ޔާމީނާއި ރިލުވާނުގެ މަރު: އިސޫ، އަހަނދު، މުއާގެ ޝަރީއަތް ފަށައިފި، އަޑުއެހުންތައް ސިއްރުކުރަން އެދިއްޖެ

ޔާމީނާއި ރިލުވާންގެ މަރު މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ މީހުން؛ ޝަރީއަތް ސިއްރުކޮށްދޭން އެދިއްޖެ

ޔާމީނާއި ރިލުވާންގެ މަރު މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ މީހުން؛ ޝަރީއަތް ސިއްރުކޮށްދޭން އެދިއްޖެ

ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރައިލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާތަކެއް އުފުލި ތިން މީހުންގެ މައްޗަށް ހިނގާ ޝަރީއަތް ސިއްރުކުރަން ދައުލަތުގެ ފަރާތުންނާއި ދިފާއީ ބައެއް ވަކީލުންގެ ފަރާތުން އެދިއްޖެ އެވެ.

އެ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) ދެކޮޅަށް އެ ދެ މަރުގެ މައްސަލައިގައި ވެސް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަހުމަދު އިސްމާއިލް (ބުރު އަހަނދު) ގެ މައްޗަށް ކުރަނީ، ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އެއީ ވެސް ދެ މަރުގެ މައްސަލާގަ އެވެ.

ދެން ހިމެނޭ އަހުމަދު މުއާޒް (ގަޓް މުއާ) އަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ އެއް ދައުވާ އެވެ. އެއީ ވެސް ރިލްވާނާއި ޔާމީން މަރައިލަން ރޭވުމުގައި އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މިއަދު ބޭއްވީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ޝަރީއަތުގެ މަރުހަލާތައް ފެށުމުގެ ކުރިއަށް ބޭއްވި އެ އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތައް ސާފުކޮށްދީ، ލިޔެކިޔުންތަކާއި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކެވުނެވެ.

ޝަރީއަތް ކުރިއަށް އޮތް ތަނުގައި އަޑުއެހުންތައް ސިއްރުކޮށްދޭން އެދުނީ އިސޫގެ ދިފާއީ ވަކީލު ހަމްޒާ އެވެ. ދެން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވަނީ ދައުލަތުން ވެސް އެފަދަ އިޝާރާތެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ދައުލަތުގެ ފަރާތުން އެ ކަން ސާފުކޮށްދޭން ދިފާއުން އެދުނެވެ.

އެކަން ސާފުކޮށްދޭން ދައުލަތުގެ ވަކީލަށް ދިން ފުރުސަތުގައި ވިދާޅުވީ އެ މައްސަލާގައި ދެން ބާއްވާ ޝަރީއަތުގެ އަޑުއެހުމުން ފެށިގެން ސިއްރުކޮށްދޭން އެދިފައިވާނެ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ޝަރީއަތުން ހާމަވެގެންދާ މައުލޫމާތެއްގެ ސަބަބުން ދައުވާ ލިބޭ ތިން މީހުނަށް ވެސް ނުރައްކާތެރިކަން އަތުވެދާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އަދި އެ ދެ މަރަކީ އަދިވެސް ތަހުގީގުގެ ބައިބައިތައް ކުރިއަށްދާ މައްސަލަތަކަކަށް ވާތީ، ތަހުގީގަށް ވެސް ހުރަސް އެޅުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭތީ ސިއްރުކޮށްދޭން އެދުނީ ކަމަށް ވަކީލު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ މިސްބާހު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި މައްސަލައިގެ މައުޟޫއީ އެއްވެސް ވާހަކައެއް ދައްކަން ނެތުމުން ހުޅުވާލައިގެން އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދެން ބޭއްވޭ އަޑުއެހުމުގެ ކުރިއަށް ޝަރީއަތް ސިއްރު ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހެކި ރައްކާތެރިކުރަން ވެސް އެދިފައިވޭ

ދައުލަތުން ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. އޭގެ ތެރޭގައި ބައެއް ހެކި އެއްކޮށް ސިއްރުކޮށްދޭން އަދި ބައެއް ހެކި ދިފާއީ ވަކީލުންނަށް ކޯޓަށް ހާޒިރުވެ ބެލޭނެ ގޮތަށް، ސިއްރުކޮށްދޭން ހުށަހަޅާފައިވެ އެވެ.

އެ ކަމަށް ވަގުތީ އަމުރެއް ވެސް ކޯޓުން ނެރެދިނުމުގެ ކުރިއަށް ބަހުސް ކުރަން ދިފާއީ ބައެއް ވަކީލުން އެދޭތީ، އިދާރީ ބައްދަލުވުމަށް ފަހު އެ ކަން ހަމަޖައްސައިދޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލާގައި ދެން އޮންނާނީ އިދާރީ ބައްދަލުވުމެއް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އެއީ ބައެއް ލިޔެކިޔުންތައް މަދުވާ ކަމާއި ލިބޭ ބައެއް ލިޔެކިޔުންތަކުގެ ކޮޕީ ސާފު ނޫން ކަމަށް ދިފާއީ ވަކީލުން ފާހަގަކޮށްފައިވާތީ އެ ކަންކަން ހަމަޖެއްސުމަށް ބާއްވާ އަޑުއެހުމެކެވެ.

މި ފެށޭ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެ އިދާރީ އަޑުއެހުން ބާއްވަން ވަނީ ނިންމައިފަ އެވެ.

އެކަހެރިކޮށް ބައިތިއްބާތީ ޝަކުވާ، ބަންދު މުރާޖައާއަށް އެދުނު

މި މައްސަލާގައި ދައުވާ ކުރާ ތިން މީހުން ޖަލުގައި ބައިތިއްބާފައިވަނީ އެހެން އެންމެނާ ވަކިން ގޮޅިއެއްގައި އެކަހެރިކޮށް ކަމަށް ތިން މީހުން ވެސް ބުނެފައިވެ އެވެ. އަދި ޓެރަރިޒަމްގެ އެެހެން މައްސަލަތަކުގައި ވެސް އެފަދަ ގޮތަކަށް އަމަލުނުކުރާ ކަން ފާހަގަ ކުރި އެވެ.

އެ ގޮތަށް ބަންދުކޮށްފައިވަނީ ދައުލަތުން އެދިގެންތޯ ސާފުކުރަން ދިފާއީ ވަކީލުން އެދުނެވެ.

ގާޒީ އެކަމާ ގުޅޭ ގޮތުން ދައުލަތާ ސުވާލުކުރެއްވުމުން، ދައުލަތުގެ ވަކީލު ވިދާޅުވީ އެކަން ހިނގާ ގޮތް ސާފުކޮށްފައި ދައުލަތުން ހިއްސާ ކުރާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، މައްސަލާގައި ހިމެނޭ އެކަކު ވަނީ ޖަލަށް ވަގަށް ފޯނެއް ވެސް ވައްދައިފަ އެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރާ ކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށެވެ. އެހެންވެ އެކަހެރިކޮށް ބަހައްޓަން ޖެހުނު އެފަދަ ހުރިހާ ސަބަބެއް ސާފުކޮށްފައި ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.

ގާޒީ ވެސް ވިދާޅުވީ ކަރެކްޝަންސްއިން އެ މައުލޫމާތުތައް ޝަރީއަތަށާއި ދައުލަތަށް ވެސް ހިއްސާކުރަން ކޯޓުން އަންގާނެ ކަމަށެވެ.

ބަންދު މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ އިސޫ އާއި އަހަނދުގެ ފަރާތުންނެވެ.

ޓެރަރިޒަމްގެ މައްސަލަތަކުގައި، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު މުރާޖައާ ކުރުން ލާޒިމުކޮށްފައި ނެތް އިރު ބަންދު މުރާޖައާ ކުރަން ހުށަހެޅުމުގެ ބާރު އޮންނަނީ ދައުލަތަށެވެ. މި މައްސަލާގައި ދައުލަތުން އެކަން ކުރިއަށް ގެންދަން އިއުތިރާޒެއް ނުކުރެ އެވެ.

ބަންދު މުރާޖައާ ކުރުމާ މެދު ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ސެޕްޓެމްބަރު މަހުގެ ފަހުކޮޅަށް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. މަހުގެ ކުރީކޮޅަށް އަޑުއެހުމެއް ތާވަލުކުރެވެން ނެތީ ސެޕްޓެމްބަރު 12 ގެ ނިޔަލަށް ގާޒީ ޗުއްޓީއަކަށް ވަޑައިގަންނަވާތީ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox