އާމްދަނީ އިތުރުކުރަން ކުރި މަސައްކަތުން ބާސެލޯނާ އަށް މާލީ ގޮތުން ކުރިއެރުމެއް

Sep 10, 2022, 1:17 AM
އާމްދަނީ އިތުރުކުރަން ކުރި މަސައްކަތުން ބާސެލޯނާ އަށް މާލީ ގޮތުން ކުރިއެރުމެއް

މެޑްރިޑް (ސެޕްޓެމްބަރު 10) - ބާސެލޯނާ އިން އެ ކްލަބްގެ ބައެއް ހަރު މުދާތައް ވިއްކާލައި، އާމްދަނީ އިތުރުކުރުމަށް ކުރި މަސައްކަތާއެކު، މާލީ ގޮތުން އެ ކްލަބުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ލަލީގާގެ ކްލަބުތަކުގެ މާލީ ހިސާބުތަކަށް ރިޔާއަތްކޮށް، މި ސީޒަނަށް ލަލީގެ ކޮންމެ ކްލަބަކަށް ހަރަދުކުރެވޭނެ ކަމަށް ކަނޑައެޅި އަދަދުތައް ލަލީގާ އިން ވަނީ އިއްޔެ އާންމުކޮށްފަ އެވެ. މި އަދަދުތައް ލަލީގާ އިން އާންމުކުރީ މި ސީޒަންގެ ފުރަތަމަ ޓްރާންސްފާ ބާޒާރު ނިމުމުންނެވެ.

ބާސެލޯނާ އަށް މި ސީޒަނަށް ހަރަދުކުރެވޭނެ ކަމަށް ކަނޑައަޅާފައިވަނީ 656.4 މިލިއަން ޔޫރޯ (657 މިލިއަން ޑޮލަރު) އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މައިނަސް "ސެލެރީ ކެޕް"އެއްގައި އޮތް ބާސެލޯނާ އިން މި ސީޒަންގައި ކުޅުންތެރިން ހޯދުމަށް ޓްރާންސް ފީގެ ގޮތުގައި 153 މިލިއަން ޔޫރޯ (153 މިލިއަން ޑޮލަރު) ހޭދަކޮށްފައިވާއިރު، "ސެލެރީ ކެޕް" އިތުރުވުމަކީ އެ ކްލަބުން މާލީ ގޮތުން ހޯދި ބޮޑު ކުރިއެރުމެކެވެ.

ބާސެލޯނާ އިން މާލީ ގޮތުން ކުރިއެރުންތަކެއް މި ހޯދީ މި ސީޒަނަށް ކުޅުންތެރިން ހޯދުމާއި އާމްދަނީ އިތުރުކުރުމަށް އެ ކްލަބުގެ ބައެއް އެސެެޓްތައް ވިއްކައި، އަދި ހަރަދުކުޑަކުރުމަށް ކުރި މަސައްކަތުންނެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ސީނީއާ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރުމުގެ އިތުރުން ބައެއް ކުޅުންތެރިން ވަނީ އެ ކްލަބުން ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޕިއޭ އެމެރިކް އޮބާމަޔަން އާއި ސެމުއެލް އުމްޓިޓީ އަދި މާޓިން ބްރެތުވެއިތު ހިމެނެ އެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން ކްލަބުން ވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ޑޮމެސްޓިކް ޓީވީ ރައިޓްސްގެ 25 ޕަސެންޓް އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏަށް ގާތްގަނޑަށް 400 މިލިއަން ޔޫރޯ (400 މިލިއަން ޑޮލަރު) އަށް ވިއްކާލައިފަ އެވެ. މީގެ އިތުރުން، ބާސެލޯނާ ސްޓޫޑިއޯސްގެ 50 ޕަސެންޓާ ގާތްކުރާ އަދަދެއްގެ ހިއްސާ ދެ ކުންފުންޏަށް 200 މިލިއަން ޔޫރޯ (200 މިލިއަން ޑޮލަރު) އަށް ވަނީ ވިއްކާލައިފަ އެވެ.

ޓްރާންސްފާ ބާޒާރުގައި އެންމެ ހަރަކާތްތެރިކޮށް ފެނުނު އެއް ކްލަބަކީ ބާސެލޯނާ އެވެ. އެ ކްލަބުން ވަނީ ސްކޮޑް ވަރުގަދަ ކުރުމަށް ބަޔާން މިއުނިކަށް ކުޅެމުންދިޔަ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އާއި ލީޑްސްގެ ޔުނައިޓަޑް ކުޅެމުންދިޔަ ބްރެޒިލްގެ ވިންގް، ރަފީނިއާ އަދި ސެވިއްޔާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އެ ޓީމަށް ގެނެސްފަ އެވެ.

މީގެ އިތުރުން، ހިލޭ ޓްރާންސްފާތަކުގައި އޭސީ މިލާނަށް ކުޅެމުންދިޔަ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އަދި ޗެލްސީގެ ޑެންމާކް ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން ވަނީ ބާސެލޯނާއާ ގުޅިފަ އެވެ.

ކޮންމެ ސީޒަނެއްގެ ތެރޭގައި ވެސް ކްލަބުތަކުގެ އާމްދަނީ އާއި ހަރަދުތަކަށް ރިޔާއަތްކޮށް، ލަލީގާ އިން ކްލަބުތަކުގެ "ސެލެރީ ކެޕް" އަޕްޑޭޓްކުރެ އެވެ. ލަލީގާ އިން ކަނޑައަޅާ "ސެލެރީ ކެޕް"ގައި ހިމެނެނީ ކޮންމެ ކްލަބަކަށް ވެސް ކުޅުންތެރިންނާއި ހެޑް ކޯޗާއި އެސިސްޓަންޓް ކޯޗާއި ފިޓްނަސް ކޯޗު އަދި އެކެޑަމީ އަށް ހަރަދުކުރެވޭނެ އަދަދެވެ.

ލަލީގާ އިން ކަނޑައެޅި "ސެލެރީ ކެޕް"ގައި ބާސެލޯނާ އަކީ ދެ ވަނަ އެވެ. އެންމެ ބޮޑު "ސެލެރީ ކެޕް"އެއް ލިބުނީ ރެއާލް މެޑްރިޑަށެވެ. ރެއާލްގެ "ސެލެރީ ކެޕް" އަކީ 684.4 މިލިއަން ޔޫރޯ (685 މިލިއަން ޑޮލަރު) އެވެ. އެކަމަކު، މިދިޔަ މާޗު މަހު އެ ކްލަބުގެ "ސެލެރީ ކެޕް"ގެ ގޮތުގައި ކަނޑައަޅާފައިވަނީ 739 މިލިއަން ޔޫރޯ (739 މިލިއަން ޑޮލަރު) އެވެ.

ތިން ވަނައިގައި 341 މިލިއަން ޔޫރޯ (342 މިލިއަން ޑޮލަރު) ގެ "ސެލެރީ ކެޕް"އަކާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ. ހަތަރު ވަނައިގައި އޮތީ 200 މިލިއަން ޔޫރޯ (200 މިލިއަން ޑޮލަރު) ގެ ލިމިޓެއް ލިބިފައި އޮތް ސެވިއްޔާ އެވެ. ލަލީގާ 8 ކްލަބަކަށް ވަނީ 52 މިލިއަން ޔޫރޯ (52 މިލިއަން ޑޮލަރު) ނުވަތަ އެ އަށް ވުރެ މަދު އަދަދެއް "ސެލެރީ ކެޕް"ގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox