އެފްއެފްޕީ ގަވައިދާ ހިލާފުވެގެން އިންޓަ، ޔުވެންޓަސް އަދި ޕީއެސްޖީ އަށް ޔުއެފާގެ ޖޫރިމަނާއެއް

Sep 2, 2022, 8:48 PM
އެފްއެފްޕީ ގަވައިދާ ހިލާފުވެގެން އިންޓަ، ޔުވެންޓަސް އަދި ޕީއެސްޖީ އަށް ޔުއެފާގެ ޖޫރިމަނާއެއް

ލުސޭން، ސްވިޒަލެންޑް (ސެޕްޓެމްބަރު 2) - ޔުއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވައިދާ ހިލާފުވެގެން ފިޔަވަޅު އެޅި ކްލަބުތަކުގެ ތެރޭގައި އިންޓަ މިލާނާއި ޔުވެންޓަސް އަދި ޕީއެސްޖީ ހިމެނިއްޖެ އެވެ.

އެފްއެފްޕީއާ ހިލާފުވެގެން ޔުއޭފާ އިން ވަނީ މި ތިން ކްލަބުގެ އިތުރުން، އިޓަލީގެ އޭސީ މިލާނާއި ރޯމާ އާއި ތުރުކީގެ ބެސިކްޓަސް އާއި ފްރާންސްގެ މާސޭ އަދި މޮނާކޯ ވެސް ޖޫރިމަނާކޮށްފަ އެވެ.

އެކަމަކު، މި ކްލަބުގެ ތެރެއިން އެންމެ ބޮޑު ޖޫރިމަނާއެއް ކުރީ ޕީއެސްޖީ އެވެ. ޔުއޭފާ އިން ވަނީ ޕީއެސްޖީ 10 މިލިއަން ޔޫރޯ (10 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.

ރޯމާ، ފަސް މިލިއަން ޔޫރޯ (ފަސް މިިލިއަން ޑޮލަރު) އިން ޖޫރިމަނާކުރިއިރު، އިންޓަ އިން ދައްކަން ޖެހެނީ ހަތަރު މިލިއަން ޔޫރޯ (ހަތަރު މިލިއަން ޑޮލަރު)ގެ ޖޫރިމަނާއެކެވެ. ޔުވެންޓަސް 3.5 މިލިއަން ޔޫރޯ (3.5 މިލިއަން ޑޮލަރު) އިން ޖޫރިމަނާކުރިއިރު، އޭސީ މިލާން ޖޫރިމަނާކުރީ ދެ މިލިއަން ޔޫރޯ (ދެ މިލިއަން ޑޮލަރު) އިންނެވެ. ބެސިކްޓަސް ޖޫރިމަނާކުރީ ހަ ލައްކަ ޔޫރޯ (ހަ ލައްކަ ޑޮލަރު) އިންނެވެ. އެންމެ ކުޑަކޮށް ޖޫރިމަނާކުރީ މޮނާކޯ އާއި މާސޭ އެވެ. މި ދެ ޓީމަށް ވެސް ލިބުނީ ތިން ލައްކަ ޔޫރޯ (ތިން ލައްކަ ޑޮލަރު)ގެ ޖޫރިމަނާއެކެވެ.

ޔުއެފާ އިން ބުނީ މި ކްލަބުގެ ޖޫރިމަނާކުރީ 2018 އިން 2020 ވަނަ އަހަރާ ހަމަައަށް ކްލަބުތަކުގެ މާލީ ހިސާބުތައް ޔުއޭފާގެ ފައިނޭންޝަލް ކޮންޓުރޯލް އިން ދިރާސާކުރިއިރު، މި ކްލަބުތަކުން ތިން އަހަރުގެ ތެރޭގައި ހޯދާފައިވާ އާމްދަނީ އަށް ވުރެން ހަރަދު އިތުރުވެފައިވާތީ އެވެ.

ރޯމާ އާއި އިންޓަ ފިޔަވައި، ދެން އޮތް ކްލަބުތައް ވަނީ ތިން އަހަރުގެ ތެރޭގައި ޔުއެފާގެ އެފްއެފްޕީ ގަވައިދަށް މަލީ ހިސާބުތައް ފެއްތުމަށް އެއްބަސްވެފަ އެވެ. ރޯމާ އާއި އިންޓަ އެއްބަސްވެފައިވަނީ ހަތަރު އަހަރުގެ ތެރޭގައި މާލީ ހިސާބުތައް ރަނގަޅުކުރުމަށެވެ.

ޔުއޭފާ އިން ދީފައިވާ މުއްދަތުގެ ތެރޭގައި މި ކްލަބުތަކުގެ މާލީ ހިސާބުތައް ރަނގަޅުނުވެއްޖެނަމަ، ޔުއޭފާ އިން ކޮށްފައިވާ ޖޫރިމަނާ އިތުރުވެގެން ދާނެ އެވެ.

"ކްލަބުތަކާއެކު އެއްބަސްވެފައިވަނީ 2026 / 2025 ވަނަ އަހަރުގެ ސީޒަނަށް މާލީ ހިސާބުތައް އެފްއެފްޕީ ގަވައިދަށް ފައްތަން. މި މުއްދަތުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ފުރިހަމަކުރަންޖެހޭ ޓާގެޓްތަކެއް ކަނޑައަޅާފައިވާނެ،" ޔުއޭފާ އިން ބުންޏެވެ.

ޔުއެފާ އިން ފިޔަވަޅު އަޅާނެ ކަމަށް ބެލެވުނު ކްލަބްތަކުގެ ތެރެއިން ސަލާމަތްވި އެއް ޓީމަކީ އާސެނަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox