ވެސްޓް ހޭމް އަތުން މޮޅު ނުވެވުމުން ކޮންޓޭ އަށް ގޯސްވީ ވީއޭއާރު

Sep 1, 2022, 6:53 AM
ވެސްޓް ހޭމް އަތުން މޮޅު ނުވެވުމުން ކޮންޓޭ އަށް ގޯސްވީ ވީއޭއާރު

ލަންޑަން (01 ސެޕްޓެމްބަރު) - ވެސްޓްހޭމް ޔުނައިޓެޑު އަތުން ރޭ މޮޅު ނުވެވުނު މެޗުގައި ޓޮޓެންހަމަށް ޕެނަލްޓީއެއް ލިބެންޖެހޭކަމަށް ބުނެ ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމާއި ވެސްޓްހޭމް ވާދަކުރި މެޗު 1-1 ވަނީ އެއްވަރުވެފަ އެވެ. މި ނަތީޖާއާއެކު ދެވަނައިގައި އޮތް ސިޓީ އާއި ޓޮޓެންހަމާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އޮތްއިރު، އެޓީމު ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވީ އެވެ. އަނެއްކޮޅުން މިހާތަނަށް ލީގުގައި އެންމެ މޮޅެއް ލިބިފައި އޮތް ވެސްޓްހޭމް ރޭ ލިބުނީ މުހިންމު ޕޮއިންޓެކެވެ.

މެޗުގެ ފޯރިގަދަވި ފުރަތަމަ ހާފުގައި ވެސްޓްހޭމްގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު އާރޮން ކްރެސްވެލްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ނިންމާ ރެފްރީ ޕެނަލްޓީ ދިން ހިސާބުންނެވެ. ނަމަވެސް ވީއޭއާރުން އެ ނިންމުން ރިވިއު ކުރި އެވެ. ގިނަ ވަގުތު ވީއޭއާރު ބެލުމަށްފަހު ރެފްރީ ދަނޑުން ފައިބައި މޮނީޓަރުންވެސް އެ ހާދިސާގެ ރީޕްލޭ ބެލި އެވެ. އެންމެ ފަހުން ރެފްރީ ޕީޓާ ބެންކާސް ނިންމީ އެއީ ޕެނަލްޓީ އެއް ނޫން ކަމަށެވެ. މި ނިންމުމަށް ޓޮޓެންހަމްގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ފުރަތަމަ ހާފު ނިމުމަށްފަހު ރެފްރީން ދަނޑުން ފޭބި ވަގުތު ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ވަނީ ރެފްރީ އާ ދިމާލަށްގޮސް އެ ނިންމުމަށް ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 އިން ޓޮޓެންހަމް ކުރީގައި އޮވެގެނެވެ. މިއީ ހެރީ ކޭން ތިރިތިރިން ނަގައިދިން ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވެސްޓްހަމްގެ ޖަރުމަން ޑިފެންޑަރު ތިލީ ކެހްރާ އަތުން ބައިކޮށްޅަށް ވަތް ލަނޑެކެވެ. ވެސްޓް ހޭމް އިން މި ހާފުގައި ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. މީގެ ތެރެއިން ފޯވާޑު މިކެލް އެންޓޯނިއޯ ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ވެސްޓްހޭމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 55 ވަނަ މިނެޓުގަ އެވެ. އެންޓޯނިއޯ ދިން ބޯޅައަކުން މި ގޯލު ޖަހައިދިނީ ތޯމަސް ސޫޗެކް އެވެ.

ފަހު ހާފުގެ ފަހު 30 މިނެޓުގައި ވެސްޓްހޭމް އިން އެޓީމާ އަލަށް ގުޅުނު ބްރެޒިލްގެ މިޑްފިލްޑަރު ލޫކަސް ޕަކުއޭޓާ ކުޅެން އެރުވި އެވެ. ކޯޗު ޑޭވިޑް މޮއިސް އޭނާއަށް މި މެޗުގައި ފުރުސަތު ދިނީ ފްރާންސްގެ ލިޔޯނުން އެ ކުލަބާ ގުޅުނު ފަހުން އެ ޓީމާއެކު ޕަކުއޭޓާ އެއްވެސް ޕްރެކްޓިސް އެއް ނުކޮށް ހުއްޓަ އެވެ.

ރޭގެ މެޗަށްފަހު ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ބުނީ އިނގިރޭސި ރެފްރީން ވީއޭއާރު ބޭނުންކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ވީއޭއާރަކީ ރެފްރީގެ ނިންމުން ގޯސްވެގެން ބަލަންޖެހޭ އެއްޗެއް ކަމަށާއި، ރޭގެ މެޗުގައި ރެފްރީ ޕެނަލްޓީ ދޭން ފުރަތަމަ ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

ކޮންޓޭ އަކީ މީގެ ކުރިންވެސް ވީއޭއާރާ ދެކޮޅަށް ގިނަ ފަހަރެއްގެ މަތިން ވާހަަކަ ދެއްކި ކޯޗެކެވެ. މި ސީޒަންގައި ޕްރިމިއާ ލީގުގެ ވީއޭއާރުން ނިންމި ބައެއް ނިންމުންތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ލީގުގައި ޗެލްސީ އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ފަހު ވަގުތު ޓޮޓެންހަމުން އެއްވަރު ކުރި އިރު އެޓީމުގެ ކުޅުންތެރިއެއް ޗެލްސީގެ ޑިފެންޑަރު ކުކުރެއާއަށް ފައުލްނުކުރާކަމަށް ވީއޭއާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. އަދި ފަހުން ޕްރިމިއާ ލީގުން ވަނީ ވީއޭއާރުން އެ ނިންމި ނިންމުމަކީ ގޯސް ނިންމުމެއްކަމަށް މެޗުގެ ރިވިއުއަށްފަހު ރެފްރީން އެއްބަސްވާކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox