ގޭންގަކުން ޕޮގްބާ ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅޭ މައްސަލައެއް ފުލުހުން ބަލަނީ

Aug 28, 2022, 7:54 PM
ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޮގަސްޓް 29) - ގޭންގަކުން ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބްލެކްމެއިލްކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅޭ މައްސަލައެއް ފްރާންސްގެ ފުލުހުން ބަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ފުލުހުންނަށް އުމުރުން 29 އަހަރުގެ ޕޮގްބާ ބްލެކްމެއިލް ކުރާ މައްސަލަ ހުށަހަޅަން ނިންމީ އޭނާގެ ބޭބެ މަތިއަސް ޕޮގްބާ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ދައްކާ ވީޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ. ފްރެންޗް، އިޓަލީ، އިނގިރޭސި އަދި ސްޕެއިން ބަހުން ވާހަކަ ދައްކާ އެ ވީޑިއޯގައި ޕޮގްބާގެ ކެރިއަރާ ގުޅޭ މުހިންމު އާންމުންނަށް އެނގެން ޖެހޭ ސިއްރު ވާހަަކަތަކެއް ހިއްސާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ލީކުވި އެ ވީޑިއޯއާ ގުޅިގެން، ޕޮގްބާ އާއި އޭނާގެ މަންމަ ޔެއޯ މޮރީބާ އާއި ޕޮގްބާގެ މިހާުރުގެ އޭޖެންޓް، ރަފައެއްލާ ޕިއެމަންޓާ ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ފަދަ ވާހަކަތަކެއް ދައްކާ ވީޑިއޯއެއް ލީކުވުމަކީ "ވާނެ ކަމެއް" ކަމަށް ކުރިން ވެސް ބެލެވުނު ކަމަށެވެ.

"ޕޮގްބާއާ ދެކޮޅަށް ރޭވިގެން ބޮޑު ކަންތައްތަކެއް މި ހިނގަނީ، ފައިސާ ހޯދަން ބޭނުންވެގެން ކުރާ ކަމެއް މިއީ، މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާތީ، އިތުރު ވާހަކައެއް ދައްކަން ނެތިން،" ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަނީ އިޓަލީ އާއި ފްރާންސްގެ ފުލުހުން ގުޅިގެންނެވެ.

ޕޮގްބާ ޔުވެންޓަސް ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕޮގްބާގެ ބޭބެ، މަތިއަސް، 32، ގެ ފަރާތުން ލީކުވި އެ ވީޑިއޯގައި ބުނެފައިވަނީ ޕޮގްބާ އާއި އޭނާގެ އޭޖެންޓް، ޕިއެމަންޓާ ގުޅިގެން ކުރަމުން އަންނަ ގިނަ ކަންތައްތަކެއްގެ ވާހަކަ އާންމުކުރާނެ ކަމަށެވެ. ޕިއެމަންޓާ، ޕޮގްބާގެ އޭޖެންޓް ކަމާ ހަވާލުވީ ކުރީގެ އޭޖެންޓް މިނޯ ރައިއޯލާ މިިދިޔަ އޭޕްރީލް މަހު މަރުވި ފަހުންނެވެ.

ލީކުވި ވީޑިއޯ އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އޭގެ ދައްކާފައިވާ ބައެއް ވާހަކަތަކަކުންނެވެ. އެ ގޮތުން ޕޮގްބާގެ ހަގީގަތް އާންމުންނަށް އެނގެން ޖެހޭ އެންމެ ބޮޑު ސަބަބަކީ އޭނާ އަކީ ފްރާންސް ގައުމީ ޓީމަށް ވޯލްޑް ކަޕްގައި ކުޅެން އެކަށީގެންވާ މީހެއްތޯ ނޫނީ ޔުވެންޓަސް ޓީމަށް ވެސް ގަވާއިދުން އަރަން ޖެހޭ މީހެއްތޯ އެ ވީޑިއޯގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

ޕޮގްބާއާ ގާތް ފަރާތްތަކާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވާހަކަތައް ކިޔައިދޭ އިތުރު ވީޑިއޯތައް ލީކުނުކޮށްލަން ޕޮގްބާގެ ފަރާތުން ވަނީ ގޮތްނޭނގޭ ގްރޫޕަކުން ފައިސާ ހޯދަން ޑިމާންޑްތަކެއް ކޮށްފަ އެވެ. ޕޮގްބާ ވަނީ އެ ޑިމާންޑްތަކުގެ ވާހަކަތައް ފްރާންސް ފުލުހުންނަށް ހިއްސާކޮށްފަ އެވެ.

ހަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށް ފަހު ޕޮގްބާ އަލުން ޔުވެންޓަސްއާ ގުޅުނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ޑީލެއްގެ ދަށުންނެވެ. ޕޮގްބާގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ވަގުތު އޭނާ ހުރީ ކުޅުމާ ދުުރުގަ އެވެ. އަންނަ މަހު އޭނާ ކުޅުމަށް އެނބުރި އަންނާނެ ކަމަށް ޔުވެންޓަސް އިން ވަނީ މީގެ ކުރިން މައުލޫމާތު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox