ލިވަޕޫލާއި އެވަޓަން އެއްވަރު، ޗެލްސީ އާއި ޓޮޓެންހަމަށް މޮޅެއް

Sep 3, 2022, 4:10 PM
ލިވަޕޫލާއި އެވަޓަން އެއްވަރު، ޗެލްސީ އާއި ޓޮޓެންހަމަށް މޮޅެއް

ލިވަޕޫލް (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެވަޓަން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ފުލަމް އަތުން ޓޮޓެންހަމް މޮޅުވީ 2-1 އިންނެވެ. މި މޮޅާ އެކު ޓޮޓެންހަމް ވަނީ ހަ މެޗުން 14 ޕޮއިންޓް ހަމަކޮށް ލީގުގެ ކުރީގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ.

ޓޮޓެންހަމް މި ވަގުތު ދެ ވަނައިގައި އޮތް ނަމަވެސް މިރޭ ފަހުން ކުޅޭ މެޗުން މެންޗެސްޓާ ސިޓީން އެސްޓަން ވިލާ ބަލިކޮށްފިނަމަ ދެ ވަނަ އަށް އަރާނެ އެވެ.

އެވަޓަން ދަނޑުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބުނެވެ. ފުރަތަމަ ހާފުގައި އެވަޓަންގެ ޓޮމް ޑޭވިސް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލްގެ ޑާވިން ނޫނޭޒް އާއި ލުއިސް ޑިއާޒް ޖެހި ބޯޅައެއް ވެސް ދަނޑީގައި ޖެހިފަ އެވެ. ނޫނޭޒް ޖެހި ބޯޅަ ދަނޑި އަށް އަމާޒުވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފަ އެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅުނު އެވަޓަން އިން ވަނީ މި މެޗުގައި ގޯލެއް ޖަހައިފަ އެވެ. މެޗުގެ 69 ވަނަ މިނިޓްގައި އެވަޓަންގެ ކޮނާ ކޯޑީ ޖެހި ގޯލުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

އެވަޓަން އަށް ގޯލެއް ޖަހައިދޭން ނީލް މޯޕޭ އާއި ޑްވައިޓް މެކްނީލް ޖެހި ބޯޅަތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. އަދި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ޖެހި ދެ ބޯޅަ އަކާއި މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ސަލާހު ޖެހި ޝޮޓް ވެސް ހުއްޓުވީ މެޗުގެ މޮޅު ކުޅުންތެރިޔާ ޕިކްފޯޑް އެވެ.

ޗެލްސީގެ ޗިލްވެލް (ކ) ވެސްޓް ހޭމްގެ ރައިސް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ

ޗެލްސީ ދަނޑުގައި މިރޭ ވެސްޓް ހޭމް އިން ވަނީ ލީޑުނަގައިފަ އެވެ. ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ހެދި ގޯހެއްގެ ފައިދާނަގައި ވެސްޓް ހޭމަށް ލީޑުނަގައިިދިނީ މިކޭލް އެންޓޯނިއޯ އެވެ. ކޯނަރެއްގައި ޗެލްސީ އޭރިއާތެރެއިން ޑެކްލަން ރައިސް ދިން ބޯޅަ އެންޓޯނިއޯ ވަނީ ގޯލު ރޮނގުމަތިން ގޯލަށް ފޮނުވާލައިފަ އެވެ.

ޗެލްސީ ކޮޅަށް ނަތީޖާ އަނބުރާލުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ބެން ޗިލްވެލް އެވެ. މެޗުގެ 72 ވަނަ މިނިޓްގައި މާކް ކުކުރޭލާގެ ބަދަލުގައި ކުޅެން އަރައި، ޗިލްވެލް ވަނީ 76 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 88 ވަނަ މިނިޓްގައި އޭރިއާތެރެއިން ކައި ހަވާޓްޒް ގޯލެއް ޖަހައި ޗެލްސީ އަށް ލީޑުނަގައިދިން ގޯލު ޖަހަން ބޯޅަ ދިނީ ޗިލްވެލް އެވެ.

އިތުރު ވަގުތުގައި ގޯލެއް ޖަހައި، ވެސްޓް ހޭމްގެ މެކްސްވެލް ކޯނޭ އެ ޓީމަށް އެއްވަރުކޮށްދިން ނަމަވެސް ވީއޭއާރް އިން އެ ގޯލު ބަލައިނުގަންނަން ނިންމީ ކީޕަރު މެންޑީ އަށް ފައުލުކޮށްފައިވާތީ އެވެ.

އެންޓޯނިއޯ ކޮންޓޭގެ ޓޮޓެންހަމް އިން މިރޭ ފުލަމް ކޮޅަށް ގޯލުތައް ޖެހީ ޕިއޭ އެމީލް ހޮއިބިއާ އާއި ހެރީ ކޭން އެވެ. ފުލަމްގެ ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި އަލެކްސަންޑަ މިޓްރޮވިޗް އެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބްރެންޓްފޯޑުން ވަނީ 5-2 ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ނޮޓިންހަމް ފޮރެސްޓް އަތުން ބޯންމައުތު ވަނީ ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެވެ. އަދި ވުލްވްސް ވަނީ 1-0 އިން ސައުތެމްޓަން އަތުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox