ދިވެހި ކަނޑުތަކުގެ 1000 މީޓަރު ފުނަށް: ނެކްޓަން މޯލްޑިވްސް މިޝަން ފަށައިފި

ނެކްޓަން މިޝަންގައި ބޭނުންކުރާ ސަބްމާސިބަލް އެއް. ފޮޓޯ/ނެކްޓަން

ނެކްޓަން މިޝަންގައި ބޭނުންކުރާ ސަބްމާސިބަލް އެއް. ފޮޓޯ/ނެކްޓަން

ރާއްޖޭގެ ކަނޑުތަކުގެ 30 މީޓަރުން ފުނުގައިވާ ސިއްރުތައް ހޯދައި ދިރާސާކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރާއި، އިނގިރޭސިވިލާތުގެ މެރިން ރިސާޗް އިންސްޓިޓިއުޓް ނެކްޓަން ގުޅިގެން ފަށާ 35 ދުވަހުގެ މިޝަން އިއްޔެ ލޯންޗުކޮށްފި އެވެ.

މި މިޝަންގައި ދިވެހި 10 ސައިންޓިސްޓުންނާއި، ބޭރުގެ ސައިންޓިސްޓުން ހިމެނޭ ޓީމުން، ކުރިއަށް މި އޮތް 35 ދުވަހުގެ ތެރޭގައި ވ. އަތޮޅުން ފެށިގެން ދެކުނުގެ ކަނޑުތަކުގެ އެކި ސަރަހައްދުތަކުގައި ހައި-ޓެކް ދެ ސަބްމާސިބަލްސް އާއެކު ޑޭޓާ ނެގުމުގެ މަސައްކަތް ކުރާނެ އެވެ. - މި ދެ ހައި-ޓެކް ސަބްމެރިންގެ ތެރެއިން އެއް ސަބްމާސިބަލްސް ގައި 1000 މީޓަރު ފުނަށް ދެވޭނެ އެވެ.

"ރާއްްޖޭގެ ކަނޑުތަކުގެ ދިރުންތަކާ ބެހޭގޮތުން މިހާރު ލިބިފައިވާ މައުލޫމާތަކީ ޑައިވްކޮށްގެން ދެވޭ ހިސާބުން ލިބިފައިވާ މައުލޫމާތު. މިހާރު އެއަށްވުރެ ފުނަށް އެއްހާސް މީޓަރާ ހިސާބުން ޑޭޓާތަކެއް ކަލެކްޓް ކުރުން މީގެ ބޭނުމަކީ،" މިޝަންގެ ރާއްޖޭގެ ޓީމުގެ ލީޑަރު ޝާފިޔާ ނައީމް ވިދާޅުވި އެވެ - ޝާފިޔާ އަކީ، މިވަގުތު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނަރަލެވެ. އޭނާ ވަނީ އެކުއަކަލްޗާ (ކަނޑުގެ މާހައުލުގެ ދިރުން ދިރުވައި އާލާކުރުން) ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިފަ އެވެ.

ޝާފިޔާ ވިދާޅުވީ، ސަބްމާސިބަލް އެއްގައި ކެޕްޓަން އަކާއި އިތުރު ދެ ސައިންޓިސްޓުން ނުވަތަ އެކުއަނަޓުން ތިބެގެން ކުރާ ދަތުރުތަކުގައި އެންމެ ތިލައިން ފެށިގެން 1000 މީޓަރާ ހިސާބަށް ހުރި އެއްޗެހި ޑޮކިއުމަންޓް ކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.

"ރާއްޖެއަކީ 99 ޕަސެންޓް ކަނޑުތަކަށް ވެފައި، އަދި އެނގެނީ ވަރަށް ކުޑަ މިންވަރެއް. މާހައުލަކީ ފުދޭ ވަރަކަށް ބޮޑަށް ގުޅި، ލާމެހިފައިވާ އެއްޗެއް. އެހެންވީމަ، ކަނޑު އަޑީގެ ބައޯ ޑައިވާސިޓީ ނުވަތަ ދިރުންތައް ހުރި ގޮތާ ބެހޭގޮތުން ނެގޭ މައުލޫމާތުތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ މައުލޫމާތުތަކެއް،" އޭނާ ވިދާޅުވި އެވެ.

ތިރީސް ފަސް ދުވަހުގެ މި އެކްސްޕެޑިޝަންގައި ބައިވެރިވާ ސައިންޓިސްޓުންގެ ޓީމުގައި ދިވެހި 10 ބޭފުޅުންގެ އިތުރަށް، ޔޫކޭ، އިންޑިއާ، ސައުތު އެފްރިކާގެ މެރިން ތަޖުރިބާކާރުން ހިމެނެ އެވެ. މި ޓީމު ގޮވައިގެން އާރުވީ އޮޑީސީ ނަމަކަށް ކިޔާ އެކްސްޕެޑިޝަން ބޯޓުގައި ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދުތަކުގައި ޑޭޓާ ކަލެޓް ކުރުމަށް ދުއްވާނެ އެވެ. އަދި މި އުޅަނދުގެ ދެ ސަބްމާސިބަލް، ޑައިވްތަކުގައި ބޭނުންކުރާނެ އެވެ. ކޮންމެ ސަބްމާސިބަލް އެއްގައި ކެޕްޓަންގެ އިތުރުން ތިބެވޭނީ ދެ ސައިންޓިސްޓުންނަށެވެ.

މި ދެ ސަބްމާސިބަލްސްގެ ތެރެއިން އާ އުޅަނދު، އާރްއީވީ އޯޝަންް-އޯންޑް އޯރެލިއާ އަކީ މިވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ތަރައްގީ ސަބްމާސިބަލްސްގެ ސެޓްފިކްޓް ލިބިފައިވާ އުޅަނދެކެވެ. 1000 މީޓަރަށް ދާނީ މި ސަބްމާސިބަލް ގަ އެވެ. ދެން އޮތް ސަބްމާސިބަލް ގައި އެކްސްޕްލޯ ކުރާނީ 30 މީޓަރުން ފެށިގެން 500 މީޓަރާ ދެމެދެވެ.

މި މިޝަން އިއްޔެ ލޯންޗުކުރިޔަސް، އަދި ޑައިވްތައް ފަށާފައެއް ނުވެ އެވެ. މިހާރު ކުރިއަށް ދަނީ ސަބްމެރިންތަކުގައި ކަނޑުގެ އަޑިއަށް ފީނުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކާއި ވާންޖެހޭ ތައްޔާރީތައް ކަމަށް ވެސް ޝާފިޔާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox