ބަޔާނާއި ބާސެލޯނާ އަދި އިންޓަ ޗެމްޕިއަންސް ލީގު އެއް ގްރޫޕަކަށް

Aug 25, 2022, 5:17 PM
އަށް އަހަރު ބަޔާނަށް ކުޅެދީފައި ބާސެލޯނާ އަށް ބަދަލުވި ލެވަންޑޯސްކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުރީގެ ޓީމާ ދެކޮޅަށް ކުޅޭނެ.

އަށް އަހަރު ބަޔާނަށް ކުޅެދީފައި ބާސެލޯނާ އަށް ބަދަލުވި ލެވަންޑޯސްކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުރީގެ ޓީމާ ދެކޮޅަށް ކުޅޭނެ.

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި އާ ސީޒަނުގައި ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި އިންޓަ މިލާން އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މިދިޔަ އަހަރު ބާސެލޯނާ އާއި ބަޔާން އެއް ގްރޫޕެއްގައި ހިމެނުނުއިރު، ބާސެލޯނާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އިންޓަ މިލާނުން މީގެ ކުރިން ބާސެލޯނާއާ އެއް ގްރޫޕްގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކަޓާފައިވެ އެވެ. މި ފަހަރު ބާސެލޯނާ އާއި ބަޔާންގެ މެޗު އެންމެ ހާއްސަވާނެ ކުޅުންތެރިއަކީ އަށް ވަރަކަށް އަހަރު ބަޔާނަށް ކުޅުމަށް ފަހު މި ފަހަރު ބާސެލޯނާ އަށް ބަދަލުވި ރޮބަޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީ މި ފަހަރުގެ މުބާރާތުގައި ކުރީގެ ޓީމާ ދެކޮޅަށް ކުޅޭނެ އެވެ.

ގްރޫޕް ސީގައި ބާސެލޯނާ އާއި ބަޔާން އަދި އިންޓަގެ އިތުރުން ދެން އޮތީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އެވެ.

ދެން އެންމެ ވަރުގަދަކޮށް ފެންނަ ގްރޫޕަކީ ގްރޫޕް އެޗް އެވެ. އެ ގްރޫޕްގައި ހިމެނެނީ ޕީއެސްޖީ، ޔުވެންޓަސް، ބެންފީކާ އަދި އިޒްރޭލުގެ މެކަބީ ހައިފާ އެވެ. ޔުވެންޓަސް އިން 1996 ގެ ފަހުން ފުރަތަަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދަން މަސައްކަތް ކުރަމުން އަންނައިރު، ޕީއެސްޖީން ބޮޑު ހަރަދުކޮށް އެންމެ ބޮޑަށް ބޭނުންވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށެވެ. މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ ވަނީ އެ ކްލަބް ދޫކޮށް ޔުވެންޓަސްއާ ގުޅިފަ އެވެ. އޭނާ މި ފަހަރު ކުރީގެ ޓީމާ ދެކޮޅަށް ކުޅޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ގްރޫޕްތައް.

މުބާރާތުގެ ޗެމްޕިއަންކަން 14 ފަހަރު ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ލައްވާލީ އާރްބީ ލައިޕްޒިގު، ޝަހުތަރު ޑޮނެސްކް އަދި ސެލްޓިކާ އެކު ގްރޫޕް އެފްގަ އެވެ. މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލް ލައްވާލީ އަޔަކްސް، ނަޕޯލީ އަދި ރޭންޖާސްއާ އެކު ގްރޫޕް އޭގަ އެވެ. އަޔަކްސް އިން މިދިޔަ ސީޒަނުގައި ވެސް ވާދަކުރީ ލިވަޕޫލާ އެއް ގްރޫޕެއްގަ އެވެ. ނަޕޯލީން ވެސް މީގެ ކުރިން ލިވަޕޫލާ އެއް ގްރޫޕެއްގައި ވާދަކޮށްފައިވެ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ޕޯޓޯ، އެތުލެޓިކޯ މެޑްރިޑް، ބަޔާ ލެވަކޫސަން އަދި ކްލަބް ބްރޫޖް އެވެ. ގްރޫޕް ޑީގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަން އައިންޓްރަކްޓް ފްރޭންކްފާޓް، ޓޮޓެންހަމް ހޮޓްސްޕާސް، ސްޕޯޓިން ލިޒްބަންގެ އިތުރުން ދެެން އޮތީ މާސޭ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އޭސީ މިލާން އޮތީ ދެ ފަހަރު ތަށި އުފުލާލި ޗެލްސީ އާއި ސަލްޒްބާގް އަދި ޑިނަމޯ ޒަގްރެބްއާ އެކު ގްރޫޕް އީގަ އެވެ. އިންގްލެންޑްގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ ހިމެެނެނީ ސެވިއްޔާ އާއި ބޮރޫޝިއާ ޑޯޓްމަންޑް އަދި ކޮޕެންހާގެންއާ އެކު ގްރޫޕް ޖީގަ އެވެ. ސިޓީ އާއި ޑޯޓްމަންޑް ކުޅޭ މެޗު އެންމެ ހާއްސަވާނެ އެއް ކުުޅުންތެރިއަކީ ޑޯޓްމަންޑް ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި ސިޓީ އަށް ބަދަލުވި އާލިން ބްރައުޓް ހާލަންޑް އަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox