100 މީޓަރު ރޭސް ސާއިދާއި ހިމްނާ އަށް، 5000 މީޓަރު ރޭހުން ކުރިހޯދީ ފަޒީލް އާއި ޖާއިޝާ

Aug 25, 2022, 4:14 PM
ސާއިދު މިއަދު ބޭއްވި 100 މީޓަރުގެ ރޭސް ނިންމަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާއިދު މިއަދު ބޭއްވި 100 މީޓަރުގެ ރޭސް ނިންމަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު މާލޭ ސިންތެޓިކް ޓްރެކުގައި ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން ކުރިހޯދިއިރު، 5000 މީޓަރުގެ ރޭހުން ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި އައިމިނަތު ޖާއިޝާ ޖުނީޒް ވެސް ކާމިޔާބު ހޯދައިފި އެވެ.

ފިރިހެނުންގެ 100 މީޓަރުގެ ރޭހުގައި ފުރަތަމަ ދެ ހީޓެއް ދުވަން ހަމަޖެހިފައިވީ ނަމަވެސް ފަހުން ބޭއްވި ފައިނަލް އެކަންޏެވެ. އެއީ ދުވަން ތިބީ ނުވަ ދުވުންތެރިން ކަމަށްވާތީ އެވެ.

ސަތޭކަ މީޓަރުގެ ފިރިހެނުންގެ މި ރޭހުގެ އެއް ވަނަ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ހޯދީ 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ އާދަމްގެ ޓައިމިން އަކީ 10.76 ސިކުންތެވެ. އަދި ތިން ވަނަ ހޯދީ އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ، އިބްރާހިމް ނާހިލް ނިޒާރު އެވެ. އޭނާގެ ޓައިމިން އަކީ 11.03 ސިކުންތެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގައި ހިމްނާ ރޭސް ނިންމަނީ: އޭނާ ވަނީ ފަސޭހަކަމާ އެކު މި އިވެންޓް ކާމިޔާބުކޮށްފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެނުންގެ 100 މީޓަރު ދުވުމުގައި ދެ ހީޓެއް ކުރިއަށް ދިއުމަށް ފަހު ފައިނަލް ބޭއްވިއިރު، އެއް ވަނަ ހޯދީ ރާއްޖޭގެ 100 މީޓަރުގެ ރެކޯޑް ހޯލްޑަރު ހިމްނާ އެވެ. ހިމްނާ ވަނީ މިއަދުގެ ރޭސް 12.25 ސިކުންތުން ނިންމައިފަ އެވެ. ދެ ވަނަ އަށް ދިޔަ އަހުނާ ނިޒާރުގެ ޓައިމިން އަކީ 12.57 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ސަބާ ސަލީމް ރޭސް ނިންމީ 13.07 ސިކުންތުންނެވެ.

މިއީ ދާދި ފަހުން ބޭއްވި ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދި ދުވުންތެރިޔާ ހިމްނާ ރަނގަޅު ފޯމެއްގައި ހުރެ، ދުވުނު ފަހަރެއް ކަމަށްވާއިރު، އޭނާ ރޭސް ނިންމީ މާ ބޮޑު އުނދަގޫކަމެއް ނެތި އެވެ.

ފޯރިގަދަވާނެ ކަމަށް ބެލެވުނު، ފިރިހެނުންގެ 5000 މީޓަރުގެ ދުވުމުގެ ރަން މެޑަލް ހޯދި ފަޒީލްގެ ޓައިމިން އަކީ 16 މިނިޓް 08.60 ސިކުންތެވެ. ދިވެހި ސިފައިންގެ ކްލަބްގެ ފަޒީލް އަންނަނީ ބްރޭކަކަށް ފަހު އަލުން ދުވުމުގެ ތެރެއަށް އައިސް ނަސީރު ސްޕޯޓްސް އެކެޑަމީއާ ގުޅިގެން ޓްރެއިނިން ހަދައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ފަސްހާސް މީޓަރު ރޭހުގެ ދެ ވަނަ އަށް ދިޔަ މުހައްމަދު ރަޝީދު (މޯޑު)ގެ ޓައިމިން އަކީ 16 މިނިޓް 15.12 ސިކުންތެވެ. ތިން ވަނަ އަށް ދިޔަ ޔޫސުފް އިބްރާހިމް ރޭސް ނިންމީ 16 މިނިޓް 47.26 ސިކުންތުންނެވެ.

އަންހެނުންގެ 5000 މީޓަރު ދުވުމުގެ އެއް ވަނަ ހޯދި ޖާއިޝާގެ ޓައިމިން އަކީ 20 މިނިޓް 17.02 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ މަރިިޔަމް އަބްދުލް ކަރީމް (މަރީ) ރޭސް ނިންމީ 20 މިނިޓް 27.09 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ރިޝްމީގެ ޓައިމިން އަކީ 20 މިނިޓް 46.10 ސިކުންތުންނެވެ.

5000 މީޓަރު ދުވުމުގައި އެއް ވަނަ ހޯދި ޖާއިޝާ ރޭސް ފަށައިގެން ލީޑުގައި އޮވެ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޖާއިޝާ އަށް މި އަހަރު އަނިޔާގެ މައްސަލަ ދިމާވެ، ކޮންމެ ވެސް ވަރަކަށް ފޯމަށް އަސަރުކުރި ނަމަވެސް މިއަދުގެ ރޭހުގައި އޭނާ ވަނީ ލީޑުގައި އޮވެ، މުޅި ރޭހުގައި ދުވެ، އެއް ވަނަ ހޯދައިފަ އެވެ.

މިއަދު ކުރިއަށްދިޔަ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބް އެވެ. ދެ ވަނަ އަށް ސާއިދު ސްޕޯޓްސް ދިޔައިރު، ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. ސިފައިން ރޭސް ނިންމީ 3 މިނިޓް 30.21 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ ޓައިމިން އަކީ 3 މިނިޓް 36.01 އެވެ. އަދި ތިން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭސް ނިންމީ 3 މިނިޓް 39.45 ސިކުންތެވެ.

އަންހެނުންގެ 4 ގުނަ 400 މީޓަރު ދުވުމުގެ ރިލޭގައި އެއް ވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ޓައިމިން އަކީ 4 މިނިޓް 38.66 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭސް ނިންމީ 4 މިނިޓް 48.23 ސިކުންތުންނެވެ. ތިން ވަނަ ހޯދި ކުޑަ ހުސެން ސްޕޯޓްސް އެކެޑަމީގެ ޓައިމިން އަކީ 5 މިނިޓް 14.20 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox