފޮނުވާލި ޕެނަލްޓީ ކޮލޯންގެ ގޯލްކީޕަރު މާވިން ޝުވާއެބޭ ވަނީ ދިފާއުކޮށްފަ އެވެ.

މި ސީޒަންގެ ބުންޑަސްލީގާގައި ޔޫނިއަން ބާލިން އަދި މެޗަކުން ބަލިނުވެ އެވެ. ކޮލޯން މި މެޗުން ބަލިވުމުން، ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ދެ ކްލަބަކީ ޔޫނިއަން ބާލިން އާއި ބަޔާން އެވެ.

"ޓީމު އޮތީ ވަރަށް ރަނގަޅު ފައްތަރެއްގައި،" މެޗަށް ފަހު ޔޫނިއަން ބާލިންގެ ކެޕްޓަން ކްރިސްޓޮފާ ޓްރިމެލް ބުންޏެވެ. "އެހެންވެ މި ހިސާބުގައި (ތާވަލްގެ އެއްވަނައިގައި) ޓީމު މި އޮތީ."

ހޫލިއަން ނާގަލްސްމަންގެ ކޯޗުކަމުގައި ކުޅޭ ބަޔާން މިއުނިކުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox