ސައުދީ އަރަބިއްޔާއިން އދ. ގެ ނިޔުކްލިއާ އެޖެންސީއަށް 3.5 މިލިއަން ޑޮލަރު ދީފި

ސައުދީ އަރަބިއްޔާއިން އައިއޭއީއޭއަށް 3.5 މިލިއަން ޑޮލަރު ދިނީ ހިލޭ އެހީއެއްގެ ގޮތުގައި.

ސައުދީ އަރަބިއްޔާއިން އައިއޭއީއޭއަށް 3.5 މިލިއަން ޑޮލަރު ދިނީ ހިލޭ އެހީއެއްގެ ގޮތުގައި.

ސައުދީ އަރަބިއްޔާއިން އިންޓަނޭޝަަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް 3.5 މިލިއަަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފި އެވެ.

އޭގެ ތެރެއިން 2.5 މިލިއަން ޑޮލަރު ކަނޑައަޅާފަައި ވަނީ އޮސްޓްރިއާގައި ހުންނަ އައިއޭއީއޭގެ ލެބޯޓަރީތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

އޭގެ އިތުރުން ނިޔުކްލިއާ ޓެކްނޮލޮޖީގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ހެދުމަށް އައިއޭއީއޭގެ ގަވާއިދުތައް ވަރުގަދަ ކުރަން ވެސް ހޭދަކުރާނެ އެވެ.

އައިއޭއީއޭގެ މެމްބަރު ގައުމުތަކުން ރައްކާތެރިކަމާ އެކު ނިޔުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ފަހިކުރުމަށް ވެސް އެ ފަންޑުގެ ބަޔެއް ކަނޑައަޅާނެ އެވެ.

ޖަނަވާރުތަކުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކާ ދެކޮޅަށް ނިޔުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުމުގެ މަސައްކަތަށް ވެސް އެއް މިލިއަން ޑޮލަރު ހަމަޖައްސާފައިވެ އެވެ.

ސައުދީ އަރަބިއްޔާއިން އައިއޭއީއޭއަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ އިރު، އދ. ގެ އެޖެންސީން މި ވަގުތު ދަނީ އިރާނުގެ ސައިޓުތަކުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ އަސަރު ފެނުނު މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފްތާގައި އިރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ނިޔުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާ ކުރިއަށް ދާތީ އެ ތަހުގީގު ހުއްޓާލަން ޖެހޭ ކަމަށެވެ.

ރައްދުގައި މިދިޔަ ހުކުރު ދުވަަހު އެމެރިކާއިން ބުނީ ތަހުގީގު ހުއްޓާލުމަކީ ނިޔުކްލިއާ އެއްބަަސްވުމަކަށް ދިޔުމުގެ ކުރިން ކުރާ ޝަރުތަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox