މައްސަލައެއް ދިމާވެ، ހަނދަށް ދާން ރޭވި ދަތުރު ފަސްކޮށްފި

ހަނދަށް ދާން ތައްޔާރު ކުރި ރޮކެޓް. -- ފޮޓޯ: ރޮއިޓާޒް

ހަނދަށް ދާން ތައްޔާރު ކުރި ރޮކެޓް. -- ފޮޓޯ: ރޮއިޓާޒް

ހަނދަށް ދާން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އުފެއްދި އާ، ބިޔަ ރޮކެޓު ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ލޯންޗުކުރުން ފަަސްކޮށްފި އެވެ.

ދަތުރު ފަސްކުރީ 100 މީޓަރު އުސް ރޮކެޓު ދުނިޔެއިން ނައްޓާލަން ބޭނުންވާ ވަރަށް އޭގެ އެއް އިންޖީންގެ ފިނިހޫނުމިން ތިރިނުކުރެވިގެންނެވެ.

އޭގެ ކުރިން ރޮކެޓުގެ އެންމެ މަތީކޮޅުގައި ރެނދުލާފައި ހުރި ކަމަށް ވެސް ބެލެވުނެވެ. އެކަމަކު ފަހުން ބުނީ އެއީ ފިނިހިފައިފައި ހުރުމުން ހީވިގޮތެއް ކަމަށެވެ.

އެސްއެލްއެސްއަކީ ނާސާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު ރޮކެޓެވެ. އެ ރޮކެޓު އުފެއްދީ އެސްޓްރޮނޯޓުން ހަނދަށް ގެންދިޔުމުގެ މަގުސަދުގަ އެވެ.

އެ ދަތުރު ރާވާފައި އޮތީ އިއްޔެ ކުރުމަށެވެ.

ފުރަތަމަ ދަތުރުގައި އިންސާނަކު ނެތި ދަތުރު ކުރަން ހަމަޖެހުނު ނަމަވެސް، އާޓެމިސް ޕްރޮގްރާމްގެ ދަށުން މުސްތަގްބަލުގައި އެ ރޮކެޓުގެ އެހީގައި އިންސާނުން ހަނދަށް ދަތުރު ކުރާނެ އެވެ.

އެސްއެލްއެސް ލޯންޗުކުރާ މަންޒަަރު ބެލުމަށް ގިނަ ބަޔަކު މަޑުކޮށްގެން ތިބި އިރު، ޓެކްނިކަލް މައްސަލަ ހައްލު ކުރެވިއްޖެ ނަމަ އަަންނަަ ހުކުރު ދުވަހު ނާސާއަށް އަލުން އެ ރޮކެޓް ލޯންޗު ކުރެވޭނެ އެވެ.

އެ ރޮކެޓު ޖައްވަށް ދަތުރުކޮށް، ދުނިޔެއާ ވަރަށް ދުރުން އޮރަޔޯން ނަމަކަށް ކިޔާ ކެޕްސޫލެއް ދޫކުރަން ހަމަޖެހިފައިވެ އެވެ. އޭގެ ފަހުން ހަނދު ވަށައި ބުރު ޖެހުމަށް ފަހު ދުނިޔެއަށް ދަަތުރުކޮށް، ޕެސިފިކް ކަނޑުގެ ހިސާބަކަށް ތިރިކުރާނީ ހަ ހަފްތާ ފަހުންނެވެ.

ފުރަތަމަ ދަތުރުގައި އޮރަޔޯން ކެޕްސޫލްގައި އެއްވެސް އެސްޓްރޮނޯޓަކު ނުތިބޭނެ އެވެ. އެކަމަކު މި ދަތުރުގައި ކަންކަން ރަނގަޅަށް ގޮސްފި ނަމަ 2024 އިން ފެށިގެން ހިންގާ މިޝަންތަކުގައި އެސްޓްރޮނޯޓުން ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox