ހިމްނާ އާއި އިބާދުﷲ: ދެ ސްކޮލާޝިޕާ އެކު އެތުލެޓިކްސް އަށް އުއްމީދީ މުސްތަގުބަލެއް

Sep 7, 2022, 7:57 AM
ޖެމެއިކާގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބުނު ހިމްނާ އާއި އިބާދުﷲ - ފޮޓޯ: އަދަދު ގްރެފިކްސް / މުހައްމަދު އިސާމް ސާމިރު

ޖެމެއިކާގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބުނު ހިމްނާ އާއި އިބާދުﷲ - ފޮޓޯ: އަދަދު ގްރެފިކްސް / މުހައްމަދު އިސާމް ސާމިރު

މުހިންމު ދެ މުބާރާތް ކުރިއަށް އޮއްވާ ރާއްޖޭގައި މި ވަގުތު ތިބި އެންމެ އުއްމީދީ ދެ ދުވުންތެރިން ދިގު މުއްދަތެއްގެ ތަމްރީންތަކަށް ރާއްޖެއިން ބޭރަށް ދިޔުމަކީ މުސްތަގްބަލްގައި ގިނަ ކާމިޔާބީތަކެއް ކުރެވޭކަމެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަސަން، 20، ތަމްރީންތަކަށް ޖެމެއިކާ އަށް ދާން ފުރުސަތު ލިބުނީ 2024 ގައި ޕެރިހުގައި ބާއްވާ އޮލިމްޕިކްސްއަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ދޭ ސްކޮލާޝިޕެއްގެ ދަށުންނެވެ. ހިމްނާގެ ތަމްރީންތަކުގެ ހުރިހާ ހަރަދެއް ކުރާނީ އައިއޯސީ އިންނެވެ.

ފަހަކަށް އައިސް ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ، އިބާދުﷲ އާދަމް، 20، އަށް ލިބުނު ސްކޮލާޝިޕަކީ އޭނާ ހޯދަމުން އަންނަ ކުރިއެރުމަށް ބަލައި އެސޯސިއޭޝަނުން ފަހިކޮށްދިން ފުރުސަތަކެވެ. މި ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ކުރާނީ ޔޫތު މިނިސްޓަރީންނެވެ.

ކޮމަންވެލްތު ގޭމްސްގައި ހިމްނާ ދުވަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް (މުންތޭ) ވިދާޅުވީ ހިމްނާގެ ސްކޮލާޝިޕްގެ ކަންކަން މި އަހަރުގެ ކުރީކޮޅު ހަމަޖެހުމާ އެކު އެސޯސިއޭޝަނުން ޓްރެއިނިން ސެންޓަރުތަކާއި ވާހަކަ ދެކެވި ފުރުސަތުތައް ހޯދަން މަސައްކަތްކުރި ކަމަށެވެ. އެ ދަނޑިވަޅުގައި ޔޫތު މިނިސްޓްރީ އިން ފަންޑު ކުރާ ގޮތަށް ބޭރުގައި ތަމްރީން ހަދަން އިތުރު ފުރުސަތެއް އެސޯސިއޭޝަނަށް ފަހިކޮށްދެއްވީ ކަމަށް މުންތޭ ވިދާޅުވި އެވެ.

"ހިމްނާގެ ސްކޮލަޝިޕަކީ މާ ކުރިން ނިމިފަ އިން އެއްޗެއް. މިނިސްޓްރީން ދިން ސްކޮލާޝިޕަކީ ވަކި ކުއްޖަކަށް ދިން އެއްޗެއް ނޫން. އެސޯސިއޭޝަނުން ނިންމީ ދާނީ ކާކުކަން. މަޝްވަރާތައް ކުރުމަށް ފަހު އިބާދުﷲ އަށް ދޭން ނިންމީ. މިވަގުތު ކުރިއެރުމަށް ބަލާއިރު ބޭރުގެ ތަމްރީންތަކުން އިބާދުﷲ އަށް ބޮޑު ކުރިއެރުމެއް ހޯދޭނެ އަދި ކާމިޔާބީތައް ލިބޭނެކަމުގެ އުއްމީދު ބޮޑު" މުންތަގިމް ވިދާޅުވި އެވެ.

މުންތަގިމް ވިދާޅުވީ ފުރަތަމަ ކަމަކަށް ބެލީ ދެ އެތުލީޓުންނަށްވެސް އެއް ގައުމެއްގެ އެއް ސެންޓަރެއްގައި ތަމްރީން ހެދޭނެ ގޮތެއްކަމަށެވެ.

"ދެ އެތުލީޓުން ވެސް އެއްކޮށް ތަމްރީން ހެދޭނެ ތަނެއް ބެލީ، އެ ގޮތަށް ބަލައި މިހާރު ޖެމެއިކާގެ މަތީ ފަންތީގެ ޓްރެއިނިން ސެންޓަރެއް ހަމަ މި ޖެހުނީ. މިއީ މަޝްހޫރު ދުވުންތެރިޔާ އަސަފާ ޕަވެލް ވެސް ޓްރެއިން ކުރިތަން" މުންތަގިމް ވިދާޅުވި އެވެ.

ދާދި ފަހުން ނިމުނު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އިބާދުﷲ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން

އިބާދުﷲ އާއި ހިމްނާ އަކީ މި ވަގުތު ރާއްޖޭގެ އެންމެ ކާމިޔާބު ޒުވާން ދެ އެތުލީޓުންނެވެ. ހިމްނާ އަކީ މިވަގުތު ރާއްޖޭގެ އަންހެން ސްޕްރިންޓް ރޭސްތަކުގެ ހުރިހާ ގައުމީ ރެކޯޑެއް އޮތް އެތުލީޓެވެ. އޭނާ 100 މީޓަރު ރެކޯޑު މުގުރާލީ ކޮމަންވެލްތު ގޭމްސްގަ އެވެ. އޭގެ ކުރިން، ގިނަ ފަހަރުތަކެއް މަތިން، 400 މީޓަރު ގައުމީ ރެކޯޑުވެސް އޭނާ ހެދި އެވެ.

އިބާދުﷲ އަށް ބަލާއިރު، އޭނާ އަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ފަހަތުން ރާއްޖޭގެ ދެ ވަނަ އެވެ. ނިމިދިޔަ ބޮޑެތި މުބާރާތްތަކުގައި ސާއިދުއަށް ރަނގަޅު ވާދައެއްކުރި އެތުލީޓެކެވެ. އަނެއްކޮޅުން އޭނާގެ މިހާރުގެ ޓައިމިންތަކަށް ބަލާއިރު ރަނގަޅު ތަމްރީންތަކެއް ލިބިއްޖެނަމަ ކާމިޔާބީތައް ހޯދޭނެ ކަމުގެ އުންމީދު ބޮޑެވެ.

އަންނަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ވަކިން ޚާއްސަކޮށް އެތުލެޓިކްސް އަށް ބޮޑު އަހަރެކެވެ. އެތުލެޓިކްސްގެ ކާމިޔާބު އެތުލީޓު ސާއިދު ރަން ވަނަ ހޯދައި ތާރީހުން ޖާގަ ހޯދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު އޮންނާނެ އެވެ.

މި ދެ މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމް ވެސް މެޑަލްތަކެއް ހޯދުމަކީ އެސޯސިއޭޝަންގެ އުއްމީދެވެ. އިބާދުﷲ އާއި ހިމްނާ އަށް މި ލިބުނު ފުރުސަތާ އެކު އެ އުއްމީދުތައް ޔަގީން ކަމަށް ބަދަލުވުމުގެ ހުވަފެން މިހާރު އެންމެން ވެސް ދެކޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox