ދެވަނައަށް އެންމެ އަގުބޮޑު ސީރީޒް އަކަށް ޕްރިޔަންކާ އާއި ރިޗަޑް މެޑެންގެ "ސިޓަޑެލް"

Sep 4, 2022, 3:26 AM
ދެވަނައަށް އެންމެ އަގުބޮޑު ސީރީޒް އަކަށް ޕްރިޔަންކާ އާއި ރިޗަޑް މެޑެންގެ "ސިޓަޑެލް"

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި "ގޭމް އޮފް ތްރޯންސް"ގެ ރޮބް ސްޓާކްގެ ރޯލުން މަޝްހޫރުވި ރިޗާޑް މެޑެންލީޑް ރޯލުން ފެނިގެންދާ ސްޕައި ފްރެންޗައިޒް "ސިޓަޑެލް" އަކީ މިހާތަނަށް އުފެއްދި ދެވަނަ އަށް އެންމެ ހަރަދު ބޮޑު ސީރީޒް ކަމަށް ރިޕޯޓުތަކުގައި ބުނެފި އެވެ.

"އެވެންޖާސް: އެންޑް ގޭމް"ގެ ޑައިރެކްޓަރުން، ޖޯ ރޫސޯ އަދި އެންތަނީ ރޫސޯ، އުފައްދާ މި ސީރީޒް ފުރަތަމަ ބަޖެޓް ކުރެވުނީ 160 މިލިއަން ޑޮލަރަށެވެ.

"ދަ ހޮލީވުޑް ރިޕޯޓާ" ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސީރީޒް އުފެއްދުމުގައި ކުރިމަތިވި ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކްރިއޭޓިވް ޓީމްގެ ވަރަށް ގިނަ ބަޔަކު ވަނީ "ސިޓަޑެލް" ދޫކޮށްލާފަ އެވެ.

މި ސަބަބާ ހުރެ ސީރީޒް އުފައްދާ ފަރާތަށް ވަނީ އިތުރު އެތައް ހަރަދުތަކާއެކު އަލުން ޝޫޓް ކުރަން ޖެހިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަތް އެޕިސޯޑްގެ މި ސީރީޒް އުފެއްދުމަށް މިހާތަނަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.

އެއީ ފުރަތަމަ ކަނޑައެޅި ބަޖެޓަށް ވުރެ 75 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ދެވަނަ އަށް އެންމެ އަގު ބޮޑު ސީރީޒަކަށް "ސިޓަޑެލް" ވެފައިވާއިރު، މިިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ސީރީޒްގެ ލިސްޓްގެ އެއްވަނައިގައި އޮތީ މި މަހު އެމެޒަން ޕްރައިމްގައި ޕްރިމިއާކުރި "ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވާ" އެވެ.

ބެލެވޭ ގޮތުގައި މި ސީރީޒްގެ ފުރަތަމަ ސީޒަން އަށް އެކަނި ވެސް 465 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox