އެމްޓީސީސީ ނޯތު ލީގު: އުނގޫފާރާއި ދުވާފަރުގެ ކުރިމަތިލުން ވެސް އެއްވަރު

Aug 26, 2022, 2:23 PM
އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގައި އުނގޫފާރާއި ދުވާފަރު ކުޅުނު މެޗުގެ ތެރެއިން.

އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގައި އުނގޫފާރާއި ދުވާފަރު ކުޅުނު މެޗުގެ ތެރެއިން.

އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުން ރ. އުނގޫފާރާއި ރ. ދުވާފަރު ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ތިން ޓީމުގެ މެދުގައި ރ. އަލިފުށީގައި ކުރިއަށްދާ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުން އަލިފުށްޓާއި ދުވާފަރުގެ މެޗު ވެސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗު ވެސް މި ވަނީ އެއްވަރުވެފަ އެވެ.

އަލިފުށްޓާއި ދުވާފަރު އަދި އުނގޫފާރު، ކޮންމެ ޓީމެއް ކޮންމެ ޓީމެއް ދެ ފަހަރު ކުޅެގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ނޯތު ލީގު ފުރަތަމަ ޑިވިޝަނުގެ ބާކީ ދެ ޖާގަ ލިބޭނެ އެވެ.

އަލިފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލީޑުނެގީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ އުނގޫފާރު ޓީމުންނެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 26 ވަނަ މިނިޓްގައި އުޒްބެކިސްތާންގެ މިޑްފީލްޑަރު އުމަރުޔޯނޯފް އަހްރޯރް އެވެ. ދުވާފަރު ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އުނގޫފާރު ކުޅުންތެރިއަކު އޭރިއާ ތެރެއިން ހުސްކޮށްލާފައި އަހްރޯރަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުުރު ކަނަށް ފޮނުވާލައިފަ އެވެ. އަހްރޯރަކީ ކުރިން ފުރަތަމަ ޑިިވިޝަނުގައި އީގަލްސް އާއި ދަ ގްރާންޑޭ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ދުވާފަރުން ވަނީ ނަތީޖާ ހަަމަހަމަކޮށްފަ އެވެ. އޭރިއާތެރެއިން ދުވާފަރު ޓީމުގެ މުހައްމަދު އަލީ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އީގަލްސްގެ ހެޑް ކޯޗުގެ ޒިންމާ މި ސީޒަނުގައި އަދާކުރި އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގައި ކުޅޭ ދުވާފަރުން ވަނީ މެޗުގެ 57 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ އޭރިއާތެެރެއިން ލިބުނު ހުސް ފުރުސަތަކުން އެ ޓީމުގެ މުހައްމަދު ޖުމާން އެވެ.

ދުވާފަރުން ތިން ވަނަ ގޯލެއް ޖަހައި ލީޑުފުޅާކުރުމުގެ އަމާޒުގައި ކުރިއަށް ޖެހިގެން ކުޅެނިކޮށް، މެޗުގެ 69 ވަނަ މިނިޓްގައި އުނގޫފާރުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަަަަމަހަމަކޮށްފަ އެވެ. މިއީ ހާފުގެ މެދެއްހާ ހިސާބުން އުނގޫފާރުގެ އަހްރޯރް ދުވާފަރުގެ ޑިފެންސް ފަހަތަށް މަތިން ޖެހި ބޯޅައެއް ހޯދައި، އުނގޫފާރުގެ އާތިފް އިގްބާލް ޖެހި ގޯލެކެވެ. އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިތުރު ގޯލެއް ޖަހައި، މެޗުން މޮޅުވާން ދެ ޓީމުން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، އެއްވެސް ޓީމަކަށް ތިން ވަަނަ ގޯލެއް ނުޖެހި މެޗު އެއްވަރުވެގެން ނިމުނީ އެވެ.

ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީގައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އަލިފުށްޓާއި އުނގޫފާރު އެވެ. އެ މެޗު އޮތީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox