މި ސަރުކާރުން ވަކި އަތޮޅެއް، ވަކި ރަށެއް، ވަކި ވިސްނުމެއް ބާކީ ނުކުރާނެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މ. ވޭވަށަށް މިއަދު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. ރައީސް ވިދާޅުވީ ވަކި ރަށެއް، ވަކި ވިސްނުމެއް ބާކީނުކުރައްވާނެ ކަމަށް. ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މ. ވޭވަށަށް މިއަދު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. ރައީސް ވިދާޅުވީ ވަކި ރަށެއް، ވަކި ވިސްނުމެއް ބާކީނުކުރައްވާނެ ކަމަށް. ފޮޓޯ: ރައީސް އޮފީސް

ވަކި އަތޮޅެއް، ރަށެއް އަދި ވަކި ވިސްނުމެއް މި ސަރުކާރުން ބާކީ ނުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ އާބާދީ މަދު އެއް ރަށް ކަމަށްވާ މ. ވޭވަށަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މެދުރާއްޖެތެރެއަކީ (ވ،މ،ފ އަދި ދ. އަތޮޅު ހިމެނޭ ސަރަހައްދަކީ) ސަރުކާރުތަކުން ބާކީކޮށްފައި އޮންނަ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް ވަޑައިގެންނެވުމުން އެކަން ފާހަގަކުރެއްވޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމާއި ސްކޫލްތައް އެޅުމާއި ބަނދަރު ހެދުން ފަދަ ކަންކަމުގައި ވެސް މެދުރާއްޖެތެރެ އޮތީ ބާކީކޮށްފައި ކަމަށެވެ.

"އެހެން ނަމަވެސް މިސަރުކާރުން ވަކި ދާއިރާއެއް، ވަކި އަތޮޅެއް، ވަކި ރަށެއް ވަކި ބާކީއެއް ނުކުރާނެ. ވަކި ވިސްނުމެއް ވެސް ބާކީއެއް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭވަށުގައި ވެސް ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު އެރަށުގެ ތަރައްގީއަށް ކުރީގެ ސަރުކާރުތަކުން ހަރަދުކުރީ ގާތްގަނޑަކަށް ދެމިލިޔަނެއްހާ ރުފިޔާ އެވެ.

"އެހެން ނަމަވެސް މިއަދު ހަތަރު އަހަރު މިސަރުކާރަށް ވެގެން ދާއިރުގައި މި ރަށަށް އެކަނި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން އެބަ ހަރަދުކުރަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭވަށުގެ ބަނދަރާއި ރަށު ކޯޓާއި އިންޖީނުގޭގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަ ދެ އެވެ. ރައްޔިތުން ބޭނުންވާ ވަސީލަތްތަައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތިޔަ ބޭފުޅުންގެ އެހީތެރިކަމާއި ތިޔަ ބޭފުޅުންގެ އެއްބާރުލުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުގައި އިއްޔެ އެެ އަތޮޅު ދިއްގަރަށާއި ރަތްމަންދުއަށް ވެސް ވަޑައިގެންނެވި އެވެ. ވޭވަށުން އެމަނިކުފާނު ދެން ވަޑައިގަންނަވާނީ މ. އަތޮޅުގެ ވެރިރަށް މުއްޔަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox