ބްރިޖު ޕްލެޓްފޯމުން ވިލިމާލެ ފަރަށް އެޅުނު ތަކެތި ނަގައި ސާފުކޮށްފި

ވިލިމާލެ ފަރަށް އުރުނު ބްރިޖު މަސައްކަތްކުރާ ޕްލެޓްފޯމް: މި ޕްލެޓްފޯމް އެތަނުން ނެގުނީ ހާދިސާ ހިނގިތާ 12 ދުވަސް ފަހުން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ވިލިމާލެ ފަރަށް އުރުނު ބްރިޖު މަސައްކަތްކުރާ ޕްލެޓްފޯމް: މި ޕްލެޓްފޯމް އެތަނުން ނެގުނީ ހާދިސާ ހިނގިތާ 12 ދުވަސް ފަހުން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ބްރިޖު މަސައްކަތްކުރާ ޕްލެޓްފޯމު ފަރަށް އަރައި ހިނގި ހާދިސާގައި އެ ސަރަހައްދަށް އެޅިފައި ހުރި ތަކެތި ނަގައި، ސާފުކޮށް ނިންމާފައިވާ ކަމަށް ބްރިޖު އެޅުމުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

މާލެ-ތިލަފުށި ބްރިޖު މަސައްކަތުގައި ބޭނުންކުރާ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" އެއް ވިލިމާލޭ ފަރަށް އެރީ މީގެ ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ބްރިޖު މަސައްކަތްކުރާ ކޮންޓްރެކްޓަރު އެފްކޮންސްއާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ބުނީ ޕްލެޓްފޯމް ފަރަށް އެރީ އެންކަރަށް ދިމާވި މައްސަލައަކުން ކަމަށެވެ.

މި ޕްލެޓްފޯމް އެތަނުން ނެގޭ ވަރުވީ ހާދިސާ ހިނގިތާ 12 ދުވަސް ފަހުންނެވެ.

ޕްލެޓްފޯމް ނުނަގާ ލަސްވި މައްސަލައިގައި ތިމާވެށި ރައްކާތެރިކުރަން ގޮވާލާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާތަކުގެ މައިގަނޑު ކަންބޮޑުވުމަކަށްވީ ޕްލެޓްފޯމް ފަރުގައި އޮންނަހާ ހިނދަކު ފަރަށް ގެއްލުން ލިބެމުން ދިޔުމެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މީގެ ކުރިން ބުނެފައިވަނީ ފަރަށް ލިބިފައި ހުރި ގެއްލުން ބެލޭނީ ޕްލެޓްފޯމުގެ ބާކީ ހުރި ބައިތައް ނަގާ ސާފުކުރުމުން ކަމަށެވެ.

މިކަމާ ގުޅިގެން އެފްކޮންސް އިން މިރޭ ބުނީ އެ ތަކެތި ނެގުމުގެ މަސައްކަތް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކޮށް، މޫސުން އެންމެ ތަން ނުދިންނަމަވެސް މިއަދު ހަވީރާ ހަމައަށް މުޅީން ނިމިފައިވާ ކަމަށެވެ.

ފަރަށް ލިބުނު ގެއްލުން ދިރާސާކުރުމަށް އީޕީއޭއިން ސާވޭ ހެދުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް އެފްކޮންސް އިން ބުންޏެވެ.

ޕްލެޓްފޯމް ނެގުން ލަސްވެގެން ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ވެއްދި އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ތަމްސީލުކުރައްވާ އެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އެކަމަކު އެ ދުވަހު އެ މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފަ އެވެ.

މި ފަރަށް ލިބުނު ގެއްލުން ވަޒަންކޮށް ކޮންޓްރެކްޓަރު ޖޫރިމަނާ ކުރުމުގެ ބާރު ލިބެނީ އީޕީއޭއަށެވެ.

ސޯޝަލް މީޑީއާގައި އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޕްލެޓްފޯމް އުރުނު ސަރަހައްދުގެ ފަރުމަތީގައި ޕްލެޓްފޯމުގެ ފައިތަކުން ވަކިވެފައިވާ ހަތަރު ދަގަނޑު ހޮޅި އޮވެ އެވެ.

ސަރުކާރުން ރެކޯޑު ހޭދައެއް ކޮށްގެން ހިންގާ މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ އަގުބޮޑު މަޝްރޫއެކެވެ. ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާ ގުޅޭ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ހުރިހާ ރަށްތަކެއް ގުޅާލެވޭނެ އެވެ.

މިއީ އިގުތިސޯދީ ގޮތުން ފައިދާ ބޮޑު މަޝްރޫއުއެއް ނަމަވެސް، މި މަޝްރޫއު އިއުލާނުކުރެއްވުނު ދުވަހުން ފެށިގެން ވެސް ތިމާވެށީގެ ޖަމިއްޔާތަކުން ވަނީ މިއީ ތިމާވެއްޓަށް ގެއްލުން ބޮޑު މަޝްރޫއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެގޮތުން މި ބްރިޖު މަސައްކަތާއި، އެ މަސައްކަތާ ގުޅިގެން ހިންގާ ގުޅިފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑުގެ ގެއްލުމެއް ލިބޭނެތީ އެ މަސަކަތްތައް ހުއްޓާލަން އެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox