ސަޕޯޓަރެއް ހާލު ދެރަވެގެން ހުއްޓާލި މެޗުގައި ކަޑިޒް އަތުން ބާސެލޯނާ އަށް މޮޅެއް

Sep 10, 2022, 10:00 PM
ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ސެޕްޓެމްބަރު 10) - ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން 4-0 އިން ކަޑިޒް ބަލިކުރި މެޗުގައި ސަޕޯޓަރެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ އެވެ.

މިރޭގެ މެޗުގައި ބާސެލޯނާ އިން 2-0 އިން ކުރީގައި އޮއްވައި، ސަޕޯޓަރަކު މެޔަށް ތަދެއް އަރައިގެން، ކުއްލި ފަރުވާދޭން ޖެހޭތީ މެޗު މެދުކަނޑާލި އެވެ.

ހާލު ދެރަވި ސަޕޯޓަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާގެ ކަންކަން ހަމަަޔަކަށް އެޅުވެންދެން 50 ވަރަކަށް މިނިޓަށް މެޗު މެދުކަނޑާލާފައި އޮތެވެ. ހޮސްޕިޓަލުން ސަޕޯޓަރުގެ ހާލު ރަނގަޅުވަމުން އަންނަކަން އެންގުމާ އެކު، އޭގެ ފަހުން އަލުން ފަށައިގެން މެޗު ފުރިހަމަ ކުރިއިރު، ބާސެލޯނާ ވަނީ އިތުރު ދެ ގޯލު ޖަހައި މެޗުން މޮޅުވެފަ އެވެ.

"މި ކަހަލަ ކަމަކީ ފުޓްބޯޅަ އަށް ވުރެން މުހިންމު ކަންކަން، މީހެއްގެ ފުރާނަ ސަލާމަތްކުރުން ހުރިހާ ކަމަކަށް ވުރެން މުހިއްމުވާނެ، އުފަލަކީ އެ މީހުންނަށް އަވަސް ފަރުވާގެ ކަންކަން ނިންމައި، ހާލު ދެރަވި ފަރާތުގެ ފުރާނަ ސަލާމަތްކުރެވުން،" މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ.

މިރޭގެ މެޗުގެ ތެރެއިން ކަޑިޒް ސަޕޯޓަރަކު މެޔަށް ތަދެއް އަރައިގެން މެޗު މެދުކަނޑާލައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައި.

ކަޑިޒް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިން 10 ވަނަ މިނިޓްގައި ބާސެލޯނާގެ ރަފީނިއާ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ބާސެލޯނާ އިން ލީޑުނެގީ މެޗުގެ 55 ވަނަ މިނިޓްގައި ފްރެންކީ ޑި ޔޯން ޖެހި ގޯލުންނެވެ. މިއީ ގަވީ ނެގި ހުރަހެއް އޭރިއާތެރެއިން ކަޑިޒްގެ ކީޕަރު ޖެރެމިއާ ލެޑެސްމާ އަތުގައި ޖެހިފައި ނުކުތް ވަގުތު ޑި ޔޯން ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ރޮބަޓް ލެވަންޑޯސްކީ ވަނީ މެޗުގެ 65 ވަނަ މިނިޓްގައި ގޯލު ރޮނގު ކައިރިން ޖެހި ގޯލުން ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. މެދުކެނޑުމަށް ފަހު އަލުން މެޗު ފަށައިގެން، ބާސެލޯނާ އިން އިތުރު ދެ ގޯލު ޖެހިއިރު، ދެ ލަނޑުގައި ވެސް ލެވަންޑޯސްކީ މުހިންމު ރޯލެއް ކުޅުނެވެ.

މެޗުގެ 86 ވަނަ މިނިޓްގައި ލެވަންޑޯސްކީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޖައްސާލި ބޯޅަ އަންސޫ ފަޓީ ވަނީ ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގައި އޮސްމާން ޑެމްބެލޭ އޭރިއާ ރޮނގުމަތިން ޖެހި ޝޮޓުން ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖެހިއިރު، އެ އެޓޭކް ފަށަން އެ ބޯޅަ ދިނީ ވެސް ލެވަންޑޯސްކީ އެވެ.

މިރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ ފަސް މެޗުން 13 ޕޮއިންޓް ހޯދައި ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑުން ހަތަރު މެޗުން 12 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، މާދަމާ މަޔޯކާ ބަލިކޮށްގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ސެލްޓަ ވިގޯ ބަލިކޮށް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox