މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ވިސާ އާއިލާ ކާޑު" ތައާރަފު ކޮށްފި އެވެ.
އެމްއައިބީގެ އާއިލާ ކާޑަށް، އެ ބޭންކުގެ ވިސާ ކާޑެއް އޮންނަ ކޮންމެ ކަސްޓަމަރަކަށް ހުށަހެޅޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް އާއިލާ ކާޑުގެ ތިން ކާޑަށް ލިބޭނެ އެވެ.
މިި ކާޑުގެ ބޭނުމަކީ ވިސާ ކާޑެއް އޮންނަ ނަމަ، އެއް އެކައުންޓެއްގެ އިތުރު ކާޑު ހައްދައިދީ، އެމްއައިބީގެ ކަސްޓަމަރުންނަށް ފަސޭހަތައް ފޯރުކޮށް ދިނުން ކަމަށް އެ ބޭންކުން ބުންޏެވެ. މި ކާޑު އާއިލާގެ އެހެން މީހެއްގެ އަތުގައި ބާއްވައިގެން ހަރަދު ކުރަން ބޭނުން ކުރެވޭނެ އެވެ.
ކާޑުން ހަރަދު ކުރެވޭ ވަރު ކޮންޓްރޯލް ކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.
އެމްއައިބީގެ ބްރާންޗަކަށް ޒިޔާރަތްކޮށްގެން ނުވަތަ އެޕްލައި ނައު ޕޯޓަލުން މި ކާޑަށް ހުށަހެޅޭނެ އެވެ.
އެމްއައިބީއަކީ ރާއްޖެއަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ފުރަތަމަ ތައާރަފު ކުރި ބޭންކެވެ.








