ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސޮސިއެޑާޑް އެއް ގްރޫޕަކަށް

Aug 26, 2022, 1:53 PM
ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސޮސިއެޑާޑް އެއް ގްރޫޕަކަށް

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 26) - މި ފަހަރުގެ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ރެއާލް ސޮސިއެޑާޑް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި 2017 ވަނަ އަހަރުގެ ޗެމްޕިއަން، ޔުނައިޓެޑާއި ސްޕެއިނުގެ ސޮސިއެޑާޑްގެ އިތުރުން ދެން އޮތީ ދާދި ފަހުން ޗެމްޕިއަންސް ލީގުގައި ވެސް ކުޅުނު މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް އާއި ސައިޕްރަސްގެ އޮމޯނިއާ އެެވެ. ހަތް ފަހަރު މޮލްޑޯވާގެ ޗެމްޕިއަންކަން ހޯދާފައިވާ ޝެރިފުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ދަނޑުގައި އެ ޓީމު ބަލިކޮށްފަ އެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުނީ މިދިޔަ ސީޒަނުގައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބޭތީ އެވެ. ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޗެމްޕިއަންސް ލީގު ކުޅޭ ކްލަބަކަށް ބަދަލުވާން މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވާ ގޮތެއް ނުވެ، މި ވަގުތުގެ ހާލަތަށް ބަލާއިރު، އޭނާ އަށް ވަނީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގައި ކުޅެން ޖެހިފަ އެވެ.

Advertisement

ޔޫރޮޕާ ލީގުގެ ގްރޫޕްތައް ބެހިފައިވާ ގޮތް: މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ލައްވާލީ ނިސްބަތުން ބަލާއިރު ފަސޭހަ ގްރޫޕަކަށް

މީގެ ތިން ސީޒަން ކުރިން ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނު އާސެނަލް ލައްވާލީ ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އާއި ނޯވޭގެ ބޯޑޯ/ގިލްމްޑް އަދި ސްވިޒަލެންޑްގެ އެފްސީ ޒިއުރިކްއާ އެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި އޮތީ ޔޫކްރެއިންގެ ޑިނަމޯ ކިއެވް، ފްރާންސްގެ ރެނެސް، ތުރުކީގެ ފެނަބާޗޭ އަދި ސައިޕްރަސްގެ އޭއީކޭ ލަނާކާ އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ޔުއެފާ ކޮންފަރެންސް ލީގު ޗެމްޕިއަންކަން ހޯދި ރޯމާ ހިމެނެނީ ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރަޒްގާޑް އާއި ސްޕެއިންގެ ރެއާލް ބެޓިސް އަދި ފިންލެންޑްގެ އެޗްޖޭކޭއާ އެކު ގްރޫޕް ސީގަ އެވެ. ގްރޫޕް ޑީގައި އޮތީ ޕޯޗުގަލްގެ ބްރާގާ، ސްވިޑެންގެ މަލްމޯ، ޖަރުމަނުގެ ޔޫނިއަން ބާލިން އަދި ބެލިޖިއަމްގެ ޔޫނިއަން ސެއިންޓް-ޖިލޮއިސީ އެެވެ.

މައުރީޒީއޯ ސާރީ ކޯޗުކޮށްދޭ ލާޒިއޯ ހިމެނެނީ ނެދަލެންޑްސްގެ ފެޔަނޫޑް، ޑެންމާކްގެ މިޓްޔައެލަންޑް އަދި އޮސްޓްރިއާގެ ސްޓޫމް ގްރާޒްއާ އެކު ގްރޫޕް އެފްގަ އެވެ. ގްރޫޕް ޖީގައި ހިމެނެނީ ގްރީސްގެ އޮލިމްޕިއާކޯސް، އަޒަރުބައިޖާންގެ ގަރަބަޖް، ޖަރުމަނުގެ ފްރެއިބާގް އަދި ފްރާންސްގެ ނޯންޓެސް އެވެ.

ގްރޫޕް އެޗްގައި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑްގެ އިތުރުން ދެން އޮތީ ފްރާންސްގެ މޮނާކޯ، ހަންގޭރީގެ ފެރެންޗްވަރޯޝް އަދި ތުރުކީގެ ޓްރަބްޒޯންސްޕޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox