ހާލަންޑުގެ ހެޓްރިކެއް، އާސެނަލް އާ ލިވަޕޫލަށް އުނދަގޫ މޮޅެއް

Sep 1, 2022, 4:35 AM
ހާލަންޑުގެ ހެޓްރިކެއް، އާސެނަލް އާ ލިވަޕޫލަށް އުނދަގޫ މޮޅެއް

ލަނޑަން (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި އާލިން ހާލަންޑް ހެދި ދެވަނަ ހެޓްރިކާއެކު ޗެމްޕިއަން މެންޗެސްޓަ ސިޓީ ރޭ ނޮޓިންހަމް ފޮރެސްޓުގެ މައްޗަށް 6-0ގެ ބޮޑު ތަފާތަކުން ކުރި ހޯދިއިރު، އާސެނަލް އާއި ލިވަޕޫލުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އާސެނަލް ރޭ ހޯދި މޮޅާއެކު އެޓީމު ވަނީ ލީގުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް ފޯމު ދަމަހައްޓާފަ އެވެ. ލީގުގައި 100 ޕަސެންޓު ރެކޯޑަކާއެކު އޮތް ހަމައެކަނި ޓީމަކީ އާސެނަލް އެވެ. ލީގުގެ ދެވަނައިގައި އޮތީ އާސެނަލަށްވުރެ ދެ ޕޮއިންޓު މަދުން ލިބިގެން ސިޓީ އެވެ. ރޭގެ މޮޅާއެކު ލިވަޕޫލްވަނީ ތާވަލްގެ ފަސްވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

މެންޗެސްޓާ ސިޓީ އިން ނޮޓިންހަމް ފޮރެސްޓު 6-0 އިން ބަލިކުރި މެޗުގެ ތަރިއަކަށްވީ އާލިން ހާލަންޑު އެވެ. އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައި ހެޓްރިކެއް ހަދާފަ އެވެ. އެންމެ ފަހުން ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ހާލަންޑު ހެޓްރިކެއް ހެދި އެވެ. މި ގޯލުތަކާއެކު ހާލަންޑު ޕްރިމިއާ ލީގުގައި މި ސީޒަންގައި ޖެހި ގޯލުގެ އަދަދު ވަނީ 9 އަށް އަރާފަ އެވެ.

ހާލަންޑުގެ ފުރަތަމަ ގޯލަކީ ފިލް ފޮޑެން އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ޖެހި ގޯލެކެވެ. ދެވަނަ ގޯލަކީ އޭރިއާ ތެރެއިން ފޮޑެން ފޮނުވާލަން މަސައްކަތްކުރި ބޯޅައެއް ފޮރެސްޓުގެ ޑިފެންޑަރުން ދިފާއުކުރަން އުޅުމުގެ ތެރޭގައި ހާލަންޑަށް ލިބުމުން ހުސްކޮށް ހުރެ އޭނާ ޖެހި ގޯލެކެވެ. ތިންވަނަ ގޯލު ހާލަންޑު ޖެހީ ސިޓީ އަށް ލިބުނު ހިލޭ ޖެހުމެއްގެ ބޭނުންކޮށްގެންނެވެ. އަރިމަތިން ނަގައިދިން ހުރަސް އޭރިއާ ތެރެއިން ދިފާއުނުކުރެވިގެން އުޅެނިކޮށް ސިޓީގެ ޖޯން ސްޓޯންސް ބޮލުން ހުރަސްކޮށްލުމުން ހާލަންޑުވަނީ ބޮލުން އެ ގޯލަ ބޯޅަށް ވައްދާލާފަ އެވެ.

މެޗުގައި ސިޓީގެ ތިންވަނަ ލަނޑު 51 ވަނަ މިނެޓުގައި ޖަހައިދިނީ ޖާއޯ ކަންސެލޯ އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލްކޮށްލައި ކަންސެލޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. ސިޓީގެ ފަހު ދެ ގޯލް ޖަހައިދިނީ ޖޫލިއެން އަލްވަރޭޒް އެވެ. މެޗުގެ 65 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ކަނަށް އަލްވަރޭޒް ފޮނުވާލިއިރު، ފަހު ގޯލް 87 ވަނަ މިނެޓުގައި ޖެހީ ރިޔާދް މާރޭޒް ފޮނުވާލި ހަމަލާ ފޮރެސްޓުގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

އާސެނަލް ރޭ މޮޅުވީ އެސްޓަން ވިލާއާއި ވާދަކޮށް 2-1ގެ ނަތީޖާ އަކުންނެވެ. މީގެ ކުރިން ކުޅުނު މެޗުތަކެކޭ އެއްގޮތަށް މި މެޗުވެސް ޑޮމިނޭޓްކޮށްގެން ކުޅެ ގިނަ ހަމަލާ އުފެއްދީ އާސެނަލުންނެވެ. އާސެނަލްގެ ފުރަތަމަ ގޯލު މެޗުގެ 30 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ގެބްރިއެލް ޖެސުސް އެވެ. މިއީ ގްރަނިތް ޝަކާ ފޮނުވާލި ހަމަލާއިން ކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެސުސް ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި އެސްޓަން ވިލާއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ކޯނަރަކުންނެވެ. މި ލަނޑު ވިލާގެ މިޑްފީލްޑަރު ޑަގްލަސް ލުއިޒް ޖެހީ އޭނާ ކުޅެން އެރިތާ މިނެޓެއް ނުވަނީސް ލިބުުނު ކޯނަރަކުންނެވެ. ލުއިޒް ނަގައިދިން ކޯނަރު މަތިން ގޮސް ގޯލަށްވަނީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އަށް ދިފާއު ނުކުރެވި އެވެ. މި ގޯލް ޖެހިއިރު، ވިލާގެ ކުޅުންތެރިން ރަމްސްޑޭލް އަށް ފައުލްކުރި ކަމަށް އާސެނަލުން އެޕީލްކުރި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ. އާސެނަލުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ ވިލާ އިން ގޯލް ޖެހިތާ ތިން މިނެޓު ފަހުންނެވެ. ބަކާޔޯ ސަކާ ނަގައިދިން ހުރަހަކުން މި ގޯލް ޖަހައިދިނީ ގެބްރިއެލް މާޓިނެލީ އެވެ.

ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް ލިވަޕޫލް މޮޅުވީ އިތުރުވަގުތުގެ ތެރޭގައި ޖެހި ގޯލާއެކު 2-1 އިންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖެހީ ނިއުކާސަލް އިންނެވެ. މި ލަނޑު ޖަހައިދިނީ ދާދި ފަހުން އެޓީމާ ގުޅުނު ސްވިޑެންގެ ފޯވާޑް އެލެކްސަންޑާ އީސަކް އެވެ. އީސަކް ނިއުކާސަލް އަށް ކުޅުމަށް ބޭނުންވާ ވިސާގެ ކަންކަންވެސް ހަމަޖެހުނީ މެޗުގެ ދެ ތިން ގަޑިއިރު ކުރިންނެވެ. މެޗުގެ 54 ވަނަ މިނެޓުގައި އީސަކް އިތުރު ގޯލެއްވެސް ޖެހި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫންކަމަށެވެ.

ލިވަޕޫލަށް ނަތީޖާ ހަމަހަަމަކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ. މިއީ މެޗުގެ 60 ވަނަ މިނެޓުގައި އަރިމަތިން ސަލާ އޭރިއާ ތެރެއަށް ވަދެ ތިން ޕާހަކުން ފިރްމީނޯ ޖެހި ގޯލެކެވެ. ލިވަޕޫލް މެޗުން މޮޅުވީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ފަބިއޯ ކަވާލިއޯ އެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ލިބުނު ކޯނަރަކުން ކަވާލިއޯ މި ގޯލް ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ދިފާއުނުކުރެވި އުޅެކޮށް ސަލާ ޖައްސާލި ބޯޅަ އޭނާ އަށް ލިބުމުންނެވެ. ކަވާލިއޯ އެއް ފަހަރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދާގަނޑަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފޯރިގަދަ މެޗެއް ކުޅޭނެ އެވެ. ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި ނަަމަވެސް ދެން އައި ދެ މެޗު ކާމިޔާބުކޮށް ފޯމު ރަނގަޅު ކުރަމުން އަންނަ ޔުނައިޓެޑް މިރޭ ނުކުންނާނީ ލެސްޓަ ސިޓީ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox