ވަރުގަދަ ތިން މުބާރާތަށް ފަހު ލިބުނު ކާމިޔާބާ މެދު ސާއިދު ހިތްހަމަޖެހިފައި

ސާއިދު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ހޯދުމަށް ފަހު ޓްރޮފީ ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާއިދު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ހޯދުމަށް ފަހު ޓްރޮފީ ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގާތް ގާތުގައި ބައިނަލްއަގްވާމީ ވަރުގަދަ ތިން މުބާރާތުގައި ވާދަކުރުމަށް ފަހު އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ލިބުނު ކާމިޔާބާ މެދު ހިތްހަމަޖެހޭ ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށްދިޔަ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކޮށް ސާއިދު ވަނީ ހަތަރު ރަން މެޑަލް ހޯދައި މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ދިފާއުކޮށްފަ އެވެ. މި މުބާރާތުގެ ކުރިން އޭނާ ވަނީ ގާތް ގާތުގައި ބައިނަލްއަގްވާމީ ތިން މުބާރާތެއްގައި ވާދަކޮށްފަ އެވެ.

ސާއިދު ފުރަތަމަ ވާދަކުރީ ޖުލައި 15-24 އަށް އެމެރިކާގެ އޮރެގޯންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުގަ އެވެ. އޭގެ ފަހުން ޖުލައި 29 އިން 8 އޮގަސްޓަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ސާއިދު ވާދަކުރި އެވެ. އެ މުބާރާތަށް ފަހު އޮގަސްޓު 9-18 އަށް ތުރުކީގެ ކޮންޔާގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި އެތުލެޓިކްސް ޓީމުގައިވެސް ސާއިދު ހިމެނެ އެވެ.

ސާއިދު ކޮމަންވެލްތު ގޭމްސްގައި ދުވަނީ:-- ފޮޓޯ: ގެޓީއިމޭޖަސް

ވަރުގަދަ ތިން މުބާރާތަށް ފަހު މާލެ އައިސް މާ ބޮޑު ރެސްޓެއް ނެތި އޭނާ ކުރިމަތިލީ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށެވެ. މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މުބާރާތުގެ އޯޕަން ބައިގެ ފިރިހެން 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފަ އެވެ. މީގެ އިތުރުން 4 ގުނަ 400 މީޓަރު ޓީމް ރިލޭ އިން އެއް ވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބު ޓީމުގައި ވެސް ސާއިދު ހިމެނެ އެވެ.

މުބާރާތުގެ އެންމެ ފިރިހެން އެތުލީޓުގެ މަގާމް ހޯދުމަށް ފަހު ސާއިދު ބުނީ ބުރަ މަހަކަށް ފަހު މި މުބާރާތުން މޮޅު އެތުލީޓުގެ މަގާމް ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ބޭނުންވި ވަރަށް ތަމްރީން ނުކުރެވި ބޭނުންވި ވަރުގެ ކާމިޔާބެއް ޓައިމިން ތަކުން ނުހޯދުނު ކަމަށް ސާއިދު ބުނެފައިވެ އެވެ.

"ބައިވެރިވި ތިން އިވެންޓުން ވެސް ގޯލްޑް ލިބުނީމަ ވަރަށް އުފާވެއްޖެ. އެކަމަކު، ނަތީޖާ އެހޭ ރަނގަޅެއް ނޫން. އެންމެ ހިތްހަމަޖެހޭ ޓައިމިން އެއް ނޫން. ގާތް ގާތުގައި ބޮޑު ތިން މުބާރާތް ނިންމާފައި މި މުބާރާތަށް ނުކުތީ. އެހެންވެ ބޮޑަށް ފޯކަސް ކުރީވެސް 100 މީޓަރަށް. 200 މީޓަރުގެ ޓްރެއިނިންތައް ފުދޭވަރަކަށް މިސްވެގެން ދިޔައީ" ސާއިދު ބުންޏެވެ.

އޭނާ ބުނީ ފުލުފުލުގައި ހަތަރު މުބާރާތް ނިންމާލިއިރު އަނިޔާއެއް ނުލިބަމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ރެސްޓުކޮށްފައި އަނެއްކާ ވެސް ރަނގަޅަށް ފަރިތަކުރުންތައް ފަށަން ސާއިދު ހުރި އަޒުމު ކަނޑައަޅައިގެންނެވެ.

ސާއިދު، 30، އަށް ކުރިއަށް އޮތީ އަންނަ މަހު އޮންނަ ގައުމީ މުބާރާތެވެ. އޭގެ ފަހުން ގައުމީ އެތުލެޓިކްސް ޓީމް އެންމެ ބޮޑަށް ތައްޔާރުވާނީ އަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަށެވެ.

ސާއިދު ބުނީ މިހާރު ތަމްރީންތައް ފަށާއިރު ފޯކަސް ކުރާނީ އައިއޯއައިޖީ އިން ރަނގަޅު ކާމިޔާބީތައް ހޯދުމަށް ކަމަށެވެ.

"އައިއޯއައިޖީގައި ޓާގެޓަކީ 100 އަދި 200 ގައި އިންޑިވިޖުއަލް މެޑަލް ހޯދުން. ދެން ރިލޭ ޓީމަށްވެސް އަޅުގަނޑުގެ ފުލް ސަޕޯޓް ލިބޭނެ ހަމަ މެޑަލް ހޯދަން." 2015 އަދި 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސްޕްރިންޓް އިވެންޓުތަކުން އިންޑިވިޖުއަލް މެޑަލް ހޯދި ސާއިދު ބުންޏެވެ.

ސަތޭކަ މީޓަރު ރޭހުގައި ސާއިދުއާ ވާދަކުރި ނާހިލް (ކ) އާއި އިބާދުﷲ (ވ): ސާއިދު ދެކޭގޮތުގައި މި އެތުލީޓުން ކުރިއަރަން ރަނގަޅު ފުރުސަތު ލިބިއްޖެނަމަ ކާމިޔާބު ހޯދޭނެ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ނިމުނު އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި ގުޅޭގޮތުން ސާއިދު ބުނީ މިއީ ގިނަ ގޮތްގޮތުން ކާމިޔާބު މުބާރާތެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ޒުވާން އެތުލީޓުންގެ ފެންވަރު ފެނިފައި އެކަމުގެ ހިތްހަމަޖެހުން ސާއިދު ފާހަގަކުރި އެވެ.

"ވަރަށް ކާމިޔާބު މުބާރާތެއް ގޮތުގައި އަޅުގަނޑު ދެކެނީ އެއީ 15 އަހަރުން ދަށުގެ ވަރަށް ރަނގަޅު އެތުލީޓުން ފެނިއްޖެ. އަޅުގަނޑުމެންގެ ފިއުޗާ މިއޮތީ. އެ ކުދިން ހުއްޓާ ނުލައި ޓްރެއިނިން ހަދައިފިއްޔާ ވަރަށް ރަނގަޅު ހިސާބަކަށް ދެވޭނެ،" ސާއިދު ސްޕޯޓްސްގެ ނަމުގައި އަމިއްލަ އެކެޑަމީ އެއް ހިންގައި، ގިނަ ޒުވާން އެތުލީޓުން ދުވުމުގެ ތެރެއަށް ނެރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ސާއިދު ބުންޏެވެ.

"އެތުލީޓަކަށް އަދި އެސޯސިއޭޝަނަކަށް ވެސް ލިބޭނެ އެންމެ ބޮޑު އުފަލަކީ އަރަމުން އަންނަ އެތުލީޓުން. މި މުބާރާތުން ވެސް ފެނިއްޖެ ވަރަށް ރަނގަޅު އެތުލީޓުން. އަންނަ އަހަރުގެ އައިއޯއައިޖީއަށް ތައްޔާރުވާއިރު އެ ކުދިންގެ ބޭނުން ރަނގަޅަށް ހިފަން އެބަ ޖެހޭ. މިސާލަކަށް އިބާދުﷲ. އަޅުގަނޑާ ވަރަށް ވާދަވެރިކޮށް ދެ ރޭހުގައިވެސް ދިޔައީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ އައިއޯއައިޖީ އަށް ރަނގަޅަށް ތައްޔާރުވެވިއްޖެއްޔާ އަޅުގަނޑުމެންގެ ރިލޭ ޓީމް ވަރަށް ރަނގަޅުވާނެ ހެން." ސާއިދު ބުންޏެވެ.

ރަނގަޅު ޓްރެއިނިންއާ އެކު މިހާރު އަރަމުން އަންނަ އެތުލީޓުން ކުރިއަށް ގޮސްފިނަމަ ރާއްޖޭގެ އެތުލެޓިކްސް އަށް ގިނަ ކާމިޔާބީތަކެއް ހޯދިދާނެ ކަމަށް ސާއިދު ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox