ޓޫރިޒަމްގެ ފައިސާ ރާއްޖޭގައި ދައުރުނުވާތީ މަޖިލީހަށް ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ޓޫރިޒަމްގެ ފައިސާ ރާއްޖޭގައި ދައުރުނުވާތީ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ޓޫރިޒަމްގެ ފައިސާ ރާއްޖޭގައި ދައުރުނުވާތީ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވަމުން ނުދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ މެމްބަރު ނަޝީދު މިިއަދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ޓޫރިޒަމަށް ލިބޭ ބޭރު ފައިސާގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރު ނުވާ އިރު ރާއްޖޭގެ އުފެއްދުންތައް ވެސް އެ ދާއިރާގައި ބޭނުން ނުކުރާ ކަމަށެވެ.

ޓޫރިޒަމްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވާނެ ގޮތެއް ގާނޫނާއި ގަވައިދުން ފަހި ނުކުރެވޭ ނަމަ ދައުލަތަށް ލިބެން ޖެހޭ އެތައް ފައިސާއެއް ގެއްލޭނެ ކަަމަށް ވެސް ގަރާރުގައި އޭނާ ވިދާޅުވި އެވެ.

"...ޓޫރިޒަމް ސެކްޓާ އިން ލިބޭ އާމްދަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭންކުތަކަށް ޖަމާކުރުމާއި ޓްރާންސްފާ ކޮންޓްރޯލްކުރުމާއި ރާއްޖޭގެ ރިސޯޓްތަކުން ބޭނުންކުރާ އެކި ރިސޯސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖައްސައިދިނުމާއި އެކު ރިސޯޓްތައް ދޫކުރުމާއި އެކު ރިސޯޓްތައް ދޫކުރުމުގައި އަދި މިކަމުން ލިބޭ އާމްދަނީ ދިވެހިރާއްޖޭގެ އެތެރޭގައި ދައުރުވާނެ ގޮތްތަކަށް ސިސްޓަމް ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ،" ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވި އެވެ.

އެ ގަރާރަށް، މަޖިިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ތާއީދުކުރެއްވި އެވެ.

ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރާއްޖެއަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުނުވާތީ ދައުލަތަށް ގެއްލުންވާ ކަމަށެވެ. އެކަން އެހެން އޮތުމުގެ ފައިދާ ވަނީ ވިޔަފާރިވެރިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓޫރިޒަމް ދާއިރާގައި ވަރަށް ބޮޑަށް އަދިވެސް މި އޮންނަނީ ބޭއިންސާފު. ހާއްސަގޮތެއްގައި މުވައްޒަފުންނާ މެދުގައި މި އޮންނަ ބޭއިންސާފު،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތަކުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޓޫރިޒަމް ދާއިރާގައި ކަންހިނގަނީ ހުރިހާ ފައިދާއެއް، ރިސޯޓްތަކުގެ ވެރިންނަށް ލިބޭ ގޮތަށެވެ.

ދިއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ގިނަ ވިޔަފާރިތައް ހިންގަނީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކެއް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ކަމަށް ވާތީ ޓީޖީއެސްޓީގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ވެސް ދައުލަތަށް ފުރިހަމައަށް ނުލިބޭ ކަމަށެވެ.

"ބައެއް ރިސޯޓްތަކުން އަމަލުކުރާ ގޮތަކީ، ބަލްކުކޮށް އެ ބޭފުޅުން ސޭލްސް މި ހަދަނީ. އެބޭފުޅުންގެ ހުރިހާ ރޫމެއް، އެެއްފަހަރާ ބޭރުގެ ފަރާތްތަކަށް މި ވިއްކާލަނީ. ވިއްކާލީމާ، ޑިސްކައުންޓް ރޭޓެއްގައި އެބޭފުޅުން އެކަން ކޮށްލީމާ ބޭރުގެ އެޖެންޓް މިހަދާ ގޮތަކީ އަނެއްކާވެސް ގެސްޓަކަށް ވިއްކާލަނީ މާ ބޮޑެތި އަގުގައި. އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންނަށް، ދިވެހިރާއްޖެއަށް މި ވަންނަ އާމްދަނީއަކަށް ވެގެންދާނީ ޑިސްކައުންޓް ރޭޓްގައި އެ ވިއްކޭ ޓީޖީއެެސްޓީ އެކަނި،" ވަހީދު ވިދާޅުވި އެވެ.

ބައެއް މެމްބަރުން ގަރާރާ ދެކޮޅު

ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ފައިސާ، ގަވައިދަކުން ނުވަތަ ގާނޫނަކުން މަޖުބޫރުކޮށްގެން ރާއްޖޭގައި ދައުރުކުރުވަން އުޅުމަކީ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ "ނުރައްކާތެެރި ވާހަކައެއް" ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވި އެވެ.

"މިތާ މިކުރެވޭ ބަހުސަކީ ދިވެހިރާއްޖޭގައި ބާއްވާނީ އޯޕަން މާކެޓް އިކޮނޮމީއެއްތޯ ނުވަތަ ކްލޯޒްޑް އިކޮނޮމީއެއްތޯ. ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުންގެ ވާހަކަފުޅު ކިތަންމެ ރީތި ވިޔަސް، އެ ބޭފުޅުން މި ދައްކަވަނީ ވަރަށް ނުރައްކާތެރި ވާހަކައެއް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި، ޓޫރިޒަމަށް ލިބޭ އާމްދަނީ ރާއްޖޭގެ މާލީ ނިޒާމުގައި ދައުރުކުރަން މަޖުބޫރުކުރުމުގެ ވާހަަކައަކީ އިގުތިސާދު މުޅިން ބަންދުކޮށްލާ ވާހަކަ އެވެ. އެ ދައްކަނީ ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ނުކިޔާނެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[އެގޮތަށް ކަންތައްް ކޮށްފި ނަމަ] ދެން މިރާއްޖޭގައި އިންވެސްޓްކުރާނެ މީހަކު ވެސް ނުހުންނާނެ. އަދި ރާއްޖެއަށް ބޭރުން ޑޮލަރެއް ގެންނާނެ މީހަކު ވެސް ނުހުންނާނެ،" ޝަރީފު ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވެސް ވިދާޅުވީ ގާނޫނަކުން މަޖުބޫރުކޮށްގެން ރާއްޖޭގައި ޑޮލަރު ހިފަހައްޓަން އުޅުމަކީ ނުރައްކާތެރި ވާހަކައެއް ކަމަށެވެ. ރިސޯޓްތަކުގެ ވެރިންނަށް ލިބޭ ޑޮލަރު ރާއްޖޭގައި ގަދަކަމުން ހިފެހެއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ވަރަށް ނުރައްކާތެރި ވެސް ކަމެއް، ގައުމެއްގެ އިގުތިސާދަށް ބަލާއިރު. ގާނޫނެއް ހަދާފައި ނުވަތަ ގަވައިދަކުން އެމްއެމްއޭ އިން، ހިލްޓަން ހިންގާ މީހުން އެމީހުންގެ ޑޮލަރުތައް ދިވެހިރާއްޖޭގެ، ބޭންކް އޮފް މޯލްޑިވްސްގައި ހުންނަން ޖެހޭނޭ ކިޔާފައި، މިވެނި ވަރަކަށް ސޭލްސްގެ ކޮންމެވެސް ޕަސެންޓެއް ހުންނަން ޖެހޭނޭ ކިޔާފައި ގާނޫނެއް ހެދުމަކީ ނުރައްކާތެރިކަމެއް،" ތޯރިގު ވިދާޅުވި އެވެ.

ގާނޫނު ހަދައިގެން މަޖުބޫރުން، އިގުތިސާދީ ކަންތައްތައް ވަކި ގޮތަކަށް ހިފެހެއްޓޭނެކަމަށް ދުށުމަކީ ކުށްހީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox