ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ސައިޒު ފަސް ބިލިއަނާ ގާތަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ސޮވްރިން ފަންޑު ބެލެހެއްޓުމުގެ ކަންކަން ކުރަނީ އެ އެމްއެމްއޭއިން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ސޮވްރިން ފަންޑު ބެލެހެއްޓުމުގެ ކަންކަން ކުރަނީ އެ އެމްއެމްއޭއިން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާގެ އަދަދު 4.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސަރުކާރުގެ މާލީ ހާލަތު ބަޔާންކޮށް ފިނޭންސުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ ފަންޑަށް 514.8 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ. އަދި އެކި ބޭނުންތަކަށް އިންވެސްޓުކުރަން ފަންޑުން ނަގާފައިވާ ފައިސާ އުނިކުރުމުން ބޭންކު ބެލެންސްގައި 1.5 ބިލިއަން ރުފިޔާ (100 މިލިއަން ޑޮލަރު) އެބަހުއްޓެވެ.

ސަރުކާރުގެ ބަޖެޓުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ސޮވްރިން ފަންޑަށް ޖަމާކުރަން ބަޖެޓުކޮށްފައިވާ 769.2 މިލިއަން ރުފިޔާ ޖަމާކޮށްފި ނަމަ މި އަހަރުގެ ނިޔަލަށް މި ފަންޑުގައި ފަސް ބިލިއަން ރުފިޔާ ހުންނާނެ އެވެ. މިއީ ފަންޑަށް ފައިސާ ޖަމާކުރަން ފެށިތާ ފަސް އަހަރުގެ ތެރޭގައި ޖަމާކުރެވުނު ފައިސާ އެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާ

  • 2017 (އޮކްޓޫބަރުން ފެށިގެން) - 336.76 މިލިއަން ރުފިޔާ
  • 2018 - 1.31 ބިލިއަން ރުފިޔާ
  • 2019 - 1.38 ބިލިއަން ރުފިޔާ
  • 2020 - 393.65 މިލިއަން ރުފިޔާ
  • 2021 - 453.76 މިލިއަން ރުފިޔާ
  • 2022 (މިހާތަނަށް) - 514.8 މިލިއަން ރުފިޔާ

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަނީ ޓޫރިސްޓުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާކުރީ 2018 އަދި 2019 ވަނަ އަހަރު އެވެ. އެ ދެ އަހަރުގެ ތެރޭގައި އެކަނި އެ ފަންޑަށް 2.7 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ މުޅި ފަންޑުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު އަދަދެކެވެ.

އެކަމަކު ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ޓޫރިޒަމަށް އައި ލޮޅުމާ އެކީ މި ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު ވަރަށް ބޮޑަށް ހީނަރުވި އެވެ. އެގޮތުން 2020 އަދި 2021 ގައި ފަންޑަށް ޖަމާކުރެވުނީ ޖުމްލަ 847.4 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުތަކުގައި ޖަމާކުރި ފައިސާގެ ނިސްބަތުން ވަރަށް ދަށް އަދަދެކެވެ.

މި ފަންޑުގައި ހުރި ފައިސާގެ ތެރެއިން ބޮޑު ބަޔެއް ސަރުކާރުން ވަނީ ބޭރު ގައުމުތަކާއި ރާއްޖޭގައި ވެސް އިންވެސްޓުކޮށްފަ އެވެ. ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުގައި ޓީ-ބިލްތަކެއް ގަންނަން ބޭނުންކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. ނަމަވެސް ކޮށްފައިވާ އިންވެސްޓްމަންޓުތަކުގެ ތަފްސީލެއް ފިނޭންސް މިނިސްޓްރީން އާންމު ނުކުރެ އެވެ.

ސަރުކާރުން ވަނީ މި ފަންޑުގެ އެންމެހާ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ދޭން މާލިއްޔަތު ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. މި ބިލު އޮތް ގޮތަށް ފާސްވެއްޖެ ނަމަ އެ ފަންޑުން ހަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މިހާރު މި ފަންޑު ބެލެހެއްޓުމުގެ ކަންކަން ކުރަމުން އަންނަނީ ފިނޭންސް މިނިސްޓްރީއާ އެކީ ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެމްއޭއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox