ސާބާ އަންހެން މުބާރާތުގެ "ދިވެހިވަންތަ" ލޯގޯ ދައްކާލައިފި

Sep 4, 2022, 1:54 PM
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އާއި އެޑިއެކޭޝަން މިނިސްޓަރު އައިޝަތު އަލީ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ ދައްކާލަނީ.--- ފޮޓޯ: ޔޫތް މިނިސްޓްރީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އާއި އެޑިއެކޭޝަން މިނިސްޓަރު އައިޝަތު އަލީ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގެ ރަސްމީ ލޯގޯ ދައްކާލަނީ.--- ފޮޓޯ: ޔޫތް މިނިސްޓްރީ

މި މަހުގެ 24-30 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާބާ ވިމަންސް ޗެމްޕިއަންޝިޕުގެ ލޯގޯ މިއަދު ދައްކާލައިފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ވާދަކުރާ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި މި އަހަރު ހަ ގައުމަކުން ވާދަކުރާނެ އެވެ. ރައުންޑް ރޮބިން އުސޫލުން ކުޅޭ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ސްރީ ލަންކާ، ނޭޕާލް، އިންޑިއާ، ބޫޓާން އަދި ބަންގްލަދޭޝް އެވެ.

މުބާރާތުގެ ލޯގޯ ރަސްމީކޮށް ލޯންޗުކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު، އަހުމަދު މަހުލޫފު އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

ސަރަހައްދުގެ އަންހެން ބާސްކެޓްގެ އެންމެ ފޯރިގަދަ މުބާރާތުގެ ލޯގޯ ދައްކާލުމުގެ މި ރަސްމިއްޔާތުގައި ދެ ވަޒީރުން ވެސް ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް، މުބާރާތުގައި ގައުމު ފަހުރުވެރިވާ ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގެން ހިތްވަރު ދެއްވައިފަ އެވެ.

ސާބާ މުބާރާތަށް ފަރުމާކޮށްފައިވާ ލޯގޯއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ ލޯގޯ އަކީ ދިވެހިވަންތަ އަދި ދިވެހި ރާއްޖެ އާއި ގުޅޭ ގިނަ ކަންތައްތަކެއް ހިމެނޭނެ ލޯގޯ އެއް ކަމަށެވެ.

މި ލޯގޯގައި ބާސްކެޓްބޯޅައިގެ ފަރުމާ ހިމެނިފައިވާއިރު، ރާއްޖޭގެ މޫދާއި، އިރުއޮއްސޭ މަންޒަރު ސިފަވުމުގެ އިތުރުން ރާއްޖޭގެ ރައްތަކާއި ދިވެހިންގެ ފަހުރެއްގެ ގޮތުގައި އޮންނަ ތުނޑުކުނަލުގެ ފަރުމާ ވެސް ހިމާނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ދިވެހިވަންތަ، ދިވެހިންނާއި ބާސްކެޓާއި ގުޅޭނެ ލޯގޯ އެއް މިއީ. ތުނޑުކުނަލުގެ ޑިޒައިން ފެންނާނެ، ރާއްޖޭގެ ކަނޑުތައް، އިރުއޮއްސޭ މަންޒަރު އޭގެ އިތުރުންވެސް މި ލޯގޯ އަށް ބަލާލީމަ ރާއްޖޭގެ ގިނަ ކަންކަން ފާހަގަވާނެ." އެޑަމް ވިދާޅުވި އެވެ.

ސާބާ ޗެމްޕިއަންޝިޕަށް ގައުމީ އަންހެން ޓީމު އަންނަނީ ވަރަށް ދުރާލާ ތައްޔާރު ވަމުންނެވެ. އެ ގޮތުން އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްތަކެއް ކުރިއަށް ގެންގޮސް އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައިވެ އެވެ. މިހާރު ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނަނީ މާލޭގަ އެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު، ސްރީ ލަންކާގެ ސުޕުން ވިމާލް, މީގެ ކުރިން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ވަނީ މުބާރާތުގެ ތައްޔާރީތައް ދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަަމަޖެހޭ ކަމަށް ބުނެފަ އެވެ. ސުޕުން ހުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ޓީމަށް ލޯ މެޑަލް ގެނެސްދިންއިރު، ވެސް ހުރި ރޫހުގައި މި ފަހަރު އިތުރަށް ރަނގަޅު ކުރުމަށް އަމާޒުހިފައިގެންނެވެ.

މިއީ ބާސްކެޓްގައި ގައުމީ އަންހެން ޓީމަށް މާލޭގައި ކުޅެލަން ލިބޭ ބައިނަލްއަގުވާމީ މި ފަދަ ފުރަތަމަ މުބާރާތެެވެ. މީގެ ކުރިން 2017 ވަނަ އަހަރު ސާބާގެ ފިރިހެން މުބާރާތް ރާއްޖޭން ހޯސްޓްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox