ފީފާ އިން އިންޑިއާގެ ސަސްޕެންޝަން އުވާލައިފި

Aug 26, 2022, 8:03 PM
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 26) - ފީފާ އިން އެދުނު ގޮތަށް ކަންކަން ފުރިހަމަ ކުރުމާ އެކު އިންޑިއާގެ ސަސްޕެންޝަން އުވާލައިފި އެވެ.

ސުޕްރީމް ކޯޓުން އައްޔަންކުރި ތިން މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން މި މަހުގެ 28 ވަނަ ދުވަހު އިންޑިއާ ފުޓްބޯޅައިގެ އިންތިހާބު ބާއްވަން ތައްޔާރުވަމުން ދަނިކޮށް، ފީފާ އިން އިންޑިއާ ސަސްޕެންޑްކުރީ މި މަހު 15 ވަނަ ދުވަހު އެވެ.

އިންޑިއާ، އަށް ފީދާގެ އަދަބު ލިބުމާ އެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމާ އެކު އިންޑިއާ ސަރުކާރުގެ އެދުމާ އެއްގޮތަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ފީފާގެ އެންގުންތަކަށް ބޯލަނބަށް ނިންމައިފަ އެވެ.

އެ ގޮތުން މީގެ ފަސް ދުވަސް ކުރިން އިންޑިއާ ސުޕްރީމް ކޯޓުން ވަނީ އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާއި އާ އިންތިހާބެއް ބޭއްވުމަށް މެއި 18 ވަނަ ދުވަހު އައްޔަންކުރި ތިން މެމްބަރުންގެ ކޮމިޓީގެ މަސައްކަތް ނިމުމަކަށް ގެނެސްފަ އެވެ. ސުޕްރީމް ކޯޓުން ކަނޑައެޅި ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނުނީ ރިޓަޔަކޮށްފައިވާ ޖަޖް، އަނިލް އާރް ދޭވް، ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު އެސްވައި ކުރޭޝީ އަދި އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ބާސްކަރު ގަންގޫލީ އެވެ.

އެ ކޮމިޓީ އަތުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ނަގައި، އިންޑިއާ ފުޓްބޯޅަ އިދާރާ ހިންގުން، އެކްޓިން ސެކްރެޓަރީ ޖެނެރަލެއްގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި ފީފާ އިން އަންގާ އިސްލާހުތައް ހިމަނައިގެން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދު ފާސްކުރުމުގެ މަސައްކަތް ފެށިތާ މާގިނަ ދުވަހެއް ނުވެ، ފީފާގެ ސަސްޕެންޝަން މި ވަނީ އުވާލައިފަ އެވެ.

ފީފާ ކައުންސިލުން ބުނީ ސަސްޕެންޝަން އުވާލި ނަމަވެސް އާ ލީޑަޝިޕެއް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ހިންގުމާ ހަވާލުވަންދެން، ކަންކަން ދާ ގޮތް ފީފާ އިން މޮނިޓާ ކުރަމުންދާނެ ކަމަށެވެ.

ސަސްޕެންޝަން އުވާލިއިރު، ފީފާ އިން ނިންމާފައިވަނީ އަންނަ އޮކްޓޫބަރު މަހު އިންޑިއާގައި ބާއްވަން ނިންމާފައިވާ 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕް ކުރިން ވެސް ރޭވިފައި އޮތް ގޮތަށް އިންޑިއާގައި ކުރިއަށް ގެންދިއުމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox