10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރައީސަކު ވޭވަށު ރައްޔިތުންގެ ހާލު ބައްލަވައިފި

ރައީސް ސޯލިހް ވޭވަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އާންމުން ނިކުމެ ސަފު ދަމާލާފައި؛ މިއީ 10 އަހަރުތެރޭ އެރަށަށް ވަޑައިގެންނެވި ފުރަތަމަ ރައީސް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް ވޭވަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން އާންމުން ނިކުމެ ސަފު ދަމާލާފައި؛ މިއީ 10 އަހަރުތެރޭ އެރަށަށް ވަޑައިގެންނެވި ފުރަތަމަ ރައީސް -- ފޮޓޯ: ރައީސް އޮފީސް

މ. ވޭވަށަށް ރައީސަކު ޒިޔާރަތްނުކުރާތާ 10 އަހަރު ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގެންފި އެވެ.

ވޭވަށަށް އެންމެ ފަހުން ރައީސަކު ވަޑައިގެންފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނެވެ. އެފަހުން ވަޑައިގެންނެވި ފުރަތަމަ ރައީސަކީ ރައީސް ސޯލިހް ކަމަށްވާއިރު، އެމަނިކުފާނު ވަނީ ވޭވަށަށް ވަޑައިގެން އެރަށު ބަނދަރާއި، އާ އިންޖީނުގެ ހުޅުވައިދެއްވައިފަ އެވެ.

ވޭވަށަށް ވަޑައިގެން ރައީސް ވަނީ އެރަށު ކައުންސިލާ ބައްދަލުކޮށް، ރައްޔިތުންނަށް ބޭނުންވާކަންކަން ސާފުކުރައްވާފަ އެވެ. ކައުންސިލުން ވަނީ ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރައީސް ސޯލިހް ފިޔަވައި އެހެން އެއްވެސް ރައީސަކު ވޭވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންގެ ހާލަތު ބައްލަވާލައްވާފައި ނުވާކަން ފާހަގަކޮށް މިސަރުކާރުން ވޭވަށަށް ދެއްވާ ސަމާލުކަމަށް ޝުކުރު އަދާކޮށްފަ އެވެ.

މިވަގުތު ވޭވަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރީ، ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމާއި، އައިސްޕްލާންޓެއް ބެހެއްޓުމާއި، ސިއްހީ މަރުކަޒަށް އާ އެމްބިއުލާންސެއް ހޯދުމުގެ އިތުރަށް، އެ އަތޮޅު މުލަކު ފާލަން މަރާމާތުކުރުމެވެ. އެއީ ވޭވަށުގެ މަތީ ގުރޭޑުތަކުގެ ދަރިވަރުން ތައުލީމު ހާސިިލުކުރުމަށް މުލަކު ސްކޫލަށް ފެރީގައި ދަތުރުކުރާއިރު، އެރަށު ފާލަން ހަލާކުވެފައި އޮތުމުގެ ސަބަބުން ބައެއް ހާދިސާތައް ހިނގަމުން ދާތީ ކަމަށް ކައުންސިލުން ބުނެ އެވެ.

ވޭވަށު ކައުންސިލުން ފާހަގަކުރި ކަންތައްތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވޭވަށަށް ވަޑައިގެން އެރަށު ބަނދަރު ހުޅުވާދެއްވަމުން ރައީސް ވިދާޅުވީ މިސަރުކާރުން ވަކި ދާއިރާއެއް، ވަކި އަތޮޅެއް، ވަކި ރަށެއް ވަކި ބާކީއެއް ނުކުރާނެ ކަމަށާއި ވަކި ވިސްނުމެއް ވެސް ބާކީއެއް ނުކުރާނެ ކަމަށެވެ.

އަދި ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއް، އެއީ އާބާދީ ބޮޑަސް، ކުޑަޔަސް، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކޮށްދޭންޖެހޭ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ މ. ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރުގެ އިތުރުން ވޭވަށަށް ވަޑައިގެންފަ އެވެ. ރައީސް މިހާރު ހުންނެވީ ދަތުރުގެ ފަހު މަންޒިލް ކަމަށްވާ މ. މުލަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox