ވިލާ އިން ޗެމްޕިއަން ސިޓީ ހިފަހައްޓައިފި

Sep 3, 2022, 8:44 PM
އެސްޓަން ވިލާގެ ޑަގްލަސް ލުއީޒް (ވ) ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާގެ ޑަގްލަސް ލުއީޒް (ވ) ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ބާމިންހަމް (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ވިލާގެ ސްޓޭޑިއަމް، ވިލާ ޕާކުގައި މިރޭ ކުޅުނު މެޗުގެ 50 ވަނަ މިނިޓުގައި ސިޓީ އަށް ލީޑު ހޯދައިދިނީ ނޯވޭގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ކެވިން ޑިބްރޭނާ ދިން މޮޅު ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ.

ބޮރޫޝިއާ ޑޯޓްމަންޑް އިން ސިޓީ އަށް މި ސީޒަންގައި ބަދަލުވި ހާލަންޑް ސީޒަން ފަށާފައިވަނީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. މިއީ މި ސީޒަންގެ ލީގުގައި ސިޓީ ކުޅުނު ފުރަތަމަ ހަ މެޗުގައި، ހާލަންޑް ޖެހި 10 ވަނަ ލަނޑެވެ. ހާލާންޑް ވަނީ ޕްރިމިއާ ލީގުގެ ސީޒަނެއްގައި ކުޅުނު ފުރަތަމަ ހަ މެޗުން 10 ލަނޑު ޖަހައި 1992 ވަނަ އަހަރު މިކީ ކުއިން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

އެކަމަކު، ލީޑު ނެގުމަށް ފަހު، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ ސިޓީ އަށް ތަޖުރިބާ ކުރަން ޖެހުނެވެ. މެޗުގެ 74 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖެމެއިކާ ފޯވަޑް ލެއޮން ބެއިލީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އެސްޓަން ވިލާގެ ޒުވާން މިޑްފީލްޑަރު، ޖޭކަބް ރަމްސީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހުރަސްކޮށްލި ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ބެއިލީ ޖެހި ލަނޑެކެވެ.

ސިޓީގެ ގުންޑޮގާން (ވ) އަތުން ބޯޅަ ހޯދަން އެސްޓަން ވިލާގެ ލޫކަސް ޑީނިއާ މަސައްކަތްކުރަނީ

އޭގެ ފަސް މިނިޓް ފަހުން އެސްޓަން ވިލާގެ ފިލިއްޕޭ ކުޓީނިއޯ ވަނީ ގޯލަށް ބޯޅައެއް ފޮނުވާލައިފަ އެވެ. އެކަމަކު، މި ގޯލު ބަލައިނުގަތީ އެޓޭކް ފެށިއިރު، ކުޓީނިއޯ އޮފްސައިޑް މަގާމެއްގައި ހުރިކަމަށް ނިންމައިފަ އެވެ.

މިއީ މި ސީޒަންގައި ސިޓީ ކުޅުނު މެޗެއްގައި އެންމެ ލަނޑަކާ އެކު އެ ޓީމު ފުއްދާލި ފުރަތަމަ ފަހަރެވެ. ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުގައި ސިޓީން ވަނީ 19 ލަނޑު ޖަހައިފަ އެވެ.

"އަހަރަމެންގެ އަތުގައި މެޗު އޮތްއިރު، ލީޑު ފުޅާކުރުމަށް ފުރުސަތުތައް ލިބުނު އެކަމަކު ފުރުސަތުތަކުގެ ބޭނުން ނުހިފުނު،" މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ. "ހުރަސްތައް ގޯސްވީމަ ލަނޑު ޖަހަން ލިބުނު ބައެއް ފުރުސަތުތައް ގެއްލުނު."

މި މެޗުގެ ނަތީޖާއާއެކު، ވިލާގެ ކޯޗު ސްޓީވަން ޖެރާޑަށް އޮތް ޕްރެޝަރަށް ލުއިކަމެއް ލިބޭނެ އެވެ. ސިޓީ އަތުން ލިބުނު ޕޮއިންޓާއެކު ޖެރާޑް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"މި ސީޒަންގައި މިހާތަނަށް މާ ގިނަ ޕޮއިންޓްތަކެއް ގެއްލިއްޖެ. ބަދަލެއް އެބަޖެހޭ ފެންނަން،" ޖެރާޑް ބުންޏެވެ.

ސިޓީ އެއްވަރުވުމުގެ ފައިދާ ނެގުމުގެ ފުރުސަތު އާސެނަލަށް އެބައޮތެވެ. އެ ގޮތުން އާސެނަލުން މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި މޮޅެއް ހޯދަައިފިނަމަ ލީގުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާ ކުރެވޭނެ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ ހަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox