ސައުތެމްޓަނުން ފަހަތުން އަރައި ޗެލްސީ ބަލިކޮށްފި

Aug 31, 2022, 3:19 AM
ޗެލްސީގެ ތިއާގޯ ސިލްވާ (ކ) ކައިރިން ސައުތެމްޓަންގެ ޗޭ އެޑަމްސް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ތިއާގޯ ސިލްވާ (ކ) ކައިރިން ސައުތެމްޓަންގެ ޗޭ އެޑަމްސް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަނުން ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށްފި އެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ޗެލްސީ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ރަށުންބޭރުގައި ލީޑްސް ޔުނައިޓެޑް އަތުން ވެސް ވަނީ ބަލިވެފަ އެވެ. ޗެލްސީ އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

ސައުތެމްޓަން ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 23 ވަަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިިދިނީ ރަހީމް ސްޓާލިން އެވެ. ސައުތެމްޓަން އޭރިއާތެރެއިން ލިބުނު ބޯޅައެއް ސްޓާލިން ވަނީ އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވުނު ވަގުތެއްގައި ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޗެލްސީން ލީޑުނެގިތާ ފަސް މިނިޓް ފަހުން ސައުތެމްޓަނުން ވަނީ އެއްވަރުކޮށްފަ އެވެ. މި ގޯލު ޖެހީ ރޮމެއޯ ލަވީއާ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޗެލްސީ އަށް ސައުތެމްޓަންގެ ކޯނަރެއް ރަނގަޅަށް ޑިފެންސް ނުކުރެވިގެން، އޭރިއާ ރޮނގުކައިރިން ލަވިއާ އަށް ލިބުނު ބޯޅަ އޭނާ ހަމަޖެހިލާފައިވަނީ ކީޕަރު އެޑޮއާޑް މެންޑީ އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސައުތެމްޓަނުން ވަނީ ލީޑުނަގައިފަ އެވެ. ސައުތެމްޓަންގެ މި ގޯލު ޖެހީ ރޮމޭން ޕެރޯ ދިން ބޯޅައަކުން އޭރިއާތެރެއިން އެޑަމް އާމްސްޓްރޯންގް އެވެ. އާމްސްޓްރޯންގް ޖެހި ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ ގައިގައި ޖެހިފަ އެވެ.

ޗެލްސީ އަށް އެއްވަރުކޮށްދޭން ދެ ވަނަ ހާފުގައި ކައި ހަވާޓްޒް ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، އަރްމާންޑޯ ބްރޯޖާ ބޮލުން ފޮނުވާލި ބޯޅަ ސައުތެމްޓަންގެ ކީޕަރު ގަވިން ބަޒޫނޫ ވަނީ މަތަކޮށްފަ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އާއި ބްރެންޓްފޯޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެވަޓަނުން ލީޑުނެގި މެޗު ލީޑްސް ޔުނައިޓެޑުން ވެސް ނިންމާލީ 1-1 އިން އެއްވަރުކޮށްގެންނެވެ. ފުލަމް އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox