"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

Sep 24, 2026, 6:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މަރާޔާ ކެރީގެ މަޝްހޫރު ކްރިސްމަސް ލަވަ "އޯލް އައި ވޯންޓް ފޯ ކްރިސްމަސް އިޒް ޔޫ" ފަހަތަށް ޖައްސާލުމަށްފަހު، އެލާ ލެންގްލީގެ ކަންޓްރީ މިއުޒިކް ލަވަ "ޗޫސިން ޓެކްސަސް" އިން އެމެރިކާގެ ލަވަތަކުގެ ޗާޓުގެ އެއްވަނައިގައި އެންމެ ގިނަ ދުވަހު އޮތް ލަވައިގެ ރެކޯޑު މުގުރާލައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ރިލީޒްކުރި މި ލަވައަކީ، ލެންގްލީގެ ލޯބިވެރިޔާ އެހެން އަންހެނަކަށްޓަކައި އޭނާ ދޫކޮށްލާފާނެ ކަމަށް ހީވާ ހީވުންތަކެއްގެ މައްޗަށް ބިނާކޮށް ކިޔާފައިވާ އަސަރުގަދަ ލަވައެކެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ ބިލްބޯޑް ޗާޓުގެ އެއްވަނަ ފުރަތަމަ ފަހަރަށް ހޯދި މި ލަވަ، މިހާރު ވަނީ ޖުމްލަ 23 ހަފުތާ އެއްވަނައިގައި ހޭދަކޮށްފަ އެވެ.

Advertisement

މީގެ އިތުރުން، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ޔޫކޭގެ ސިންގަލްސް ޗާޓުގެ އެއްވަނައަށްވެސް "ޗޫސިން ޓެކްސަސް" ވަނީ އަރާފަ އެވެ. އެ މަގާމު މި ލަވައަށް ލިބުނީ ސޭމް ފެންޑާ އަދި އޮލިވިއާ ޑީންގެ "ރެއިން މީ އިން" އެއްވަނައިން ކަޓައިގެން ދިއުމާ ގުޅިގެންނެވެ.

"ރެއިން މީ އިން" ވެސް ވަނީ ޔޫކޭގެ ޗާޓުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށްފަ އެވެ. މިއީ އެ ގައުމުގެ ޗާޓުގެ ތާރީހުގައި އެންމެ ގިނަ ދުވަހު އެއްވަނައިގައި އޮތް ލަވަ އެވެ.

ލެންގްލީގެ މި ލަވަ ލިޔެފައިވަނީ 2024 ވަނަ އަހަރު ބޭއްވި ރީޓްރީޓެއްގެ ތެރެއިން، ކަންޓްރީ މިއުޒިކްގެ ތަރި މިރަންޑާ ލަމްބާޓްގެ އެހީތެރިކަމާ އެކުގަ އެވެ.

މި ލަވަ ފުރަތަމަ ފަހަރަށް ސްޓޭޖެއްގައި ހުށަހަޅައިދިނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ލެންގްލީ ބުނި ގޮތުގައި، އޭނާގެ ދެވަނަ އަލްބަމް "ޑެންޑެލިއަން" އިން އެންމެ ފުރަތަމަ ރިލީޒްކުރާނެ ލަވައަކީ މިއީކަން އެ ހިސާބުން އޭނާއަށް ޔަގީންވި އެވެ.

އެމެރިކާގެ އެލަބާމާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ލެންގްލީއަށް، މިދިޔަ މެއި މަހު ބޭއްވި އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް މި ލަވަ ވަނީ މަގުފަހިކޮށްދީފަ އެވެ.

އެ ހަފުލާގައި އޭނާ ނޮމިނޭޓްވި ހަތް ދާއިރާއިން ވެސް ވަނީ އެވޯޑް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ފީމޭލް އާޓިސްޓް އޮފް ދަ އިޔާ، އާޓިސްޓް ސޯންގްރައިޓާ އޮފް ދަ އިޔާގެ އިތުރުން، "ޗޫސިން ޓެކްސަސް" އަށް ލިބުނު ސިންގަލް އެންޑް ސޯންގް އޮފް ދަ އިޔާ ހިމެނެ އެވެ.

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox