ރެޑްބުލް ހާފް ކޯޓު ތުރީ އޮން ތުރީ ރާއްޖޭގެ ކޮލިފައިން ފަށައިފި

Sep 11, 2022, 3:45 PM
ރެޑްބުލް ހާފްކޯޓު ތުރީ އޮން ތުރީގައި މިއަދު ކުރިއަށްދިޔަ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު/ ރެޑްބުލް

ރެޑްބުލް ހާފްކޯޓު ތުރީ އޮން ތުރީގައި މިއަދު ކުރިއަށްދިޔަ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު/ ރެޑްބުލް

ރެޑްބުލް ހާފް ކޯޓު ތުރީ އޮން ތުރީގެ ރާއްޖޭގެ ކޮލިފައިން މިއަދު ފަށައިފި އެވެ.

ރެޑްބުލް ހާފް ކޯޓަކީ ތުރީ އޮން ތުރީގެ ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ ފޯރިގަދަ މުބާރާތެކެވެ. ކުރިން "ރެޑްބުލް ރީން"ގެ ނަމުގައި ކުރިއަށްދިޔަ މުބާރާތް "ރެޑްބުލް ހާފް ކޯޓު"ގެ ނަމަށް ބަދަލުކޮށް ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރެވެ.

ރެޑްބުލް ހާފް ކޯޓުގައި ހިމެނެނީ ކޮލިފައިން ބުރާއި ހުރިހާ ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާ ވޯލްޑް ފައިނަލް ބުރެވެ. ކޮންމެ ގައުމަކުން ވެސް ކޮލިފައިން ބުރެއް ބޭނުން އަދަދެއްގެ ޓީމުތަކެއް ހިމަނައިގެން ކުރިއަށް ގެންދެވޭނެ އެވެ.

މިއަދު މާލޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފަށާފައިވާ ރާއްޖޭގެ ކޮލިފައިންގައި 16 ޓީމަކުން ވާދަކުރެ އެވެ. މި ފަހަރު ރާއްޖޭގެ ކޮލިފައިންގައި ވާދަކުރަނީ ފިރިހެން ޓީމުތައް އެކަންޏެވެ.

ރެޑްބުލް ހާފްކޯޓު ތުރީ އޮން ތުރީގައި މިއަދު ކުރިއަށްދިޔަ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު/ ރެޑްބުލް

މި މަހުގެ ފަހުކޮޅު މާލޭގައި އޮންނަ ސާބާ މުބާރާތަށް ގައުމީ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައްޔާރު ވަމުން ދާތީ މި އަހަރު އަންހެން ބައި ނުހިމަނަން ނިންމީ ކަމަށް މުބާރާތް އިންތިޒާމްކުރާ ޔޫރޯ މާކެޓިން އިން މައުލޫމާތު ދެ އެވެ.

ރާއްޖޭގެ ކޮލިފައިންގެ ޕާޓްނަރަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން އެވެ.

ރާއްޖެ ހިމެނޭ ގޮތަށް މި އަހަރު 20 ގައުމަކުން ވާދަކުރާނެ އެވެ. އެ ގޮތުން، 20 ގައުމުގެ ޗެމްޕިއަނުން ވާދަކުރާ ފައިނަލް ބުރު އޮންނާނީ މި މަހުގެ 28 އިން އޮކްޓޯބަރު 2 އަށް މިސްރު ގަ އެވެ.

ރެޑްބުލް ހާފް ކޯޓުގެ މިދިޔަ އަހަރުގެ މުބާރާތުގައި 13 ގައުމަކުން ފަސް ހާހަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ. މި ދިޔަ އަހަރުގެ ފައިނަލް ބުރުގެ އޮތީ އިޓަލީގެ ވެރިރަށް ރޯމްގަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ތުރީ އޮން ތުރީގެ ލެޖެންޑު ޑުސާން ބުލުޓް ހިމެނުނު ސާބިއާގެ ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox