ވެހިކަލް ފީ ކައުންސިލަށް ލިބޭގޮތް ހަދަން މައުލޫމާތު ފޮނުވަން ފަށައިފި

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް؛ ވެހިކަލްތަކުގެ ފީ ކައުންސިލްތަކަށް ނެގުމަށް ބޭނުންވާ މައުލޫމާތު 107 ކައުންސިލުން ވަނީ އެއްކޮށްފައި -- ފޮޓޯ: ރައީސް އޮފީސްއ

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް؛ ވެހިކަލްތަކުގެ ފީ ކައުންސިލްތަކަށް ނެގުމަށް ބޭނުންވާ މައުލޫމާތު 107 ކައުންސިލުން ވަނީ އެއްކޮށްފައި -- ފޮޓޯ: ރައީސް އޮފީސްއ

އަތޮޅުތެރޭގައި ދުއްވާ ވެހިކަލްތަކުން ނަގާ ފީ ރަށު ކައުންސިލްތަކަށް ލިބޭގޮތް ހަމަޖެއްސުމަށް ބޭނުންވާ މައުލޫމާތުތައް، މިހާތަނަށް 107 ކައުންސިލަކުން އެއްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ ވެހިކަލްތަކުން ނެގޭ ފީ ކައުންސިލުތަކަށް ލިބިގެންދާނެ ގޮތެއް އަވަހަށް ހަމަޖެހިގެން ދިއުން މުހިންމު ކަމަށް ނިމިދިޔަ ފަނޯއްލަ ދަރުބާރުގައި ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

އަދި އެކަން ކުރުމަށް ބޭނުންވާ ވެހިކަލްތަކާ ގުޅޭ މައުލޫމާތު 107 ކައުންސިލްތަކުން އެއްކޮށް، ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކޮށްފައިވާކަމަށް އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ އެލްޖީއޭއަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައި ސިފަކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެއީ އަޅުގަނޑަށް އެހާ ހިތްގައިމު ބަހެއް ނޫން. ބެލެނިވެރިން ތިބޭނީ ކުޑަކުދިންގެ ނުވަތަ އަމިއްލައަށް ގޮތް ނިންމަން ދަތި ފަރާތްތަކުގެ. ގާނޫނުން އެލްޖީއޭ މަތިކޮށްފައިވަނީ ކައުންސިލްތަކުގެ ޒިންމާ އަދާކުރޭތޯ ބަލާ، އެހީތެރިކަން ފޯރުކޮށްދިނުމަށް

އޭނާ ވިދާޅުވީ ކައުންސިލުތަކުން އެލްޖީއޭއާމެދު ދެކޭގޮތް ބަދަލުވުން މުހިންމު ކަމަށެވެ. އެލްޖީއޭއަކީ ކައުންސިލްތަކުގެ އެކުވެރިއެއް އަދި އެހީތެރިއެއްކަން ފާހަގަކުރައްވަމުން އަފްޝަން ވިދާޅުވީ އެ އޮތޯރިޓީގެ އެންމެ އިސް ޒިންމާއަކީ އެ ގުޅުން ދަމަހައްޓާ، ލާމަރުކަޒީ ނިޒާމަށް މަސައްކަތް ކުރުން ކަމަށެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް އަށް ކައުންސިލެއްގެ މޮނިޓަރިން ރިޕޯޓު ނިމި، މިމަސް ތެރޭ އިތުރު ދެ މޮނިޓަރިންއެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުން، ރަށު ކައުންސިލްތައް މޮނިޓަ ކުރާނެ މެނުއަލްއެއް ވެސް އެކުލަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެލްޖީއޭގެ މަގުސަދަކީ ކައުންސިލްތައް ކުށްވެރިކުރުން ނޫން ކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ އެލްޖީއޭ ވާންވާނީ ގޯހުން ކަމެއް ދާނަމަ އެކަން ރަނގަޅު ކުރަން އިރުޝާދުދޭ އެކުވެރިއަކަށް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަފްޝަން ވަނީ ފަނޯއްލަ ދަރުބާރުގައި މަޝްވަރާ ކުރި ކަންތައްތަކަށް އަލިއަޅުއްވާލާފަ އެވެ. އެގޮތުން ފިސްކަލް ފޯމިއުލާއަށް ގެންނަން ޖެހޭ ބަދަލުތަކާއި، އިހުތިސޯސްގައި ހިމެނޭ ރަށްތަކާއި، އިހުތިސޯސްގައި ރަށެއް ނުހިމެނޭ ރަށްރަށުގެ ވާހަކައާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދައުރުގެ ބައްޓަންކުރަންވީ ގޮތުގެ އިތުރަށް އެ ކޮމިޓީގެ މެންބަރުން އިސްތިއުފާ ދިނުން މަދުކުރުން ފަދަ ކަންކަމާމެދު ތަފާތު ހިޔާލުތަކާއި، ތަފާތު ވިސްނުންތަކާއެކު މަޝްވަރާ ކުރެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox