ޗައިނާއާ ގުޅިގެން ދިވެހި އާޓިސްޓުންނަށް ހުނަރާއި ތައުލީމު ފުރުސަތު ހޯދަދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްއޭސީ އާއި ޗައިނާ-މޯލްޑިވްސް ކަލްޗުރަލް ސެންޓަރާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އެމްއޭސީ އާއި ޗައިނާ-މޯލްޑިވްސް ކަލްޗުރަލް ސެންޓަރާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ދިވެހި އާޓިސްޓުންނަށް ދާއިރާއިން ހިލޭ ކިޔެވޭނެ ފުރުސަތުތަކާއި، ހުނަރު ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ޗައިނާ-ރާއްޖެ ކަލްޗުރަލް ސެންޓަރާއެކު މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާ އަކީ މިހާރުވެސް ދޭތެރެ ދޭތެރެއިން އާޓްގެ ދާއިރާއިން ރާއްޖެއަށް މިފަދަ ފުރުސަތުތައް ދޭ ގައުމެކެވެ.

އެމްއޭސީގެ ޗެއާޕާސަން އަހުމަދު އަޒުމީ (ބާޗީ) ވިދާޅުވީ، ކަލްޗުރަލް ސެންޓަރާއެކު ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރުމުން އާޓިސްޓުންނަށް މިހާރު ޗައިނާއިން ފަހިކޮށްދޭ ފުރުސަތުތައް ގިނަވެ، ފުޅާވެގެންދާނެ ކަމަށެވެ. މިއީ ކުރިއަށް އޮތްތަނުގަައި ދިވެހި އާޓިސްޓުންނަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ އާޓިސްޓުންނަށް ލިބޭނެ ވަރަށް އުފާވެރި ހަވބަރަކަށް ވާނެ. މިފަދަ ފުރުސަތު ގިނަވި ވަރަކަށް ރާއްޖޭގެ އާޓިސްޓުންނަށް ބޭރުގެ ދުނިޔެއަށް ހުނަރާއެކު ނިކުތުމަށް މަގު ފަހިވެގެންދާނެ،" ބާޗީ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން، ޗައިނާގައި އޮންނަ އެގްޒިބިޝަންތަކުގައި ދިވެހި އާޓިސްޓުންގެ މަސައްކަތްތައް ތަމްސީލުކުރުމާއި، އެ ގައުމުގައި ބާއްވާ މުބާރާތްތަކުގައި ދިވެހި އާޓިސްޓުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އެ ގައުމުގެ ފަންނީ މޮޅެތި މީހުން ގެނެސްގެންނާއި ގައުމަށް ފޮނުވައިގެން ތަމްރީން ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ. އަދި އާޓް ދާއިރާއިން ހިލޭ ކިޔެވުމުގެ ފުރުސަތުވެސް މިހާރަށްވުރެ ބޮޑުތަން ފަހިވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox