ސަމާސާކުރުމާއި ހީމަޖާކުރުމުގެ މިންގަނޑު

ސަމާސާކުރުމާއި ހީމަޖާކުރުމުގެ މިންގަނޑު

ސަމާސާ ކުރުމާއި ހީ މަޖާކުރުމަކީ އިންސާނީ ކޮންމެ މުޖުތަމައެއްގައި ވެސް އޮންނަ ކަމެކެވެ. އިންސާނާއަކީ ހީއުޅޭ ހައިވާނުގެ ގޮތުގައި ސިފަކުރެވެނީ އެހެންވެގެންނެވެ. އިސްލާމްދީނަކީ ފިތުރަތުގެ ދީންކަމަށް ވީހިނދު އިސްލާމްދީން އިންސާނީ މި ފިތުރީ ސިފައާ ދެކޮޅު ހަދާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިންސާނާ ރަނގަޅު ހެޔޮ ގޮތުގައި ހުރުމަށް ބާރުލިބޭ ކޮންމެ ކަމަކަށް އިސްލާމްދީންވަނީ ތަރުހީބުދީފަ އެވެ. އިސްލާމްދީން ގޮވާލަނީ ހިނިތުންވުމާއެކު އުފާވެރި ޝަހުސިއްޔަތަކައިގެން ދިރިއުޅުމަށެވެ. މިކަމުގައިވެސް މާތް ނަބިއްޔާ ވަނީ މިސާލުދައްކަވާފަ އެވެ. އެކަލޭގެފާނު ސަމާސާކޮށް އުޅުއްވި އެވެ. އެހެންނަމަވެސް މަކަރުހަދާ އޮޅުވާލާ އިތުރުފުޅުހައްދަވައި ފުރައްސާރަކުރައްވައެއް ނުހައްދަވަ އެވެ.

ރިވާވެގެންވެ އެވެ. އިތުރުއެކަލޭގެފާނުގެ އަރިހަށް މުސްކުޅި އަންހެނަކު އައިސް ދެންނެވި އެވެ. ތިމަންކަމަނާ ސުވަރުގެ ވެއްދެވުން އެދި ﷲ ގެ ޙަޟްރަތަށް ދުއާކޮށްދެއްވާށެވެ. އެހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވިއެވެ. ހަމަކަށަވަރުން ސުވަރުގެއަކީ އެތަނަށް މުސްކުޅިއަކު ވަންނާނެ ތަނެއް ނޫނެވެ. އެހިނދު އެ އަންހެން މީހާ ރޯން ފެށި އެވެ. ދެން މާތް ނަބިއްޔާގެ އެބަސްފުޅުގެ އަސްލު މުރާދު އެ އަންހެން މީހާއަށް ބަޔާންކޮށްދެއްވި އެވެ. މުސްކުޅިން މުސްކުޅިންގެ ގޮތުގައި ސުވަރުގެ ނުވަންނާނެކަމާއި ސުވަރުގެ ވަންނާނީ ޒުވާނެއްގެ ގޮތުގައިކަން އަންގަވައިދެއްވައި ވާޤިޢަތު ސޫރަތުގެ 35 ވަނަ އާޔަތުން 37 ވަނަ އާޔަތަށް ކިޔަވާ ވިދާޅުވި އެވެ.

އަދި އިތުރުއެކަލޭގެފާނުގެ އަރިހަށް މީހަކު އައިސް ޖަމަލެއްގެ މަތީގައި އޭނާ އުފުލުމަށް ރަސޫލާއަށް ދެންނެވިހިނދު ހަދީސް ކުރެއްވި އެވެ. ޖަމަލެއްގެ ދަރިއެއްގެ މަތީގައި ނޫނީ ތިބާ ނުއުފުލާހުށީމެވެ. އެހިނދު އެމީހާ ބުންޏެވެ. ޖަމަލެއްގެ ދަރިއަކުން އަހަރެންނަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ އެހިނދު ހަދީސް ކުރެއްވިއެވެ. ޖަމަލު ނޫން އެއްޗެއް ޖަމަލު ވިހާ އުޅޭ ހެއްޔެވެ؟

މިރިވާޔަތްތަކުންނާއި އަދި އަސްލަކީ ހުއްދަވުމުގެ ފިޤްހީ ގަވައިދުގެ އަލީގައި އެނގިގެންދާ ގޮތުގައި ސަމާސާކުރުމާއި ހީމަޖާކުރުމަކީ ހުއްދަވެގެންވާކަމެކެވެ. ނަމަވެސް އެކަންކަމުގައި ކޮންމެހެން ރިއާޔަތް ކުރަންޖެހޭ އަދަބު އަހްލާގުތަކެއް ވާކަން އިލްމުވެރިން ބަޔާންކުރައްވާފައިވެ އެވެ. އެއްކަމަކީ ފަސާދަ އުފެދޭ ފަދަ ދޮގުހެދުމުން ދުރަށްދިއުމެވެ.

ބަހުގެ ގޮތުން ބަލާއިރު ދޮގަކީ ހަގީގަތާ ހިލާފު ކޮންމެ ހަބަރެކެވެ. ނަމަވެސް ހަގީގަތާ ހިލާފު ކޮންމެ ވާހަކައެއް ދައްކާ މީހާ އެއީ ދޮގުވެރިއެއް ކަމުގައި ޝަރުއީ ގޮތުން ނުވެއެވެ. އެހެނީ މާތް ނަބިއްޔާ ހަދީސް ކުރައްވަނީ މީސްތަކުން ސުލްހަކުރުމަށް ހަގީގަތާ ހިލާފު ބަސް ބުނާ މީހާ މީހާ ދޮގުވެރިއެއްކަމުގައި ނުވާކަމަށެވެ. އެހެންވީމާ ސުލްހައަށް މަގުފަހިވާ ފަދަ ދޮގަކީ ޝަރުޢީގޮތުން ދޮގެއް ނޫންކަމުގައި ބުނެވިދާނެ އެވެ. އޭގެ ބަދަލުގައި ޝަރީޢަތުގެ މަގުސަދުތަކާއި ރޫޙަށްބަލާއިރު ޝަރުޢީގޮތުން ދޮގަކަށްވަނީ ފަސާދައިގެ މަގެއް އެކުލެވިފައިވާ ހަގީގަތާ ހިލާފު ބުނުންތަކެވެ. މިފަދަ ފަސާދަ އުފެދޭ ފަދަ ދޮގަކުން މީސްތަކުން ހެއްވައިފި މީހާއަށް ހަލާކު ހުންނާނެކަމުގެ ވަޢީދުގެ ބަސްފުޅު ނަބަވީ އިރުޝާދުގައި އައިސްފައިވެއެވެ.

ސަމާލުކަން ދޭންޖެހޭ އަނެއް ނުކުތާއަކީ، ކުރެވޭ ސަމާސާގައި އަނެއް އިންސާނާގެ ކަރާމަތަށް ގެއްލުންނުދިނުމެވެ. ޙުޖުރާތު ސޫރަތުގެ އެގާރަވަނަ އާޔަތުގެ މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަގަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިގުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."

ސަމާސާކުރުމުގެ ގޮތުން ވިޔަސް ބިރުދެއްކުން ފަދަ ކަންކަން ނުކުރުމަކީ މިމައުލޫގައި ޢިލްމުވެރިން ކޮންމެހެން ފާހަގަކުރައްވާ ކަމެކެވެ. މުސްލިމަކަށް ބިރު ދެއްކުން ހުއްދަވެގެންނުވާ ކަމަށް މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. އަދި ކާފަރަކަށް ވިޔަސް ބިރުދެއްކުމަކީ ޖިހާދުކުރުން ހުއްދަ ޙާލަތެއްގައި މެނުވީ ހުއްދަވެގެންވާނެ ކަމެއް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.

އެޔާއެކު ކޮންމެ ކޮންމެ ވަގުތަކީ ސަމާސާގެ ވަގުތު ނޫންކަންވެސް ދަންނަންވާނެއެވެ. އަދިއެކަށީގެންވާ މިނެއްގައި ކޮންމެ ކަމެއްވެސް ހިފެހެއްޓުމަކީ އިސްލާމީ އިރުޝާދުގައި އޮތް ގޮތެވެ. އަހަރެމެންގެ ހަތަރުވަނަ ޚަލީފާގެ ބަސްފުޅުން މި ލިޔުން ނިންމާލާނަމެވެ. އިމާމް ޢަލީގެފާނު ވިދާޅުވެފައި އޮވެއެވެ. "ކާއެއްޗެއްސަށް ލޮނުލާ މިންވަރަށް، ވާހަކަދެއްކުމުގައި ސަމާސާ ކުރުން ހިމަނާށެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox