ކޮންމެ އެނބުރި އައުމެއްގައި ވެސް ޖާއިޝާ ދެއްކީ ހިތްވަރު

Aug 26, 2022, 3:18 AM
ކޮންމެ އެނބުރި އައުމެއްގައި ވެސް ޖާއިޝާ ދެއްކީ ހިތްވަރު

މީގެ އަށް މަސް ކުރިން، މިދިޔަ ޑިސެމްބަރު މަހު، ގައުމީ ގްރޯން ޕްރީ މުބާރާތުގައި ގައުމީ ދެ ރެކޯޑް މުގުރާލައި، އެ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އާމިނަތު ޖާއިޝާ ޖުނީޒް، މި އަހަރަށް ވެސް އެކި އަޒުމުތަކެއް ކަނޑައެޅި އެވެ. އެކަމަކު، މި އަހަރު އޭނާ އެކި ތަޖުރިބާ ކުރަން ޖެހުނަސް ކޮންމެ ފަހަރެއްގައި ވެސް ފެންނަނީ ތަފާތު ހިތްވަރެއް ނެރެެގެން އެނބުރި އަންނަތަނެވެ.

އެ ގޮތުން މީގެ ތިން މަސް ކުރިން ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޖާއިޝާ އަށް ޓްރެއިނިންއާ ދުރުގައި މުއްދަތެއް ހޭދަކުރަން ޖެހުނެވެ. އޭނާގެ ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) ދިޔައީ ޖާއިޝާ އަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ ކުރިއަށް ދިއުމަށް ހިތްވަރު ދެމުންނެވެ.

އަނިޔާ އިން ރިކަވާވުމާއި ފޯމު ނަގަހައްޓަން ކުރި މަސައްކަތުގައި ޖާއިޝާ އަށް ޓައިމް ޓްރަޔަލްގައި ބޭނުންވާ އަމާޒު ވާސިލްނުވެ ދިޔަ ކަމުގައި ވިޔަސް އޭނާ ކުރަމުން ދިޔަ މަސައްކަތަށް ބަދަލެއް ނާދެ އެވެ.

Advertisement

އެ ޓްރެކުގައި ކުރިއަށް ދިޔައިރު، ޖާއިޝާ އަށް ހިތްވަރު ލިބުނީ މިދިޔަ ޖޫން މަހު ތިން ވަނަ ދުވަހު، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބޭއްވި ދުވުން، "އެމްވީރަން"ގެ އެއް ވަނަ ލިބުމެވެ. ކޯޗު އަބުޅޯ ސިފަކުރާގޮތުގައި އެއީ ޖާއިޝާގެ ކޮންފިޑެންސަށް މުހިންމު ރޭހެކެވެ.

އެކަމަކު، އެ ރޭހަށް ފަހު، އޭނާ ޓްރެއިނިން ކުރިއަށް ގެންދަމުން އަންނަނިކޮށް އިއްޔެ ފެށި އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފެށެން ހަފްތާ އަކަށް ވެފައި ވަނިކޮށް މާލޭގައި މި އުޅޭ ހުންގަނޑު ޖައިޝާ އަށް ޖެހުނެވެ.

އެކަމަކު ފަސް ބެލުމެއްނެތި ޓްރެއިނިން އަށް އަލުން ނުކުތްތާ ހަފްތާއެއް ވެސް ނުވަނިސް ޖެހި ރޭހުގައި ޖާއިޝާ މި ވަނީ ތަފާތު ދައްކައިފަ އެވެ.

އިއްޔެގެ ރޭހުގައި ޖާއިޝާ ދުވަނީ: އޭނާ ވަނީ 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ހަވީރު ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ އަންހެނުންގެ 5000 މީޓަރު ދުވުމުގެ އެއް ވަނަ ހޯދި ޖާއިޝާގެ ޓައިމިން އަކީ 20 މިނިޓް 17.02 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ މަރިިޔަމް އަބްދުލް ކަރީމް (މަރީ) ރޭސް ނިންމީ 20 މިނިޓް 27.09 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ރިޝްމީގެ ޓައިމިން އަކީ 20 މިނިޓް 46.10 ސިކުންތުންނެވެ.

"ހުންގަނޑު ޖެހިގެން އުޅެފައި، ރަނގަޅަށް ޕްރެކްޓިސް ނުކުރެވި ހުރެ، އެނބުރި އައިސް މާގިނަ ދުވަހެއް ނުވެ ޖައި 5000 މީޓަރުގެ އެ ރޭހުން އެއް ވަނަ ހޯދީ، އަސްލު ޓާގެޓް ކުރީ (ރެކޯޑަކަށް) 18 އިން ރޭސް ޖަހަން. އެކަމަކު، ބަލިވެގެން ބޭނުންވި ގޮތަށް ޓްރެއިނިން ކުރިއަށް ނުގެންދެވުނީމަ ދެން ޓާގެޓް ޖެހީ، އެއް ވަނަ ހޯދަން ރޭހުގެ، އެކަން ހާސިލް އެ ކުރީ ޖައިގެ ވަރަށް ހިތްވަރުން،" އަބުޅޯ ބުންޏެވެ.

އިއްޔެ ހެނދުނު އަންހެނުންގެ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭގައި ޖައިޝާ ހިމެނޭ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ޓީމުން ވަނީ ދެ ވަނަ ހޯދައިފަ އެވެ. އެ އިވެންޓްގެ އެއް ވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ޓައިމިން އަކީ 4 މިނިޓް 38.66 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭސް ނިންމީ 4 މިނިޓް 48.23 ސިކުންތުންނެވެ. ތިން ވަނަ ހޯދި ކުޑަ ހުސެން ސްޕޯޓްސް އެކެޑަމީގެ ޓައިމިން އަކީ 5 މިނިޓް 14.20 ސިކުންތެވެ.

ޖާއިޝާ އަށް މިއަދު އޮތީ އަންހެނުންގެ 800 މީޓަރު ދުވުމުގެ އިވެންޓާއި އަންހެނުންގެ 1500 މީޓަރު ދުވުމުގެ އިވެންޓް އެވެ. ޖާއިޝާ ވަނީ އެންމެ ފަހުން ބޭއްވި ގައުމީ ލެވަލްގެ ދެ މުބާރާތުގައި ވެސް މި ދެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ގްރޯން ޕްރީގައި ޖާއިޝާ ވަނީ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox